Roadha Mihaaru
އަކުއަވީޓާ: އެންމެ ފަހުގެ މަސަައްކަތްތައް ކުރިއަށް

އަކުއަވީޓާ: ފްލެޓްގެ ތަކުގެ އެންމެ ފަހުގެ މަސަައްކަތްތައް ކުރިއަށް!

10 އޯގަސްޓް 2021

އަކުއާވީޓާގެ ފްލެޓްތަކަކީ މަތީފަންތީގެ އެންމެ ފެންވަރު ރަނގަޅު އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި ހުރި މިފަދަ އެންމެ ތަފާތު އެއް އުފެއްދުމެވެ. އެންޕީއެޗް ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ވުޖޫދަށް ގެނެސްފައިވާ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި އެޕާޓްމަންޓް ކޮމްޕްލެކްސްގައި ދެކޮޓަރިން ފެށިގެން ފަސްކޮޓަރިއާ ދެމެދުގެ އެޕާޓްމަންޓްތައް ލިބެން ހުންނާނެ އެވެ.

އަކުއާވީޓާގެ ފްލެޓްތަކަކީ މަތީފަންތީގެ އެންމެ ފެންވަރު ރަނގަޅު އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި ހުރި މިފަދަ އެންމެ ތަފާތު އެއް އުފެއްދުމެވެ. އެންޕީއެޗް ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ވުޖޫދަށް ގެނެސްފައިވާ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި އެޕާޓްމަންޓް ކޮމްޕްލެކްސްގައި ދެކޮޓަރިން ފެށިގެން ފަސްކޮޓަރިއާ ދެމެދުގެ އެޕާޓްމަންޓްތައް ލިބެން ހުންނާނެ އެވެ.

އަކުއާވީޓާގެ އިމާރާތް ހަދާފައިވަނީ ތަނުގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގެ ވަށައިގެންވާ ހިތްގައިމު މާހައުލުން ހިތްހަމަޖެހުން ގެނެސްދޭނޭ ފަދަ ގޮތަކަށެވެ. މިތަން ހެދުމުގައި ރާއްޖޭގެ ސަގާފީ އިހުސާސްތަކާއި ގުދުރަތީ ރީތިކަން އަސްލެއްގެ ގޮތުގައި ބަލައިގެން؛ މިކަންކަމުން މިސާލު ނަގާފައިވެ އެވެ. މުޅި އިމާރާގެ ޖުމްލަ މަސައްކަތުގެ 84 ޕަސެންޓަށް ވަނީ ނިމި ކުރިމަފަ އެވެ. މި އިމާރާތް ހެދުމުގައި ދިމާވި ގޮން ޖެހުންތަކުގެ ތެރޭގައި މި މާކެޓުގައި ވަރުގަދަ ވާދަވެރިކަމެއް އޮތުމާއި އަކުއަވީޓާ ރެޒިޑެންސީޒްގެ އެޕާޓްމަންޓްތަކުގައި ހިމެނޭ ކޮޓަރިތަކަކީ ވަކި ފެންވަރެއްގައި ވަކި ގޮތަކަށް ފަރުމާކޮށްފައިވާ ކޮޓަރިތަކަކަށްވުން ވެސް ހިމެނެ އެވެ.

އަކުއަވީޓާގެ އެޕާޓްމެންޓެއްގެ އެތެރޭގެ ތްރީޑީ ކުރެހުމެއް. އެތަނުގައި ދެ ރޫމް އެޕާޓްމެންޓުން ފެށިގެން ފަސް ރޫމްގެ އެޕާޓްމެންޓްވެސް ލިބޭނެ--

އަކުއަވީޓާގެ އެޕާޓްމެންޓެއްގެ އެތެރޭގެ ތްރީޑީ ކުރެހުމެއް. އެތަނުގައި ދެ ރޫމް އެޕާޓްމެންޓުން ފެށިގެން ފަސް ރޫމްގެ އެޕާޓްމެންޓްވެސް ލިބޭނެ--

