12 އޯގަސްޓް 2021
ލިލް (އޯގަސްޓް 12) - ލިއޮނެލް މެސީ ޕީއެސްޖީ އަށް ސޮއިކުރުމާ އެކު ވާދަވެރި ލިލް އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރަން، ގައުމީ ޓީމުގައި ރޮނާލްޑޯގެ ޓީމު މޭޓް ހޯޒޭ ފޮންޓޭ ލަފާދީފި އެވެ.
ލިލް (އޯގަސްޓް 12) - ލިއޮނެލް މެސީ ޕީއެސްޖީ އަށް ސޮއިކުރުމާ އެކު ވާދަވެރި ލިލް އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރަން، ގައުމީ ޓީމުގައި ރޮނާލްޑޯގެ ޓީމު މޭޓް ހޯޒޭ ފޮންޓޭ ލަފާދީފި އެވެ.
ލިލްގެ ޑިފެންޑަރު ފޮންޓޭ ބުނީ ކޮންމެ ދުވަހަކު ވެސް އޭނާ ރޮނާލްޑޯ އަށް މެސެޖްކޮށް ވާހަކަ ދައްކާ ކަމަށެވެ. މެސީ، ވާދަވެރި ޕީއެސްޖީ އަށް ސޮއިކުރުމުން ރޮނާލްޑޯއާ ސަމާސާކުރުމުގެ ގޮތުން އޭނާ ލިލް އަށް އައުމަށް ފޮންޓޭ މެސެޖްކުރި އެވެ.
"އަހަރެން މެސެޖްކުރަން ރޮނާލްޑޯ އަށް ލިލް އަށް އަންނާށޭ ކިޔާފައި އޭނާ ރިޕްލައި ކުރާނެ 'ހަހަހަހަ' ޖަހާފައި،" ޓޯކް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ފޮންޓޭ ބުންޏެވެ.
އޭނާ ބުނީ މެސީ ޕީއެސްޖީ އަށް ބަދަލުވުމުން އެ ޓީމާ ދެކޮޅަށް ކުޅެން ކުރިއަށް ވުރެ އުނދަގޫ ވާނެ ކަމަށެވެ. އަދި ލިލްގެ ޓީމު އޮތީ އެ ޗެލެންޖަށް ތައްޔާރު ވެގެން ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންގެ ހަތިޔާރު އަހަރެމެން ބޭނުން ކުރާނަން އަދި އަހަރެން މަސައްކަތް ކުރާނަން ކޮންމެ ގޮތަކުން ނަމަވެސް ރޮނާލްޑޯ ގެންދަން. އޭނާ ކުރަން ޖެހޭނެ ކަމަކީ ފްރެންޗު ލީގު ކާމިޔާބު ކޮށްދިނުން."
ފުރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިލް އާއި ޕީއެސްޖީ އެންމެ އަވަހަށް ކުޅޭ މެޗު އޮންނާނީ އޮކްޓޯބަރު 31 ގަ އެވެ.
މެސީ ރެކޯޑާއެކު ތަށިހޯދިރޭ ރޮނާލްޑޯއަށް ތަށި ގެއްލިއްޖެ
މެސީ ކްލަބް ކެރިއަރުގައި 700 ގޯލް ހަމަކޮށްފި
ސައުދީގައި މެސީ އާއި ރޮނާލްޑޯ ލަނޑުތަކަށް ސަމާލުކަން
ޕީއެސްޖީއާ ވާދަކުރާ އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ރޮނާލްޑޯ
ސައުދީގައި ރޮނާލްޑޯގެ ފުރަތަމަމެޗު ޕީއެސްޖީއާ ދެކޮޅަށް؟
މެސީގެ އެހީއާއެކު އެމްބާޕޭ ލީގު ރެކޯޑަކާ އެއްވަރުކޮށްފި
21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
މުއްސަނދިންގެ ލިސްޓްގައި މެސީގެ މަގާމު ރޮނާލްޑޯ އަށް