16 ޑިސެމްބަރ 2024
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ސިވިލް ކޯޓުން ބާތިލްކޮށް، އެ ފައިސާ ދައްކަން އަނެއްކާވެސް އާ ހުކުމެއް އެ ކޯޓުން އިއްޔެ ކޮށްފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ސިވިލް ކޯޓުން ބާތިލްކޮށް، އެ ފައިސާ ދައްކަން އަނެއްކާވެސް އާ ހުކުމެއް އެ ކޯޓުން އިއްޔެ ކޮށްފި އެވެ.
އެމްއައިބީ އިން އާޒިމާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ 4.1 މިލިއަން ރުފިޔާ އެ ބޭންކަށް ދައްކަން ސިވިލް ކޯޓުން މި އަހަރުގެ ކުރީކޮޅު ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އެހެންވެ، އެ ހުކުމް މުރާޖައާ ކުރަން އާޒިމާގެ ފަރާތުން ސިވިލް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ.
ހުކުމް ބާތިލްކޮށްދޭން ނޫނީ ބަދަލު ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ ކޯޓުން އިއްޔެ ކުރި ހުކުމްގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރަށް ރިއާޔަތްކޮށް ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމާއި އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް އާޒިމާ ފައިސާ ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.
އިއްޔެގެ ނިޔަލަށް ފެސިލިޓީ އަށް ދައްކަން ޖެހި އެކަމަކު މިހާތަނަށް ނުދައްކާ ފައިސާގެ އަދަދު 4،282،514ރ. އަށް އަރަ އެވެ. ޗެރިޓީއަށް އަރާފައިވާ 266،512ރ. އަކީ އާޒިމާ ދައްކަން ޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެ ކޯޓުން ވަނީ ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ދައްކަމުން ގޮސް ފެސިލިޓީގެ އެންމެހާ ފައިސާ ކުރިއަށް އޮތް ތިން މަސް ތެރޭގައި އެމްއައިބީ އަށް ދައްކައި ހަލާސް ކުރަން އާޒިމާ މައްޗަށް ހުކުމް ކޮށްފަ އެވެ.
ފެސިލިޓީއާ ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށް، ފެސިލިޓީ އެކައުންޓް ބަންދު ކުރެވެންދެން، ފެސިލިޓީއާ ގުޅިގެން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ އެންމެހާ ހައްގުތަކާއި ބާރުތައް ބާތިލް ނުވެ ދެމިގެންދާނެ ކަމަށް ވެސް ހުކުމްގައި ކަނޑައެޅި އެވެ.
މި ފެސިލިޓީ ހޯދުމަށް އާޒިމާ ރަހުނު ކޮށްފައިވަނީ ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުން، ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެކެވެ.
އާޒިމާގެ މައްޗަށް ކުރި ހުކުމް ފަސްކުރަން އަމުރުކޮށްފި
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް
އާޒިމާގެ އިތުރު މައްސަލައެއް ނެތް: ސިވިލް ކޯޓު
ޔާމީނާއި އާޒިމާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް
ހިޔާ ފްލެޓް ލިބުމުން ނުދިން ސިފްކޯ ފްލެޓް ހަވާލުކޮށްފި
އަދީބުގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ހުކުމެއް
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ތުލުސްދު އަށް އެމްއައިބީގެ އޭޓީއެމްއެއް