އެންޕީއެޗް އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ސްރީ ލަންކާގެ އަޔެންކާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނިން ހަދާ އަކުއަވީޓާ ރެޒިޑެންސީޒްގައި 98 އެޕާޓްމަންޓް ހުރެ އެވެ. ސާދަ ވަނަ ބުރިއަށް، ޖުމްލަ 167,000 އަކަފޫޓުގެ ބޮޑުމިނުގަ އެވެ. އަދި މުޅި އިމާރާތުގެ މެދު ގޯތިތެރެ އާއި އިމާރާތާއި އިންވެގެންވާ އިތުރު އިމާރާތްތަކުގެ ޖުމުލަ ޖާގައިގާ 21,188 އަކަފޫޓު ހުންނާނެ އެވެ.

އަކުއާވީޓާއާ ގުޅިގެން އެންމެ ގިނައިން ކުރިމަތިވާ ސުވާލުތަކަށް ޖަވާބުދެއްވާފައިވަނީ އެތަނުގެ ހެޑް އޮފް ސޭލްސް ގެހާން ޖަޔަވަރުދަނާ އެވެ.

އަކުއަވީޓާ ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް ކޮވިޑް-19 ގެ ސަބަބުން މިހާރުވަނީ ހުއްޓިފައިތޯ؟

ކޮވިޑް ނަވާރައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައިވާއިރު، ކޮންސްޓްރަކްޝަން ނުވަތަ އިމާރާތްކުރުމުގެ ސިނާއަތަށް ވެސް ބައެއް ކަހަލަ ބުރޫތައް ވަނީ އަރައިފަ އެެވެ. ނަމަވެސް، އަކުއަވީޓާގެ މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ މެޓީރިއަލް އަދި ކޮސްޓް މެނޭޖުކުރަމުން ކަމަށްވުމުން، އަކުއަވީޓާގެ މަސައްކަތުގެ ދުވެލި މަޑުޖެހިލި ނަމަވެސް އެއްވެސް ވަރަކަށް ހުއްޓިފައެއް ނުވެ އެވެ.

އަކުއާވީޓާ ފްލެޓްގެ ލިފްޓް އިންސްޓޯލުކުރަނީ. މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި--ފޮޓޯ:އަކުއަވީޓާ

އަކުއާވީޓާ ފްލެޓްގެ ލިފްޓް އިންސްޓޯލުކުރަނީ. މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި--ފޮޓޯ:އަކުއަވީޓާ

އަކުއަވީޓާގެ އިމާރާތުގައި މިހާރު ކުރަނީ ކޮން މަސައްކަތްތަކެއްތޯ؟

މިހާރު ދަނީ އިމާރާތުގެ ފަންގިފިލާތަކަށް ދިޔުމަށް ބޭނުންވާ ލިފްޓުތައް އިމާރާތުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އިމާރާތުގެ އެތެރެ ފާރުތަކާއި ބޭރުފާރުގައި ކުލަލުމުގެ މަސައްކަތް ވެސް މިހާރުވަނީ ނިމުމަކާ ގާތްވެފަ އެވެ. އިމާރާތަށް ބޭނުންވާ ގޭސްލައިން އެޅުމުގެ މަސައްކަތުގެ އިތުރުން، އެޕާޓްމަންޓްތަކުގެ ދޮރު ހަރުކުރުމަށް ބޭނުންވާ ފުރޭމުތަކާއި، ބަދިގެއާ ފާޚާނައިގެ ތަޅުމުގައި ތަށިމުށި ހަރުކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންނެވެ. އަދި ކައިރި މުސްތަގުބަލެއްގަައި މިހުރިހާ މަސައްކަތްތަކެއްވެސް ނިންމާލެވޭނެ އެވެ.

