Roadha Mihaaru
މަންދު ކޮލެޖުގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފި

މަންދު ކޮލެޖުގެ ދަރިވަރުންނަށް އެ ކޮލެޖުން ލެޕްޓޮޕް ހަދިޔާކޮށްފި

18 އޯގަސްޓް 2021

ދަރިވަރުންގެ ކިޔެވުމަށް އިތުރަށް މަގުފަހިކޮށްދިނުމަށް މަންދު ކޮލެޖުގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

ދަރިވަރުންގެ ކިޔެވުމަށް އިތުރަށް މަގުފަހިކޮށްދިނުމަށް މަންދު ކޮލެޖުގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

ގަލޮޅު މަދަރުސާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، 100 އެއްހާ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކޮށްފައިވެ އެވެ. އެއީ، މި ދިޔަ އަހަރުގެ އާ އިންޓޭކާ ދިމާކޮށް އެ ކޮލެޖުގެ ކޯސްތަކަށް ދީފައިވާ ފުރަތަމަ ޑެޑްލައިންގައި އެޕްލައިކުރި ދަރިވަރުންނެވެ.

އެ ރަސްމިއްޔާތުގައި، އެ ކޮލެޖުގެ ގްރެޖުއޭޓް ސްކޫލުގެ ޑީން ޑރ. އިބްރާހިމް ލަތީފު ވިދާޅުވީ އޮންލައިން އެހެން ޕްލެޓުފޯމުތަކާއި މަންދު ކޮލެޖުގެ ވާޗުއަލް ސިސްޓަމް ތަފާތު ކަމަށެވެ.

އެގޮތުން، އަސްލު ހަގީގީ މާނައިގައި ކަސްޓަމައިޒް ކޮށްގެން ބޭނުންކުރެވޭ ވާޗުއަލް ސިސްޓަމް އޮތީ މަންދުގައި ކަމަށާއި އެއީ ގައުމީ އިނާމު ލިބިފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ކުރި ހޯދާފައިވާ ޓެކްނޮލޮޖީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮލެޖުގެ ހެޑް އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މުހައްމަދު ފިރާޟް ވިދާޅުވީ ދަރިވަރުންނަށް ލެެޕްޓޮޕް ހަދިޔާކުރުމުގެ ބޭނުމަކީ ވާޗުއަލް ސިސްޓަމްސްގައި ކިޔެވުމަށް ދަރިވަރުންނަށް އިތުރު ހިތްވަރަކާއި ލުއެއް ދިނުން ކަމަށެވެ. މީގެ ކުރިން ވެސް ދަރިވަރުންނަށް އައިޕެޑް ހަދިޔާކޮށްފައިވާކަން ފިރާޟް ފާހަގަކުރެއްވި އެވެ.

މަންދު ކޮލެޖުގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރަން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ކޮލެޖުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: މަންދު ކޮލެޖު

މަންދު ކޮލެޖުގެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރަން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ކޮލެޖުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: މަންދު ކޮލެޖު

"މަންދު ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ. މިހާރު ހުޅުވާލާފައިވާ ސެޕްޓެމްބަރު އިންޓޭކުގެ ދަރިވަރުންނަށް ވެސް ލެޕްޓޮޕް ލިބޭނެ ލުއިގޮތްތަކެއް އިންތިޒާމް ކުރަމުންދަނީ،" ފިރާޟް ވިދާޅުވި އެވެ.

މަންދު ކޮލެޖަކީ ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީކުރި އަމިއްލަ ކޮލެޖެވެ. އަދި އެއީ، އަމިއްލަ ޕްލެޓުފޯމަކާ އެކު ވާޗުއަލް ކެމްޕަހެއް ގާއިމްކޮށް އަމިއްލަ ރަށުގައި ހުރެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިން ރާއްޖޭގެ ފުރަތަމަ ކޮލެޖެވެ.

އެ ވާޗުއަލް ސިސްޓަމްގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިންޓަނެޓަށް އެއްވެސް ހަރަދެއް ކުރަން ނުޖެހުމެވެ. ޑާޓާ ހުސްވެ، އިންޓަނެޓުގެ ސްޕީޑުގެ މައްސަލަތައް ދިމާނުވާނެ ކަމަށް ވެސް ބުންޏެވެ.

މަންދުކޮލެޖުގެ ވާޗުއަލް ކެމްޕަހުގައި ކިޔެވުމަށް ސެޕްޓެމްބަރު 2021 އިންޓޭކަށް ވަނީ ހުޅުވާލައިފަ އެވެ.