13 އޯގަސްޓް 2018
މިދިޔަ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެ، ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެ، ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
ކަސްޓަމްސުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 4.1 ބިލިއަނަށް ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކުރިއިރު، އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 38 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އެތެރެކުރީ 2.96 ބިލިއަން ރުފިޔާގެ މުދަލެވެ.
އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެތެރެކުރި މުދަލެވެ. އެއީ 19 ޕަސެންޓެވެ. ޗައިނާ އިން 18 ޕަސެންޓް އަދި ސިންގަޕޫރުން 14 ޕަސެންޓް މުދާ އިމްޕޯޓް ކޮށްފައިވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު 11 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނީ 254 މިލިއަން ރުފިޔާ ކަމަށް ވިޔަސް، މިދިޔަ މަހު ވަނީ 282 މިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު 203 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކުރިއިރު، މިދިޔަ މަހު 263 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އެވެ. އެހެންވެ، މިއީ 30 ޕަސެންޓްގެ އިތުރުވުމެކެވެ.
އާންމުކޮށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ރާއްޖެ އިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓް ކުރި މުދަލުގެ 26 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމު ކަމަށްވާ އިނގިރޭސިވިލާތަށް 19 ޕަސެންޓް އެކްސްޕޯޓް ކުރިއިރު، ޖަރުމަނަށް ވަނީ 16 ޕަސެންޓް އެކްސްޕޯޓް ކޮށްފަ އެވެ. އަދި އެމެރިކާއަށް ނުވަ ޕަސެންޓް މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ.
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، އާމްދަނީ ވެސް އިތުރު
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ހިނގައްޖެ
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ
ނޮވެމްބަރު މަހުގެ އެކްސްޕޯޓާއި އިމްޕޯޓް މައްޗަށް
އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ 10 ޕަސެންޓް ދަށަށް
އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، އާމްދަނީ ވެސް އިތުރު