މާކެޓުގައި މިވަގުތު ހުރި މިފަދަ އިތުރު އެޕާޓްމަންޓް ކޮމްޕްލެސްތަކާ އަކުއަވީޓާ ރެޒިޑެންސީޒްގެ މެދުގައި ހުރި އެންމެ ފާހަގަކޮށްލެެވޭ ތަފާތަކީ ކޮބާ؟

އަކުއަވީޓާގެ ކޮމްޕްލެކްސް ތައްޔާރު ކޮށްފައިވަނީ ޒަމާނީ ފެންވަރަށް ޒަމާނީ ޑިޒައިންތަކާއި ފަރުމާތަށް ހިމަނައިގެން އެހެންނަމަވެސް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މިގައުމުގައި ފެންނަން ހުރި ކަނޑުތަކާއި ގަސްގަހާގެހި މިސާލެއްގެ ގޮތުގައި ބަލައިގެންނެވެ. ޒަމާނީ ފަރުމާކުރުންތައް މި އިމާރާތުގެ ކޮޓަރިތަކުގައި ހިމެނިފައިވާއިރު، ދިވެހިރާއްޖޭގެ ސަގާފާތާ ބީރައްޓެހި ނުވާނޭ ފަދައިން އެޕާޓްމަންޓްތައް ފަރުމާކުރެވިފައި ހުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިކޮމްޕްލެކްސް ގެ އެޕާޓްމަންޓްތައް ޚިޔާރުކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގަ އެވެ.

މިއިމާރާތުގެ ތިރީ ފަންތީގެ އެޕާޓްމަންޓްތަކުގެ ތަފްސީލަކީ ކޮބާ؟

އަކުއަވީޓާ ކޮމްޕްލެކްސްގެ ތިރީ ފަންތީގެ ގިންތިކުރެވެނީ ދެ ވައްތަރެއްގެ ކޮޓަރިއެވެ. އެއީ ދެ ކޮޓަރިއާ ތިން ކޮޓަރީީގެ އެޕާޓްމަންޓްތަކެެވެ. އަކުއަވީޓާ ކޮމްޕްލެކްސްގެ އެންމެ ކުދި ކޮޓަރިތަކުގައި ދެ ބެޑްރޫމްގެ އިތުރުން، ސިޓިން ރޫމަކާއި ޑައިނިން ރޫމުގެ ޖާގަ ހުންނައިރު ބަދިގެއަށްވާ ޖާގައިގެ އިތުރުން ސްޓާފްރޫމަކާއި އާންމު އޭރިއާގައި ފާހާނާ ހުންނާނެ އެވެ. ޖާގައިގެ ގޮތުން ދެވަނައަށް އެންމެ ކުދި ކޮޓަރިތަކުގައި ތިން ބެޑްރޫމް ހުންނައިރު، ދެ ބެޑްރޫމް އެޕާޓްމަންޓްތަކުގައި ލިބެންހުރި ހުރިހާ ވަސީލަތްތަކެއް އެފަދައިން ލިބެންހުންނާނެ އެވެ. އަދި އިތުރު ވަސީލަތްތަކުގެ ތެރޭގައި ބާތްޓަބެއް މާސްޓާ ބެޑްރޫމުގައި ހުރުމާ އެކު ގެއަށް ޒިޔާރާތްކުރާ ފަރާތްތަށް ޒީނަތްތެރިވުމަށް ޕައުޑާ ރޫމެއް ހުންނާނެ އެވެ. މިދެ ގިންތީގެ އެޕާޓްމަންޓްތަކުގައި ހުންނަ ބެޑްރޫމުތަކުގައި (އެޓޭޗްޑް) ފާހާނާ ހުންނާނެ އެވެ.

އެޕާޓްމެންޓްގެ ވައިގޮޅި. މިއީ ވެންޓިލޭޝަން ރަނގަޅަށް ވައި ވަންނަ ގޮތަށް ހަދާފައިވާ ފްލެޓެއް--

އެޕާޓްމެންޓްގެ ވައިގޮޅި. މިއީ ވެންޓިލޭޝަން ރަނގަޅަށް ވައި ވަންނަ ގޮތަށް ހަދާފައިވާ ފްލެޓެއް--

މަތީ ފަންތީގެ އެޕާޓްމަންޓްތަކުގެ ތަފްސީލަކީ ކޮބާ؟

މަތީ ފަންތީގައި ގިންތިކުރެވެނީ ޑުޕްލެކްސް އަދި ކޮމްބައިން އެޕާޓްމަންތަކެވެ. އަދި މީގެ ތެރެއިން ޑުޕްލެކްސް އެޕާޓްމަންޓްތަކުގައި ހަތަރު ބެޑްރޫމް ހުންނައިރު، ކޮމްބައިން އެޕާޓްމަންޓްތަކުގައި ފަސް ބެޑްރޫމް ހުރެ އެވެ. ޑުޕްލެކްސް ކޮޓަރިތަކުގައި، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނަ ހުރިހާ ވަސީލަތެއް ހިމެނޭއިރު، އިތުރު ވަސީލަތެއްގެ ގޮތުގައި ވޯކް-އިން ކްލޯޒެޓް، ނުވަތަ އަލަމާރި-ކޮޓަރިއެއް ހިމެނިފައި ހުންނާނެއެވެ. އަދި މީގެ އިތުރުން ބަދިގެއާ އިންވެގެން ޕޭންޓްރީއެއް ހުންނައިރު އޯޕެން ޕޭންޓްރީއެއްވެސް ހުންނާނެ އެވެ.

ގްރޭންޑް ޕެންޓްހައުސް އެޕާޓްމަންޓްތަކުގައި ޑުޕްލެކްސް އެޕާޓްމަންޓްގައި ހިމެނޭ ހުރިހާ ވަސީލަތްތަކެއް ހުންނައިރު، ފަސް ކޮޓަރީގެ (މީގެ ތެރޭގައި މާސްޓާ ބެޑްރޫމް ހިމެނޭ) އިތުރުން ފަސް ބާތުރޫމް ނުވަތަ ފާޚާނާ އާއި ކްލޯޒްޑް އަދި އޯޕަން ޕޭންޓްރީއަކާއި ވަކިން މެއިޑް ރޫމެއް ހުންނާނެ އެވެ.

އަކުއަވީޓާގެ އެޕާޓްމަންޓެއް ގަންނާނީ ކިހިނެއް؟

މިއީ މަތީފަންތީގެ އެޕާޓްމަންޓް ކޮމްޕްލެކްސްއަކަށް ވާއިރު، އެންމެ ތިރީ ފަންތީގެ ކޮޓަރިއެއްގެ އަގު ވެސް އުޅެނީ 3.9 މިލިއަން ދިވެހި ރުފިޔާއަށެވެ. އަކުއަވީޓާ ރެޒިޑެންސީޒްގެ އެޕާޓްމަންޓެއް ގަތުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހޯމް-ލޯން އިހްތިޔާރު ކުރެވިދާނެެއެވެ. މިއީ ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދަކުން ރޯ-ހައުސްއެއް ނުވަތަ އެޕާޓްމަންޓެއް ގަންނަން ބޭނުންވެއްޖެ ކަމުގައިވިޔަސް، އޭގެ ބޭނުން ހިފިދާނެ ލޯނެކެވެ. ބީއެމްއެލްގެ ހޯމް ލޯނަކީ 10 ޕަސެންޓް އިންޓްރެސްޓާ އެކު 24 މަހުގެ ގްރޭސް ޕީރިއަޑެއް އެކުލެވޭ އަދި ޖުމުލަ 20 އަހަރު ދުވަހުގެ ތެރޭގައި ލޯނު ދައްކާ ޚަލާސްކުރެވޭގޮތަށް ހަމަޖެހިފާ އޮންނަ ލޯނުގެ ނިޒާމެކެވެ. އަދި، މިލޯނަށް އެދެވެނީ ލޯނުގެ ޖުމުލަ އަދަދަށްޖެހޭ ވަރު 20 ޕަސެންޓް ލޯނު ނަގާ ފަރާތުގެ އަތުގައި ބެހެއްޓިފައި ހުރެގެންނެވެ.

އަކުއާވީޓާގެ އިމާރާތް. އެތަން ހަދަނީ އެންމެ ލަގްޒަރީ ފެންވަރުގައި.--

އަކުއާވީޓާގެ އިމާރާތް. އެތަން ހަދަނީ އެންމެ ލަގްޒަރީ ފެންވަރުގައި.--

އަކުއަވީޓާގެ އެޕާޓްމަންޓް ތަކުގެ ބޮޑުމިނަކީ ކޮބައި؟

- 02 ކޮޓަރީގެ އެޕާޓްމަންޓް – އެވަރެޖްކޮށް 1،110 އަކަފޫޓް

- 03 ކޮޓަރީގެ އެޕާޓްމަންޓް – އެވަރެޖްކޮށް 1,427 އަކަފޫޓް

- ޑުޕްލެކްސް (04 ކޮޓަރި) އެޕާޓްމަންޓް – އެވަރެޖްކޮށް 2,100 އަކަފޫޓް

- ކޮމްބައިން (05 ކޮޓަރި) އެޕާޓްމަންޓް – އެވަރެޖްކޮށް 2,900 އަކަފޫޓް

އަކުއަވީޓާއަށް އަލަން ވަންނަ ފަރާތްތަކަށް އެންމެ ފުރަތަމަ، މީގެ އެޕާޓްމަންޓަކުން ފެންނަން ހުންނާނީ ކޮންކަހަލަ ސިފަތަކެއް؟

އަކުއަވީޓާގެ ކޮންމެ އެޕާޓްމަންޓެއް ވެސް ފަރުމާކުރެވިފައިވަނީ ޒަމާނީ އިމާރާތްކުރުމުގެ "ރަހަ" ތަކަށް ފެތޭ ފަދައިން ރާއްޖޭގެ ސަގާފީ އަސްލު ނުގެއްލޭނޭފަދަ ގޮތަށެވެ. އަދި މިކޮމްޕްލެކްސްގެ ކޮންމެެ އެޕާޓްމަންޓެއް ވެސް ފަރުމާކުރެވިފައިވަނީ ސޮލިޑް ވުޑް ފްލޯރިން ބޭނުން ކޮށްގެނެވެ.

އަކުއަވީޓާގެ އެޕާޓްމަންޓް ތަކުގައި ހިމެނޭ ފަރުނީޗަރާއި ވަސީލަތްތަކުގެ ތަފްސީލަކީ ކޮބާ؟

މިކޮމްޕްލެކްސްގެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ކުލަލެވިފައިވަނީ ޖަޕާނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އެސް.ކޭ.ކޭ ޕެއިންޓްގެ ކުލައިންނެވެ. އަދި ކޮންމެ ކޮޮޓަރިއެއްގައި ހިމެނޭ ހެދުން އަލަމާރިއާއި ވެނިޓީއަކީ އިޓަލީގެ ބްރޭންޑެއް ކަމަށްވާ ކަމާނީގެ އުފެއްދުންތަކެކެވެ. މިއެޕާޓްމަންޓްތަކުގެ ކިޗަން-ސްޕޭސް ނުވަތަ ބަދިގޭގައި އިޓަލީގެ މަޝްހޫރު އިލެކްޓްރޯލަކްސް ބްރޭންޑްގެ ކައްކާ ވަސީލަތްތައް ހިމެނިފައި ހުންނާނެއެވެ. އަދި، ބޮޑެތި ގިންތީގެ ކޮޓަރިތަކުގައި ހުންނަ ޕޭންޓްރީތަކުގައި ކަމާނީ ބްރޭންޑްގެ ކަބަޑުސެޓް ހަރުކުރެވިފާ ހުންނާނެ އެވެ.

