ކަރަންޓާއި ފެނުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފިޔަވައި ރާއްޖޭގައި ދޭ ގިނަ ހިދުމަތްތައް ދިނުމަށް ކުންފުނިތަކުން ކުރަންޖެހޭ ހަރަދު ނުވަތަ ހިދުމަތް ދިނުމުގެ އަގު މިދިޔަ ތިން މަހު ވެސް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
01 ސެޕްޓެމްބަރ 2025
ކަރަންޓާއި ފެނުގެ ހިދުމަތާއި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފިޔަވައި ރާއްޖޭގައި ދޭ ގިނަ ހިދުމަތްތައް ދިނުމަށް ކުންފުނިތަކުން ކުރަންޖެހޭ ހަރަދު ނުވަތަ ހިދުމަތް ދިނުމުގެ އަގު މިދިޔަ ތިން މަހު ވެސް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކަަރަންޓާއި ފެން އަދި ކުނި މެނޭޖްކުރުން ހިމެނޭހެން ޔޫޓިލިޓީ ހިދުމަތް ދިނުމުގެ އަގު މިދިޔަ ތިން މަސް ދުވަހު، މަހުން މަހަށް ނުއުފުލުނަސް އެ ހިދުމަތް ދިނުމުގެ އަގު ވެސް އަހަރުން އަހަރަށް ދަނީ އުފުލެމުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާގައި ތިން ހިދުމަތް ވެސް ހިމެނޭހެން، ޔޫޓިލިޓީ ހިދުމަތް ދޭން ކުރަން ޖެހޭ ހަރަދު، ޖުމްލަކޮށް 0.99 ޕަަސެންޓް ދަށަށް ދިޔަ އެވެ. ކަރަންޓަށް ވަކިން ބަލާއިރު އެ ހިދުމަތްދޭން ކުރަން ޖެހުނު ހަރަދު 1.34 ޕަސެންޓުން ދަށަށް ދިޔަ އެވެ. ނަމަވެސް ވަކިން ބަލާއިރު ފެނުގެ ހިދުމަތް ދިނުމުގެ އަގު ދިޔައީ މައްޗަށެވެ. އެއީ 0.26 ޕަސެންޓަށެވެ.
ރާއްޖޭގައި އެހެން ހިދުމަތްތައް ދިނުމުގެ އަގު އަހަރުގެ ދެވަނަ ކުއާޓާގައި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މައްޗަށް ގޮސްފައިވާ ކަމަށް ޕީޕީއައި އިން ދައްކަ އެވެ.
ރިޕޯޓްގައިވާ ގޮތުން، ކުރަން ޖެހޭ ހަރަދު ބޮޑުވި ހިދުމަތްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ޓެލެކޮމް ހިދުމަތްތައް ހިމެނެ އެވެ. ރިޕޯޓްގައިވާ ގޮތުން އެ ހިދުމަތްތައް ދޭން ކުރަން ޖެހޭ ހަރަދު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހާ ޖެހެންދެން އެކި ގޮތްގޮތަށް ބަދަލުވަމުން އައި ނަމަވެސް އާއްމުކޮށް ގޮސްފައި ހުރީ ދަށަށެވެ. އެހެން ނަމަވެސް އެ ހިދުމަތް ދޭން ކުރަން ޖެހޭ ހަރަދު ނުވަތަ ހިދުމަތް ދިނުމުގެ އަގު މިދިޔަ އަހަރުގެ ނޮވެމްބަރުމަހުން ފެށިގެން ދިޔައީ މައްޗަށެވެ. މީގެ ތެރެއިން ޓެލެކޮމިއުނިކޭޝަންގެ ހިދުމަތަށް ވަކިން ބަލާ އިރު ހިދުމަތް ދިނުމުގެ އަގު ބައެއް މަސް މަހު މައްޗަށް ގޮސް، އަނެއްބައި މަސްމަހު ދަށަށް ގޮސްފައި ހުރީ ޓެލެކޮމް ހިދުމަތްދޭ ކުންފުނިތަކުން ހިންގާ އެކިއެކި ޕްރޮމޯޝަންތަކުގެ ސަަބަބުންނެވެ.
އެފަދަ އެކި ބަދަލުތަކާ އެކު ޓެލެކޮމް ހިދުމަތް ދިނުމުގެ އަގު މަހުން މަހަށް ބަދަލުވެފައި ހުރީ -6.22 ޕަސެންޓާ +2.62 ޕަސެންޓާ ދެމެދުގަ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލްމަހާއި މި އަހަރުގެ އޭޕްރިލްމަހާ ދެމެދު ޓެލެކޮމް ހިދުމަތް ދިނުމުގެ އަގަށް އައި ބަދަލުތަކުގެ ތެރެއިން އަގު އެންމެ މައްޗަށް ގޮސްފައި ވަނީ މިދިޔަ ނޮވެމްބަރުމަހު އެވެ. އެއީ 3.78 ޕަސެންޓަށެވެ.
ހިދުމަތް ދިނުމުގެ އަގު އުފުލުނު އަނެއް ދާއިރާ އަކީ ތައުލީމެވެ. އެ ދާއިރާގެ ހިދުމަތް ދޭން ކުރަން ޖެހޭ ހަރަދު 2023 ވަނަ އަހަރުގެ އޭޕްރިލްމަހުން ފެށިގެން ބޮޑުވަމުން ދިޔަ އިރު އެންމެ ބޮޑަށް އަގު އުފުލުނީ އެ އަހަރުގެ ޖުލައިމަހު އެވެ. އެފަހަރު އަގުއުފުލުނީ 15.15 ޕަސެންޓުންނެވެ.
ހިދުމަތް ދިނުމުގެ ހަަރަދު ގިނަ ދާއިރާތަކުގައި ބޮޑުވި އިރު ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތް ދިނުމުގެ އަގު، ރިޕޯޓްގައިވާ ގޮތުން ދިޔައީ ދަށަށެވެ.
ރިސޯޓްތަކުން ދޭ ހިދުމަތްތަކުގެ އަގު މިދިޔަ އޭޕްރިލް މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ދަށަށް ދިޔައިރު ދަށްވުން ހުރީ 2.70 ޕަސެންޓާއި 26.49 ޕަސެންޓާ ދެމެދުގަ އެވެ.
ކޮވިޑާ ހެދި ރާއްްޖޭގެ އިގުތިސާދު 50 ޕަސެންޓު ދަށަށް
އަހަރެއްގެ ތެރޭގައި ތަކެތީގެ އަގު ދަށަށް ހިނގައްޖެ
4.3 ބިލިއަން ރުފިޔާގެ ޓީބިލް އިތުރަށް ވިއްކައިފި
އިންކަމް ޓެކުހަށް 1.5 ބިލިއަން ރުފިޔާ
ޔޫޒަބަލް ރިޒާވުގައި ހުރީ 190 މިލިއަން ޑޮލަރު
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
"ޑޮލަރުގެ މައްސަލަ ހައްލުކުރަން ދައުރު ދަންމާލަންޖެހޭ"
30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ބޭނުންކުރަނީ
ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު
2.1 ބިލިއަން އެމްއެމްއޭ އަށް ވައްދައިފި