Roadha Mihaaru
ލޯބިވެރިޔާގެ ކިޑްނީން އާ ދިރިއުޅުމެއް

ލޯބިވެރިޔާގެ ކިޑްނީން އާ ދިރިއުޅުމެއް

13 އޯގަސްޓް 2021

ކިޑްނީ ބަދަލުކުރަން ޖެހިފައިވާ ވަރަށް ގިނަ މީހުންނަކީ ކިޑްނީއެއް ނުލިބިގެން އެ ވޭނުގައި އުޅޭ މީހުންނެވެ. އެކަމަކު އިނގިރޭސިވިލާތުގެ ޒުވާނަކަށް ކިޑްނީއެއް ލިބުނީ ވަރަށް ފަސޭހައިންނެވެ. އެކަން ކޮށްދިނީ ލޯބިވެރިޔާ އެވެ. އެޑީ ހަންޓީ އެ ހަދިޔާ ސިފަކުރީ "އާ ހަޔާތެއް ހޯދައިދިން ހަދިޔާއެއް" ގެ ގޮތުގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިޑްނީ ބަދަލުކުރަން ޖެހިފައިވާ ވަރަށް ގިނަ މީހުންނަކީ ކިޑްނީއެއް ނުލިބިގެން އެ ވޭނުގައި އުޅޭ މީހުންނެވެ. އެކަމަކު އިނގިރޭސިވިލާތުގެ ޒުވާނަކަށް ކިޑްނީއެއް ލިބުނީ ވަރަށް ފަސޭހައިންނެވެ. އެކަން ކޮށްދިނީ ލޯބިވެރިޔާ އެވެ. އެޑީ ހަންޓީ އެ ހަދިޔާ ސިފަކުރީ "އާ ހަޔާތެއް ހޯދައިދިން ހަދިޔާއެއް" ގެ ގޮތުގަ އެވެ.

އެޑީ އަށް ކިޑްނީގެ މައްސަލަ ދިމާވާން ފެށީ 2019 ގަ އެވެ. މިއުޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ އެޑީގެ ބައްޔަކީ ކިޑްނީ އަށް ލޮޅުން އަރުވާ ނާދިރު ބައްޔެއް ކަމަށްވާ ހެނޯކް-ޝްލައިން ޕުރްޕުރާ (އެޗްއެސްޕީ) އެވެ. އޭގެ ފަހުން މިދިޔަ އަހަރުން ފެށިގެން އޭނާ އަށް ޖެހިފައި އޮތީ ހަފުތާއަކު ތިން ފަހަރު ޑައިލިލިސް ހަދާށެވެ.

އެކަމަކު މިކަމާ ހެދި ލޯބިވެރިޔާގެ އާންމުން ދިރިއުޅުން ގެއްލުންވީ ވިކީ ކޮމްޕްޓަނަށް ކެތްކުރަން ފަސޭހަ ކަމަކަށް ނޫނެވެ.

އެޑީ ޑައިލިސިސް ހަދަނީ.

އެޑީ ޑައިލިސިސް ހަދަނީ.

އެހެންވެ އޭނާ ބޭނުންވީ އެޑީ ކިޑްނީ ޓްރާންސްޕްލާންޓޭޝަނެއް ހަދަން ޖެހޭތީ އަމިއްލަ ކިޑްނީ މެޗްވޭތޯ ޓެސްޓްކުރާށެވެ. ނަތީޖާ ނުކުތީ ދިމާވާ ކަމަށެވެ. އެހެންވެ ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް ކޮމްޕްޓަން ކިޑްނީ ހަދިޔާކުރީ އެވެ. އެޑީގެ ޓްރާންސްޕްލާންޓް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

"މިހާރު އަހަރެމެންނަށް އަލުން ކުރީގެ ދިރިއުޅުން ލިބިއްޖެ. ދެން އޮތީ ހަޔާތުގެ އަސްލު ދަތުރު ފެށުން،" ކޮމްޕްޓަން ބުންޏެވެ.

އެޑީ ޓްރާންސްޕްލާންޓަށް ފަހު ހޮސްޕިޓަލްގައި.

އެޑީ ޓްރާންސްޕްލާންޓަށް ފަހު ހޮސްޕިޓަލްގައި.

އެޑީ ބުނީ ލޯބިވެރިޔާ ކިޑްނީ ހަދިޔާކުރަން ނިންމުމަކީ ފުރަތަމަ އެކަން ގަބޫލުކުރަން ވެސް ފަސޭހަވި ނުވި ކަމަށެވެ.

"އެކަމަކު އަހަރެން ކަހަލަ މީހަކަށް އިހުސާސްކުރެވޭނީ އެވަރުގެ އެހީއެއް ދޫކޮށްލުމަކީ ކިހާ ވަރެއްގެ ކަމެއްކަން. ލޯބިވެރިޔާ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އޭނާ ބުންޏެވެ. "އުންމީދުކުރަނީ އޭނަ އަހަންނަށް ހޯދައިދިން އާ ހަޔާތުގެ ބަދަލު ކޮންމެވެސް ދުވަހަކުން ވެސް ކޮންމެވެސް ސިފައެއްގައި ދެވޭނެ ކަމަށް."