Roadha Mihaaru

އަންހެނުންގެ ދައުރާ ނުލައި މުޖުތަމައެއް އިސްލާހު ނުވާނެ: ފަސްޓް ލޭޑީ

އަންހެނުންގެ ދައުރާ ނުލައި މުޖުތަމައުއެއް އިސްލާހު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުޖުތަމައު އިސްލާހުވާނީ އަންހެނުންގެ ދައުރާއެކު: ސާޖިދާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 އެޕްރީލް 2025

އަންހެނުންގެ ދައުރާ ނުލައި މުޖުތަމައުއެއް އިސްލާހު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ދެއްކެވި ވާހަކާގައި ފަސްޓް ލޭޑީ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައިފަ އެވެ. އަދި ގައުމެއްގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި އަންހެނުންނާ ނުލައި ގައުމެއް ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން،" އެކަމަނާ ވިދާޅުވި އެވެ.

މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު (މ) ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު (މ) ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދިވެހި އަންހެނުންނަކީ ގައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ އިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް ވެސް ގޮވައިލެއްވި އެވެ.

މީގެ އިތުރުން އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް މުޖުތަމައުގައި އަދާކުރާ ބަޔަކަށް ދިވެހި އަންހެނުން ވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ. މިކަމާ ގުޅުވައި، ފަސްޓް ލޭޑި ވިދާޅުވީ ގާލްގައިޑް ހަރަކާތަކީ ކޮންމެ މުޖުތަމައަކަށް ވެސް ބޭނުންތެރި މުހިންމު ހަރަކާތެއް ކަމަށެވެ. އަދި އެއީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމަށް ވިދާޅުވި އެވެ.

މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ގާލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމާއި، އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭ ކަމަށާއި އެއިން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަން ވެސް ފާހަގަކުރެއްވި އެވެ.

ފަސްޓްލޭޑީ ވަނީ ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިހްސާސްކޮށްދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.