Roadha Mihaaru
އަކުއާ ވީޓާގެ ފްލެޓްތަކުގެ 80 ޕަސެންޓް ނިމިއްޖެ

އަކުއާ ވީޓާގެ ފްލެޓްތަކުގެ 80 ޕަސެންޓް ނިމިއްޖެ

08 ފެބުރުއަރީ 2021

ކޮވިޑާ ގުޅިގެން ކުރިމަތިވި ހުއްޓުންތަކާ އެކު ވެސް ހުޅުމާލޭގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔަ އަކުއާ ވީޓާގެ ފްލެޓްތަކުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑާ ގުޅިގެން ކުރިމަތިވި ހުއްޓުންތަކާ އެކު ވެސް ހުޅުމާލޭގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދިޔަ އަކުއާ ވީޓާގެ ފްލެޓްތަކުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ހުޅުމާލޭގެ އުތުރު ކޮޅުން ނިމޭ ހިސާބުގައި ހަދަމުން އަންނަ މަތީ ފެންވަރުގެ މި ފްލެޓްތަކުގެ ސްޓްރަކްޗަރުގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ނިންމައިފަ އެވެ. ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލީ މިދިޔަ އޮކްޓޫބަރުގަ އެވެ.

އަކުއާ ވީޓާގެ އޮފިޝަލަކު ވިދާޅުވީ 14 ބުރީގެ ދެ ޓަވަރު ހިމެނޭ އިމާރާތުގެ ކުލަލުމުގެ 28 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. ވޯޓާޕްރޫފިންގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު މިހާރު ކުރިއަށްދަނީ ފިނިޝިންގެ ބައި ކަމަށް ވެސް، އޮފިޝަލް ވިދާޅުވި އެވެ.

އަކުއާ ވީޓާގެ އެތެރޭގެ ކުރެހުމެއް: 14 ބުރީގެ ދެ ޓަވަރުގައި 104 އެޕާޓްމެންޓް ހުންނާނެ --ފޮޓޯ:އަކުއާ ވީޓާ

އަކުއާ ވީޓާގެ އެތެރޭގެ ކުރެހުމެއް: 14 ބުރީގެ ދެ ޓަވަރުގައި 104 އެޕާޓްމެންޓް ހުންނާނެ --ފޮޓޯ:އަކުއާ ވީޓާ

އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފެންވަރު މަތީ ސާމާނު ބޭނުންކޮށްގެންނެވެ.

ފިނިޝިން މަސައްކަތްތަކުގެ ތެރެއިން އެތެރޭގެ ފާރުތަކުގައި ސިމެންތި ޖެހުމާއި ފާހާނާ އާއި މެއިން ޕައިޕްތަކާއި ސީލިން އާއި ވިންޑޯ ފްރޭމްތަކާއި ބިއްލޫރި ހަރު ކުރުމާއި ތަށިމުށި ޖެހުން ވެސް ބާރު ސްޕީޑްގައި ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކުއާވީޓާ އިން ހަދަމުން އަންނަ އެޕާޓްމަންޓެއްގެ އެތެރެ

އަކުއާވީޓާ އިން ހަދަމުން އަންނަ އެޕާޓްމަންޓެއްގެ އެތެރެ

އަމާޒަކީ މި އަހަރުގެ މެއި މަސް ނިމުމުގެ ކުރިން އެޕާޓްމެންޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމެވެ.

އަކުއާ ވީޓާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ 7708866 ނުވަތަ 7388866 އާ ގުޅުމުން ލިބޭނެ އެވެ.

އަކުއާވީޓާގެ މަސައްކަތް ހަލުވިކަމާ އެކު އަންނަނީ ކުރަމުން

އަކުއާވީޓާގެ މަސައްކަތް ހަލުވިކަމާ އެކު އަންނަނީ ކުރަމުން

ސްރީ ލަންކާގެ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗް ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ އަކްއާ ވީޓާގައި 104 އެޕާޓްމަންޓް ހިމެނެ އެވެ.