Roadha Mihaaru
އެޑެލް އާއި އާ ލޯބިވެރިޔާ އެންގޭޖްވެއްޖެ؟

އެޑެލް އާއި އާ ލޯބިވެރިޔާ އެންގޭޖްވެއްޖެ؟

08 ނޮވެމްބަރ 2021

އާ ބައިވެރިޔަކު ހޯދިކަން ސެޕްޓެމްބަރު މަހު ހާމަކުރި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް މިހާރު އެންގޭޖް ވެސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ ބައިވެރިޔަކު ހޯދިކަން ސެޕްޓެމްބަރު މަހު ހާމަކުރި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް މިހާރު އެންގޭޖް ވެސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މި ވާހަކައެއް މިހާރު މާ ގަދައަށް ދައްކަން ފެށީ މި ހަފުތާގައި އެޑެލް އާއި ޕޯލް ރިޗް ލަންޑަންގެ ރެސްޓޯރަންޓަކަށް ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅުމުގެ ތެރޭގައި އެންގޭޖްމަންޓް އަނގޮޓި ކަމަށް ބެލެވޭ ބޮޑު ޖަވާހިރެއް ޖެހި އަނގޮޓިއެއް އެޑެލް އަޅައިގެން އިން ތަން ފެނިގެންނެވެ.

ޕޯލްއާ ރައްޓެހިވެގެން އުޅޭކަން އެޑެލް އިންސްޓަގްރާމްގައި ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކު ހާމަކުރީ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ. މި ގުޅުން ރަސްމީ ކޮށްފައި ވަނީ އެޑެލްގެ އަލަތު ކައިވެނި 2019 ގައި ރޫޅާލާފައި ވަނިކޮށެވެ. ސައިމަން ކޮނެކީ އާއި އެޑެލް 2016 ގައި ކުރި ކައިވެނި ރޫޅައިލި އިރު 9 އަހަރުގެ ފިރިހެން ދަރިޔަކު ވެސް އެބަހުއްޓެވެ.

ސަން އިން ބުނި ގޮތުގައި އާއިލާ އާއި ގާތް ރައްޓެހިންނަށް ވެސް އެޑެލް، އާ ބައިވެރިޔާ ތައާރަފުކޮށް ދީފައިވާތީ އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކޮށްފާނެ ކަމަށް ވެސް ބެލެވެ އެވެ. މި މަހުގެ 19 ގައި ހަތަރު ވަނަ އަލްބަމް "33" ނެރެން ތައްޔާރު ވަމުން އަންނަ އެޑެލް، 33، ގެ އާ ބައިވެރިޔާ، އެމެރިކާ އަށް އުފަން ޕޯލް، 39، އަކީ ބާސްކެޓް ކުޅުންތެރިން މެނޭޖްކޮށްދޭ އެޖެންސީއެއް ހިންގާ ސްޕޯޓްސް އޭޖެންޓެކެވެ.