ގާލް ގައިޑް ހަރަކާތުން އަންހެން ދަރިވަރުން ބިނާވުމުގެ ފައިދާ މުޅި ގައުމަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
16 އޯގަސްޓް 2024
ގާލް ގައިޑް ހަރަކާތުން އަންހެން ދަރިވަރުން ބިނާވުމުގެ ފައިދާ މުޅި ގައުމަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ކުރުނެގަލާގައި ބާއްވާ "ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕް" ގައި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑް ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާ ބައްދަލުކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ ގާލް ގައިޑް ހަރަކާތުން އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ އާއިލާތަކާއި މުޖުތަމައުން ކުރާ ކަމަށެވެ. އަދި އެކަމުގެ ފައިދާ އޮތީ މުޅި ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ގާލްގައީޑުން ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
މިއީ އެކި ގައުމުތަކުން ބައިވެރިވާ ހަރަކާތެއްކަން ފާހަގަކުރައްވަމުން، ގައުމު ފުރިހަމައަށް ތަމްސީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަހުރުވެރި ދިވެހި ދަރިންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ފަސްޓް ލޭޑީ އެދިވަޑައިގަތެވެ.
ހޭލުންތެރިކަމާއި ހުނަރުވެރިކަމާއި ފަރުވާތެރިކަމާ އެކު ބިނާވާ ކުއްޖަކު ގައުމީ އުދަރެހުގައި ފިޔަޖަހާލާނެ ތަރިއަކަށް ވާނެ ކަމަށާއި އެ ކުއްޖަކީ ދިރިއުޅުމުގައި ވެސް ކާމިޔާބު ދަރިއަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"ތިޔަ ކުދިންގެ ކިބައިން ތިޔަ ކުދިންގެ މައިންބަފައިންނާއި މި ގައުމު ކުރާ އުއްމީދަކީ އެއީ. މާދަމާ ހިދުމަތުގެ މައިދާނުގައި އިސްވެ ތިބުން،" ސާޖިދާ ވިދާޅުވި އެވެ.
ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ސިލޯނާ 2024 އިންޓަނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާލްގައިޑުންނާއި 32 އެޑަލްޓް ލީޑަރުން ބައިވެރިވެ އެވެ.
ރޭގެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ގައުމީ ދިދަ ހަވާލުކޮށްދެއްވައިފަ އެވެ.
މުޖުތަމައު އިސްލާހުވާނީ އަންހެނުންގެ ދައުރާއެކު: ސާޖިދާ
ޕްރެޒިޑެންޓްސް ބެޖު ފުރަތަމަ ފަހަރަށް ރަށަކަށް
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
އަހުމަދިއްޔާއަކީ ގައުމަށް ލިބުނު އިލްމީ ގަހެއް: ސާޖިދާ
މައްސަރު ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރަން އެދިއްޖެ
ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ރައީސްގެ ދަރިކަލެއްގެ އަބުރާ ބެހުނުކަން ސާބިތުވެއްޖެ
"2.0 އިން ސިއްހީ ދާއިރާއަށް އިންގިލާބެއް އަންނާނެ"
ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި