02 ޖެނުއަރީ 2019
މަންދު ކޮލެޖުން މި މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މަންދު ކޮލެޖުން މި މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ތަފާތު އެކި ދާއިރާތަކުން ސެޓްފިކެޓް ލެވެލްގެ ތިނަކުން ފެށިގެން މާސްޓާސްއާ ހަމައަށް ކުރިއަށްގެންދާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި މަހު ފަށާ ކޯސްތަކުގެ ތެރޭގައި ޓީޗިންނާއި ސްކޫލް މެނޭޖްމަންޓާއި އޮފީސް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ، ކުރިއަރަމުން އަންނަ ވަޒީފާގެ ބާޒާރަށް މުހިއްމު ދާއިރާތަައް ހިމެނެ އެވެ. އޭގެ އިތުރުން އޯލެވެލް ނިންމާ ދަރިވަރުންނަށް އެއް އަހަރުން ފުރިހަމަކުރެވޭ ޑިގްރީ ފައުންޑޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ.
ޑިގްރީ ފައުންޑޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. މާސްޓާސް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ޕްރީ މާސްޓާސް ޕްރޮގްރާމެއް ވެސް ކޮލެޖުން ހިންގަ އެވެ.
މަންދު ކޮލެޖުން ބުނިގޮތުގައި، އެ ކޮލެޖުގައި ހިންގާ ޓީޗިން ކޯސްތަކަކީ އާ ކަރިކިއުލަމަށް އަހުލުވެރިކުރަން ހާއްސަ ސަމާލުކަމެއްދީ ކިޔަވައިދިނުމުގެ ވައްޓަފާޅިއާ އެކަމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. ވިޔަފާރިއާ ގުޅުންހުރި ކޯސްތައް ފަރުމާކޮށްފައި ވަނީ ވިޔަފާރީގެ މާހައުލަށް ވަރަށް ބޮޑަށް އަމާޒުކޮށްގެންނެވެ. އޭގެ ތެރޭގައި މީރާގެ ޓެކްސްގެ ނިޒާމަށް އަހުލުވެރިކުރުމަށް އެ ކޮލެޖުން ބޮޑު ސަމާލުކަމެއް ދެ އެވެ.
ރާއްޖޭގައި ވާޗުއަލްކޮށް ކިޔަވައިދޭ ހަމައެކަނި މަރުކަޒަކީ މަންދު ކޮލެޖެވެ. އަމިއްލަ ރަށުގައި ވަޒީފާގައި ހުރެގެން ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ފެންވަރަށް މަތީ ތައުލީމް ހާސިލްކުރެވޭއިރު، ވާޗުއަލް ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ކަނެކްޝަން ފީތައް އެ ކޮލެޖުން ދައްކައިދޭ ގޮތަށް ވަނީ ހަަމަޖައްސައިފަ އެވެ.
މިފަދަ ފަސޭހަތަކާއި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެމުން އަންނާތީ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމުގައި ވީހާ ވެސް ގިނަ ދަރިވަރުން އެ ކޮލެޖު އިހުތިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަން ފާހަގަކުރި އެވެ.
މަންދު ކޮލެޖަކީ 1998 އިން ފެށިގެން ތައުލީމް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެ ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް، އަމިއްލަ ރަށުގައި ތިބެގެން ވެސް ކިޔެވޭނެ މަގު ތަނަވަސްކޮށްދީފައިވާއިރު އެ ކޮލެޖުން މިހާރު ވެސް 500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
ހަމަލާދިނީ އިލްމު ފަތުރަން ހުރަސްއަޅަން: މަންދު ކޮލެޖް
މަންދު ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށަނީ
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މަންދު ކޮލެޖު ކޯސްތަކަށް ކުރިމަތިލުން މާދަމާ ހަމަވަނީ
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
އޯލެވެލް/އޭލެވެލް ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެއް
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު
ތައުލީމަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ޒާހިރަށް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް