މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަދަދު އިތުރުވެއްޖެ އެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަދަދު އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެކްސްޕޯޓުކޮށްފައި ވަނީ 223 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަދަދަށް ވުރެ 32 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިދިޔަ ޖެނުއަރީ މަހަށް ވުރެ އެއީ 82 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓު ކުރީ 191 މިލިއަން ރުފިޔާގެ މުދަލެވެ. އަދި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 141 މިލިއަން ރުފިޔާގެ މުދަލެވެ.
އެކްސްޕޯޓު އިތުރުވި އިރު މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީގައި ވެސް ރާއްޖެއަށް އެތެރެކުރީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް އެއީ މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާ އިރު ފެބްރުއަރީގައި ރާއްޖެއަށް އެތެރެ ކުރީ 800 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ މިންވަރު 5.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މިދިޔަ މަހު ތެލާއި އެހެނިހެން ބާވަތްތަކާ އެކު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިރު ތެލަށް އެކަނި 50 މިލިއަން ޑޮލަރު (762 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. ކާބޯތަކެތީގެ އިމްޕޯޓު 968 މިލިއަން ރުފިޔާ އަރާ އިރު 751 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ރާއްޖެއަށް ގެނެސްފައިވެ އެވެ. މިދިޔަ މަހު ރާއްޖެއަށް 329 މިލިއަން ރުފިޔާގެ ދަގަނޑު އެތެރެކުރި އެވެ.
މިދިޔަ މަހު 74 މިލިއަން ރުފިޔާގެ ހިލަ އާއި ހިލަވެލި އަދި ސިމެންތި ފަދަ ސާމާނު ގެނެސްފައިވެ އެވެ. އަދި 62 މިލިއަން ރުފިޔާގެ ރަލާއި ދުންފަތުގެ ބާވަތްތައް ގެނެސްފައިވާކަން ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ.
އެމްޕީއެލް އިން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނީ 266 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓު އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް 60 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ 31 ޕަސެންޓު ގެންނަނީ ޔޫއޭއީންނެވެ. އިންޑިއާއިން 17 ޕަސެންޓު މުދާ ގެންނަ އިރު ޗައިނާއިން 14 ޕަސެންޓުގެ މުދާ ރާއްޖެއަށް އެތެރެ ކުރެ އެވެ. އޭގެ އިތުރުން އެތެރެކުރި މުދަލުގެ އަށް ޕަސެންޓު ނިސްބަތްވަނީ ސިންގަޕޫރަށެވެ.
ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ 60 ޕަސެންޓު ފޮނުވަނީ ތައިލެންޑަށެވެ. އަދި 15 ޕަސެންޓު ފޮނުވަނީ އިނގިރޭސިވިލާތަށެވެ.
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، އާމްދަނީ ވެސް އިތުރު
ރޯދަމަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި
މިދިޔަ މަހު އެކްސްޕޯޓު މަދުވުމުން އާމްދަނީ ދަށް
ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