14 މާޗް 2022
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން 325 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 256 މިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ.
މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކުރި އިރު އެކްސްޕޯޓް ކުރީ 309 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެ ކުރީ 2.7 ބިލިއަން ރުިފޔާގެ މުދަލެވެ. އަދި އެކްސްޕޯޓް ކުރީ 239 މިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރީ އޮމާނުންނެވެ. އެގައުމުން 621 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު ޔޫއޭއީން 613 މިލިއަން ރުފިޔާ އަދި އިންޑިއާއިން 509 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފަ އެވެ.
މިދިޔަ މަހު ރާއްޖޭން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ 144 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ އެހެން ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި އިންޑިއާ އަދި ފްރާންސް ހިމެނެ އެވެ.
އިމްޕޯޓާއި އެކްސްޕޯޓުން ރޯޔަލްޓީގެ ގޮތުގައި 13.2 މިލިއަން ރުފިޔާ މިދިޔަ މަހު ދައުލަތަށް ލިބުނެވެ.
މިދިޔަ މަހު އެކްސްޕޯޓު މަދުވުމުން އާމްދަނީ ދަށް
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށަށް
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ
މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، އާމްދަނީ ވެސް އިތުރު