ސިޔާސަތުތައް ކަނޑައެޅުމާއި ގައުމީ ތަރައްގީގެ ކަންކަމުގައި މިންތީގެ ހަމަހަމަ ކަމަށް، ލިބެން ހުރި މައުލޫމާތުގެ ބޭނުން ހިފުމަކީ އިހްތިޔާރެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
06 ޑިސެމްބަރ 2023
ސިޔާސަތުތައް ކަނޑައެޅުމާއި ގައުމީ ތަރައްގީގެ ކަންކަމުގައި މިންތީގެ ހަމަހަމަ ކަމަށް، ލިބެން ހުރި މައުލޫމާތުގެ ބޭނުން ހިފުމަކީ އިހްތިޔާރެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ޖެންޑާ ޑާޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ" ވޯކްޝޮޕް ފައްޓަވައި ދެއްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންގެ ބައިވެރިވުން މިހާރަށް ވުރެން އިތުރުކުރަން ޖެހޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ގައުމީ ތަރައްގީގެ ހުރިހާ ކަމެއްގައި ވެސް މިންތީގެ ހަމަހަމަކަން ނުވަތަ އަންހެނުންގެ ބައިވެރިވުން އިތުރުކުރު ކަމަށެވެ.
ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ވެސް އެކަމަނާ ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.
ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމާ ގުޅޭ ޑޭޓާ ބޭނުންކުރުމުގެ މުހިއްމު ކަަމަަށް ބާއްވާ ވޯކްޝޮޕްގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ވޯކްޝޮޕަކީ ނިންމުންތައް ނިންމުމުގައި ޖެންޑާ ޑާޓާ ބޭނުން ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާގެ ހޯދުންތަކުގެ ސައްހަކަން ޔަގީންކުރުމުގެ މަގުސަދުގައި ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ކުރިއަށް ގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ޕެރިސް21އާ ގުޅިގެންނެވެ.
މިންތީގެ ހަމަހަމަކަމަކީ އިހްތިޔާރެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މިންތީގެ ހަމަހަމަ ކަމުގެ އިތުރުން އަންހެނުން ކުރިއަރުވަން މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ.
"އަންހެނުންގެ އިގްތިސާދީ ހިއްސާ އިތުރުކުރުމާއި، ސިޔާސީ އަދި އާންމު ދިރިއުޅުމުގައި ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެ ދާއިރާތައް،" އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ލިބެން ހުރި ޑޭޓާތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރެއްވުމުގެ މުހިންމުކަމަށް ވެސް އެކަމަނާ ވާހަކަ ދެއްކެވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ސިޔާސަތުތައް ބައްޓަން ކުރުމަށް ރާއްޖޭގައި ހުރި ޑާޓާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
ސަމިޓެއް ޝަރަފްވެރިކޮށް ދެއްވުމަށް ފަސްޓްލޭޑީ ޔޫއޭއީއަށް
މުޖުތަމައު އިސްލާހުވާނީ އަންހެނުންގެ ދައުރާއެކު: ސާޖިދާ
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
ތެލެސީމިއާއަށް އެންމެ ބޮޑު އިސްކަމެއް ދެނީ މިސަރުކާރުން
ދިމްޔާތުގައި ހުރިއިރު ހުރިހާ ހޭދައެއްކުރީ އަމިއްލައަށް
ރައީސްގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގެންފި
ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެެދިވަޑައިގެންފި
ޗީފް ސްޓެޓިސްޓީޝަން އައްޔަންކުރައްވައިފި
ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ހުޅުވާލައިފި
މީރާ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި