02 ނޮވެމްބަރ 2017
އޯ ލެވެލް އަދި އޭ ލެވެލް ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ވާޗުއަލް ލާނިން ސަޕޯޓު ޕްރޮގްރާމެއް ފަށަން މާލެ ހައި އިންޓަނޭޝަނަލް ސްކޫލް އިން ތައްޔާރުވެއްޖެ އެވެ.
އޯ ލެވެލް އަދި އޭ ލެވެލް ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެން ވާޗުއަލް ލާނިން ސަޕޯޓު ޕްރޮގްރާމެއް ފަށަން މާލެ ހައި އިންޓަނޭޝަނަލް ސްކޫލް އިން ތައްޔާރުވެއްޖެ އެވެ.
މިއީ އެ ދަރިވަރަކު ކިޔަވާ ސްކޫލެއްގައި ތިބެގެން އިތުރު އެހީ ބޭނުންވާ ދަރިވަރަށް ރަނގަޅު ނަތިޖާއެއް ހާސިލްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަންނަ ހޮނިހިރު ދުވަހު ސްޓެލްކޯގެ މާލަމުގައި ވާޗުއަލް ލާނިން ޕްރޮގްރާމްގެ އޯޕަންޑޭ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
މާލެ ހައި އިންޓަނޭޝަނަލް ސްކޫލުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އޯޕަންޑޭގައި ބައިވެރިވެ، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކްލާސްތައް ހިނގާގޮތް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މަންދު ކޮލެޖު ވެސް ހިންގަމުން އަންނަ ކުންފުނިން ބުނިގޮތުގައި އެ ޕްރޮގްރާމުގައި ކޮންމެ މާއްދާއެއް ވެސް ކިޔަވައިދޭނީ ފެންވަރު ރަނގަޅު ޓީޗަރުންނެވެ. އެގޮތުން ޓީޗަރާއި ދަރިވަރުން ދުރުގައި ތިބެގެން ވާޗުއަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްލާސްތައް ކުރިއަށްގެންދާނެ އެވެ.
"މާލެ ހައި އިންޓަނޭޝަނަލް ސްކޫލާއި ކުދިންނާއި ގުޅުވައިދެވިފައި ހުންނާނީ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ވެބްކެމް އަދި ހެޑްސެޓުގެ ޒަރީޔާއިންނެވެ. ދަރިވަރުން ކްލާހާ ގުޅޭނީ އެކަމަށް ހާއްސަ ޑޮންގަލް އެއް ބޭނުންކޮށްގެންނެވެ. ކަނޑައެޅިފައިވާ ޓައިމްޓޭބަލް އަކަށް ހިންގާ ކްލާސްތަކުގައި، ވަގުތުން ދަރިވަރުންނަށް ސުވާލުކުރުމާއި އެހެން ދަރިވަރުންނާ ވާހަކަދައްކައި ހެދުމުގެ ފުރުސަތު އޮންނާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
ކްލާހުގައި ބޭނުން ކުރަން ދޭ އެއްޗެހިތައް ސްކޫލުގެ ޕޯޓަލް އިން ލިބެން ހުންނާނެ ކަމަށާއި އޭގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އިރުޝާދާއި ކައުންސެލިން އަދި އިމްތިހާނުތަކަށް ފަރިތަކުރުން ވެސް އެ ޕްރޮގްރާމުގެ ތެރެއިން ލިބެން ހުންނާނެ ކަމަށް މާލެ ހައި އިންޓަނޭޝަނަލް ސްކޫލު ކުންފުނިން ބުންޏެވެ.
ތައުލީމީ މީހުންނަށް ބޮޑެތި މުސާރަ ދޭން 200 މިލިއަން
ތިން މާއްދާއިން ފާސްވިޔަސް 11،12 އިން ޖާގަ ލިބޭނެ
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
ހަމަލާދިނީ އިލްމު ފަތުރަން ހުރަސްއަޅަން: މަންދު ކޮލެޖް
މަންދު ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށަނީ
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މަންދު ކޮލެޖު ކޯސްތަކަށް ކުރިމަތިލުން މާދަމާ ހަމަވަނީ
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު