Roadha Mihaaru
ނޫސްވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި

ނޫސްވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި

16 ޖެނުއަރީ 2018

"މިހާރު"ގެ ފަސް ނޫސްވެރިޔަކާއި ވީމީޑިއާގެ މައްޗަށް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމށްވާ ރިޕޯޓާސް ވިތައައުޓް ބޯޑާސް އިން އިއްޔެ ގޮވާލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

"މިހާރު"ގެ ފަސް ނޫސްވެރިޔަކާއި ވީމީޑިއާގެ މައްޗަށް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމށްވާ ރިޕޯޓާސް ވިތައައުޓް ބޯޑާސް އިން އިއްޔެ ގޮވާލައިފި އެވެ.

އާރުއެސްއެފުން ކުރި ޓުވީޓެއްގައި ބުނީ އެ ޖަމިއްޔާ އޮތީ އޮޅުވާލުންތަކެއްގެ މައްސަލައެއް ރިޕޯޓްކުރުމުން ދައުވާއާ ކުރިމަތިވެފައިވާ ވީމީޑިއާ އާއި "މިހާރު"ގެ ފަސް ނޫސްވެރިންނާ އެކު ކަމަށެވެ. އަދި އެ ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންދިޔަ މައްސަލައެއްގައި ނަސްރުﷲއާ ބެހޭ ގޮތުން މީޑިއާތަކުން ފެތުރި ހަބަރާ ގުޅިގެން ބަދަލު ހޯދުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު އޮންނާނެ އެވެ.

މިދިއަ އަހަރުގެ ހައްޖުގައި ހަތަރު ދިވެއްސަކު ހާލުގައި ޖެހުނު މައްސަލަ ކުރިމަތިވުމުން ފުލުހުން ވަނީ ނަސްރުﷲ ހައްޔަރު ވެސް ކޮށްފަ އެވެ. އެކަމަކު ފަހުން ދޫކޮށްލީ އެވެ.

އޭނާގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން މިހާރު ވަނީ ޖިނާއީ ދައުވާ ވެސް ކޮށްފަ އެވެ.