Roadha Mihaaru
ގައުމީ ޓީމަށް ދިވެހި ކޯޗުން، ރަނގަޅު ނިންމުމެއް؟

ގައުމީ ޓީމަށް ދިވެހި ކޯޗުން، ރަނގަޅު ނިންމުމެއް؟

17 އޯގަސްޓް 2021

އޮކްޓޯބަރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ކުޑަ މުބާރާތެއް ނޫނެވެ. ވަކިން ހާއްސަކޮށް މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާތީ އެ މުބާރާތާ މެދު ދިވެހިންގެ އުންމީދުތައް ވަކިން ބޮޑަށް މަތިވާނެ އެވެ. އަދި އެ މުބާރާތާ ކުރިމަތިލާއިރު ތަށިި ނޫން އެއްޗެއް ބޭނުމެއް ވެސް ނުވެ އެވެ. މި ހާއްސަ މުބާރާތަށް އެކުލަވާލި ކޯޗިން ޓީމުގައި އެންމެ އިސްކޮށް ތިބީ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. ހެޑް ކޯޗުގެ މަސްއޫލިއްޔަތު ސުޒޭން އަދާކުރާއިރު އިންމަ މަސައްކަތް ކުރާނީ އެސިސްޓެންޓް ކޯޗުގެ ގޮތުގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބޮޑު މުބާރާތަކަށް ގައުމީ ޓީމު، ދިވެހި ކޯޗުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދެވިދާނެ ހެއްޔެވެ؟ މިއީ ދިވެހިންނަށް ކުރެވޭނެ ވަރުގެ ކަމެއް ހެއްޔެވެ؟ ބޭރު އަދި ވަކިން ހާއްސަކޮށް ޔޫރަޕުގެ ކޯޗަކަށް ނޫނީ މިކަން ނުކުރެވޭނެ ކަމަށް ބުނާ ވިސްނުން ވެސް ދިވެހި ފުޓްބޯޅައިގެ ތެރޭގައި އެނބުރެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް ބުނިގޮތުގައި، މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ބިދޭސީ ކޯޗުންގެ ތެރެއިން ދިވެހި ކޯޗުންނާ އަޅާބަލާއިރު ވަކި ތަފާތު މޮޅު ކޯޗެއް ރާއްޖޭގެ ކޯޗު ކަމަށް އައިސްފައެއް ނުވެ އެވެ. ނިޒާމް ގަބޫލު ކުރާ ގޮތުގައ ދިވެހި ކޯޗުންނަށް މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.

"ވަރަށް ތެދަށް ބުނާ ކަމަށްވަންޏާ މިހާތަނަށް އައި އެއްވެސް ފޮރިިން ކޯޗަކަށް، ހަމަ އެއްވެސް ކޯޗަކަށް ނެތް އޭރުގައި އެ މީހަކާ ހަވާލު ކުރާ ޓީމުގައި ދިވެހި ކުޅުންތެރިންގެ މެކްސިމަމް ނެރެވިފައި ނެތް،" ނިޒާމް ބުންޏެވެ.

އިންމަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އިންމަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

"ނެޝަނަލް ޓީމުގެ ބޮޑު ކަމަކަށް އޮންނާނީ ޓީމެއް މެނޭޖުކުރުމާއި ގޭމް އެނަލައިޒްކޮށްފައި އެ ޓެކްޓިކްސް އާއި ގޭމް ޕްލޭން. އެކަންކަން ބޮޑު ކަމަކަށް އޮންނާނީ. މިހާރު މިތިބަ ދެ ކޯޗުން (ސުޒޭން އާއި އިންމަ) ގެ ތަޖުރިބާ އަށް ބާލާއިރު އެ ލެވެލްގައި މަސައްކަތް ކުރާކަށް ތި ކޯޗިން ޓީމު އާ ވެގެނެއް ނުވާނެ. އެ ހުރިހާ ކަމަކަށް ބަލާއިރު ތި ޓީމަށް ނުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް."

ނިޒާމް ބުނީ ދިވެހި ކޯޗުން ޓީމަކާ އެކު ކާމިޔާބު ހޯދިއްޖެނަމަ އެއީ ދިވެހިންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ކްލަބު އީގަލްސްގެ ކޯޗު އަދި އެފްއޭއެމްގެ ކޯޗިިން އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ބޭރުގެ ކޯޗެއް ވިއަސް ދިވެހި ކޯޗެއް ވިއަސް މުހިންމު ވާނީ އެ މީހެއްގެ ކޮލިފިކޭޝަނަށާއި ނޮލެޖާއި ތަޖުރިބާ ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް އޮންނަ ވިސްނުމެއް ބޭރު މީހެއް ވެއްޖެއްޔާ ރަނގަޅު ވާނޭ. އެކަމަކު އެހެނެއް ނުވާނެތާ. އެހެން ކަންކަމުގައި ވެސް ހުންނަހެން ކޯޗު ކަމަކީ ސުޕެޝަލިސްޓް ޖޮބެއް. އެކަމަށް ކޮލިފިކޭޝަނާއި އެކްސްޕީރިއަންސް ހުންނަން ޖެހޭނެ. ދިވެހި ކޯޗެއް ވިއަސް ބޭރު ކޯޗެއް ވިއަސް އޭގެ މުހިންމު ކަމަކީ އެއީ،" ޝާޒް ބުންޏެވެ.

އިންމަ އާއި ސުޒޭން --- ފައިލް ފޮޓޯ: މިހާރު

އިންމަ އާއި ސުޒޭން --- ފައިލް ފޮޓޯ: މިހާރު

"އެހެން ޖޮބްތަކަށް ވެސް މީހުން ހަޔާ ކުރާއިރު ކޮލިފިކޭޝަނާއި ތަޖުރިބާއަށްތާ ބަލަނީ. އެމީހާ ނިސްބަތްވާ ގައުމަކީ އެހާ މުހިންމު އެއްޗެއް ނޫން. މޮޅު ކޯޗެއް ވެއްޖެއްޔާ މޮޅުވާނެ. އޭޝިއާ ވިއަސް ޔޫރަޕް ވިއަސް އަދި ސައުތު އެމެރިކާ ވިއަސް ނޫނީ ދިވެއްސެއް ވިއަސް. އެއީ ވަކި ގައުމަކަށް ވެގެންވާ ކަމެއް ނޫން."

"ދެން ދިވެހި ކޯޗުން ވެއްޖެއްޔާ އެޑްވާންޓޭޖްތަކެއް ހުންނާނެ. އެންމެ ފުރަތަމަ ކަމަކަށް ދިވެހި ވަންތަކަން. ދިވެހި ޓީމެއް ނުކުންނައިރު އެ ކޯޗެއްގެ ކިބައިގައި ދިވެހި ވަންތަކަން ހުންނާނެ. ބޭރު ކޯޗެއް ވެއްޖެއްޔާ އެކަމެއް ނޯންނާނެ އެއީ ޕްލަސް ޕޮއިންޓެއް،" ޝާޒް ބުންޏެވެ.

"ދެން ސާފް ޗެމްޕިއަންޝިޕަށް ބާލާއިރު މިހާރު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ އެކްސްޕީރިއަންސް އެއް ކޯޗު. އެންމެ އެކަށީގެންވާ އެކަކު މިހާރު އެ ހުރީ. ވަރަށް ރަނގަޅު ބަދަލެއް އެއީ. ދިވެހި ކޯޗުންނަށް ވެސް އެކަން ކުރެވޭނެ."