މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
13 ސެޕްޓެމްބަރ 2022
މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ބޯހިމެނުން ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ބޯހިމެނުމުގައި އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި އަދި އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެ ކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
"ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާތަނަށް [ދަރުބާރުގެ އަށް] ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެ މަނިކުފާނު ވަނީ ވަކިވަކިން އެ ބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލައްވައިފަ އެވެ،" އެ އޮފީހުން ބުންޏެވެ.
ރާއްޖޭގައި 8 އަހަރު ފަހުން ބޯހިމަނަން ފެށިއިރު، ގައުމުގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު އެ މަސައްކަތުން ދެނެގަނެވޭނެ އެވެ. ގޭބިސީތަކާއި އިގުތިސާދީ މަސައްކަތްކުރާ ތަންތަނުން މައުލޫމާތު އެއްކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން އިރުއޮއްސި 6 އާ ދެމެދުގަ އެވެ.
އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރުގެ ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި 4،000 ވޮލަންޓިއަރުން ހަރަކާތްތެރިވާނެ އެވެ.
އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.
ޕީޖީއަށް ހުށަހެޅީ މި ސަރުކާރުގެ މައްސަލައެއް ނޫން
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި
ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެ ބޭފުޅަކަށް
"ވެރިކަން ބަދަލުވުން އޮމާންކަމާ އެކު ދަނީ މިފަހަރު"
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި