13 ޖޫން 2018
މަންދު ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މަންދު ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ކޮލެޖުން ބުނީ ކޯސްތަކަށް ކުރިމަތިލާން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
އަންނަ މަހުގެ އިންޓޭކް ފަށާނީ 28 ވަނަ ދުވަހު އެވެ. މި އިންޓޭކްގައި 21 ކޯހެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ބިޒްނަސް މެނޭޖްމަންޓާއި އޮފީސް މެނޭޖްމަންޓާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ޓީޗިން ފަދަ ކޯސްތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާޒްއާ ހަމައަށް އެކި ކޯސްތައް މަންދު ކޮލެޖުން ހިންގަ އެވެ.
ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް އެ ކޮލެޖުގެ އަމިއްލަ މޮޑިއުލް އާއި ކަރިކިއުލަމަށް ތައްޔާރުކޮށްފައިވާ ކޯސްތަކުގައި ބައިވެރިވެ، މަންދު ކޮލެޖުގައި އެއް އަހަރު ކިޔެވުމަށް ފަހު، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ކޯސް ފުރިހަމަކުރުމުގެ ފުރުސަތު ދަރިވަރުންނަށް އޮންނާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.
މަންދު ކޮލެޖުން އޭޕްރީލް މަހު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މަންދު ކޮލެޖުން ބުނީ އުރީދޫ 3ޖީ ލިބޭ ކޮންމެ ރަށެއްގައި ހުރެގެން، އެ ކޮލެޖުގެ ވާޗުއަލް ކެމްޕަސް މެދުވެރިކޮށް އޮންލައިންކޮށް ކޯސްތަކުގައި ބައިވެރިވެ، ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މިއީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާ ވަރަށް ރަގަޅު ފުރުސަތެއް. އަމިއްލަ ރަށުގައި އައިލާ އާއި ވަޒީފާގައި އުޅެމުން މަތީ ތައުލީމުގެ ފުރުސަތު މިވަނީ ތަނަވަސްވެފައި،" މަންދު ކޮލެޖުން ބުންޏެވެ.
މަންދު ކޮލެޖަކީ 1998 އިން ފެށިގެން ތައުލީމު ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އަދި އެ ކޮލެޖުގައި 500 އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
ހަމަލާދިނީ އިލްމު ފަތުރަން ހުރަސްއަޅަން: މަންދު ކޮލެޖް
މަންދު ކޮލެޖުން ކެރިއަ ގައިޑެންސް ޕްރޮގްރާމެއް ފަށަނީ
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
މަންދު ކޮލެޖު ކޯސްތަކަށް ކުރިމަތިލުން މާދަމާ ހަމަވަނީ
އޯލެވެލް/އޭލެވެލް ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެއް
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު
ތައުލީމަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ޒާހިރަށް
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް