އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
19 މާޗް 2025
އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނަ އަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމށް ބަޔާނުގައި ވެ އެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަ، އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ވަނީ މަންދީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅާފައި ކަމަށް އާޒިމާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ރައީސްގެ އާއިލާގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އާޒިމާ ވަނީ އެ މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ އިއްވެވި، ފަސްޓްލޭޑީގެ ބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެކަމުގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
"މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާ އެކު ދަންނަވަމެވެ،" އެ ބަޔާނުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެ މައްސަލާގައި ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ އެވެ. ޕާޓީ އަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރާތީ ކަމަށް އާޒިމާ ވިދާޅުވެ އެވެ.
ނަމަވެސް އެމްޑީޕީން ވަނީ ކުއްޖާގެ ނަން ހާމަކޮށް ކަރާމާތް ނަގާލީ އާއިލާ އާއި ވަކީލް ކަމަށާއި މަންދީ ދެއްކި ވާހަކާގައި ކުއްޖެއްގެ ނަމެއް ހާމަކޮށްފައި ނެތްކަމަށް ބުނެ އެ މައްސަލަ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
އެމްޑީޕީ އާއި ފައްޔާޒަށް ފަސްޓްލޭޑީ ދައުވާކޮށްފި
ރައީސްގެ އާއިލާއިން މަންދީ އާއި ފައްޔާޒަށް ދައުވާކުރަނީ
އެމްއައިބީއަށް ފައިސާދައްކަން އާޒިމާގެ މައްޗަށް އަމުރެއް
އާޒިމާގެ މައްޗަށް ކުރި ހުކުމް ފަސްކުރަން އަމުރުކޮށްފި
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް
އާޒިމާގެ އިތުރު މައްސަލައެއް ނެތް: ސިވިލް ކޯޓު
ޝަރީފަށް ކުރި އަބުރުގެ ދައުވާ އަނބުރާ ގެންގޮސްފި
ކޮމިޓީގައި ދެއްކި ވާހަކައަކާހެދި ކުރި ދައުވާ ސާބިތުނުވި
މުޒާހަރާކުރާ ނަމަ ފިޔަވަޅު އަޅާނަން: އީސީ
ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ނަގައިފި