Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް

19 އޯގަސްޓް 2021

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17 ޕަސެންޓު ދަށްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17 ޕަސެންޓު ދަށްވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ލިބުނީ 242 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 293 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.

އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މިދިޔަ މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ ވަނީ އިތުރުވެފަ އެވެ.

މިއަހަރު 2.8 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މިދިޔަ އަހަރުގެ ޖުލައި މަހު އެތެރެ ކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިއަހަރު 219 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު މިދިޔަ އަހަރު ފޮނުވީ 203 މިލިއަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާއިންނެވެ. އެއީ 434 މިލިއަން ރުފިޔާގެ މުދަލެވެ. އަދި ސިންގަޕޫރުން 348 މިލިއަން ރުފިޔާގެ މުދާ އިތުރު ކުރިއިރު އިންޑިއާއިން 330 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ.

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު ރޯޔަލްޓީގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.