އަކުއާވީޓާ ފްލެޓްގެ އިމާރާތް. މިއީ 14 ބުރީގެ އިމާރާތް--ފޮޓޯ:މިހާރު

އަކުއާވީޓާ ފްލެޓްގެ އިމާރާތް. މިއީ 14 ބުރީގެ އިމާރާތް--ފޮޓޯ:މިހާރު

އަކުއަވީޓާ އިމާރާތްކުރެވިފާވަނީ ކޮން ގޮތަކަށް؟

މި އެޕާޓްމެންޓް ކޮމްޕްލެކްސްގެ ލޮބީއަށް ވަނުމަށް ވަކި އެންޓްރެންސް ނުވަތަ ދޮރުތަކެއް ހުންނާނެއެވެ. އަދި މީގެ އިތުރުން، މިކޮމްޕްލެކްސްގެ ފަންގިފިލާތަކަށް ވާސިލުވުމަށް ލޮބީގައި ހުންނަ ތިން ލިފްޓުގެ ބޭނުން ހިފެނޭއެވެ. އަދި މި ލިފްޓުތަކުގެ ތެރޭގައި، މިކޮމްޕްލެކްސްގެ ސަރވިސް-ލިފްޓްވެސް ހިމެނެ އެވެ. އަކުއަވީޓާ ކޮމްޕްލެކްސްގެ ލޮބީގައި، މިއިމާރާތުގެ އަހުލުވެރިންނަށް ޒިޔާރާތްކުރާ ފަރާތްތަކާއި އަދިވެސް އެންމެނަށް ބޭނުންކުރެވޭނޭ ފަދައިން ކޮމަން-އޭރިއާ ގައި ފާހާނާ ބަރިއެއް ހެދިފައި ހުންނާނެއެވެ. މީގެ އިތުރުން މިކޮމްޕްލެކްސްގެ މެއިންޓެނަންސް އިމާރާތް، މިއިމާރާތުގެ އަހުލުވެރިންނަށް އުނދަގޫ ނުވާނޭފަދަ ދުރުމިނެއްގައި ހެދިފައި ހުންނާނެ އެވެ. މިއިމާރާތުގެ ކޮންމެ ފަންގިފިލައެއްވެސް ފަރުމާކުރެވިފައިވަނީ މިކޮމްޕްލެކްސްގެ އެއް އެޕާޓްމަންޓްގެ އަހުލުވެރިންގެ ސަބަބުން އަނެއް އެޕާޓްމަންޓްގެ އަހުލުވެރިންނަށް އުނދަގޫ ނުވާނޭ ފަދައިންނެވެ.

އަކުއަވީޓާއިން އެޕާޓްމަންޓް ގަންނަ ފަރާތްތަކުގެ އަވަށްޓެރިންނަށްވާނީ ކޮންބައެއް؟

އަކުއަވީޓާ އެޕާޓްމަންޓް ކޮމްޕްލެކްސްއަކީ ސަލާމަތާއި ރައްކާތެރި މާހައުލެއްގައި އުޅުމަށް އިސްކަންދޭ ކޮންމެ ފަރާތަކަށްވެސް އެކަށީގެންވާ ރެޒިޑެންސީއަކަށް ވީހިނދު، މިކޮމްޕްލެކްސް އިމާރާތްކުރެވިފައިވަނީ ވެސް މިތަނުގެ އަހުލުވެރިންނަށް މީހުންގެ އުނދަގުލާ ކުރިމަތިލާން ނުޖެހޭނޭ ފަދައިންނެވެ. އެހެންކަމުން، މިކޮމްޕްލެކްސްއަށް އަންނަ ފަރާތްތަކުގެ އަވަށްޓެރިންނަކީ ވެސް ހަމަ އެފަރާތްތައް ފަދައިން އަމިއްލަ ރައްކާތެރިކަމާއި، ޕްރައިވަސީއަށް ލޯބިކުރާ ފަރާތްތަކެވެ.

އަކުއަވީޓާ ހުންނަނީ ކޮންތަނެއްގައި؟

އެންޕީއެޗް ޑިވިލޮޕްމަންޓްގެ އަކުއަވީޓާ ރެޒިޑެންސީޒް އިމާރާތްކުރެވިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނިމޭ ސަރަހައްދުގައެވެ. އަކުއަވީޓާގެ ކުރިމަތީގައި އެޗް.ޑީ.ސީއިން ތަރައްގީ ކޮށްފައިވާ މަސްނޫއީ ކެނަލް އަދި ފޭސް-2 ފެންނަން އޮންނައިރު، މިކޮމްޕްލެކްސްގެ ދިމާ ފަހަތުގައި ހުޅުމާލޭ މަލްޓި-ޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސް ހުންނާނެ އެވެ.