26 ޖުލައި 2020
މާލެ ސަރަހައްދުގެ ހަލަބޮލި މާހައުލުގެ ތެރެއިން ހިތްފަސޭހަ، އަމާން ދިރިއުޅުމަކަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ހުޅުމާލެ އެވެ. ހުޅުމާލޭގެ ތަރުތީބު ކަމާއި އިމާރާތްތައް ރޭވިފައިވާ ގޮތުން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެ އެވެ. ހުޅުމާލެ އަށް ބަހާއި ފެރީގައި ދަތުރު ކުރެވޭ އިރު ބްރިޖާ އެކު އެރަށަށް ދިއުމަށް ވަނީ ވަރަށް ބޮޑު ފަސޭހައެއް ލިބިފަ އެވެ.
މާލެ ސަރަހައްދުގެ ހަލަބޮލި މާހައުލުގެ ތެރެއިން ހިތްފަސޭހަ، އަމާން ދިރިއުޅުމަކަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ހުޅުމާލެ އެވެ. ހުޅުމާލޭގެ ތަރުތީބު ކަމާއި އިމާރާތްތައް ރޭވިފައިވާ ގޮތުން އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެ އެވެ. ހުޅުމާލެ އަށް ބަހާއި ފެރީގައި ދަތުރު ކުރެވޭ އިރު ބްރިޖާ އެކު އެރަށަށް ދިއުމަށް ވަނީ ވަރަށް ބޮޑު ފަސޭހައެއް ލިބިފަ އެވެ.
ވެހިކަލްތަކުގެ އަޑު މަޑުވެފައި ޒަރޫރީ ހުރިހާ ބޭނުމެއް ވެސް ފަސޭހަކަމާ އެކު ހުޅުމާލެ އިން ފުއްދާލެވެ އެވެ. މި ހުރިހާ ކަމަކާ ގުޅިގެން ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މީގެ ކުރިން މޫސުން ގޯސްވުމުން ދަތުރުތައް ކުރުމުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫތަކާ ދިމާވި ނަމަވެސް ބްރިޖާ އެކު އެކަމަށް ވެސް ވަނީ ހައްލު ލިބިފަ އެވެ.
މާލޭގެ ހަލަބޮލި މާހައުލުގައި އުޅޭ ރައްޔިތުން ވެސް ހިތްހަމަ ޖައްސާލުމަށް ހުޅުމާލެ އަށް ބަންދުތަކުގައި ގޮސް އުޅޭ އިރު ހުޅުމާލެ އަކީ ޕާކުތަކާއި ބީޗް ސަރަހައްދު ވެސް ބޮޑު ވަރަށް ބޮޑަށް ރޭވިގެން ތަރައްގީކޮށްފައިވާ ރަށެކެވެ. މަގުތަކުގެ ތަރުތީބުކަމާއި ކޮންމެ މަގެއްގެ ދެ ފަރާތުގައި ހެދިފައިވާ ގަސްތަކުން އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ހިންހަމަޖެހުން ލިބޭނެ ކަން ޔަގީނެވެ. މީގެ އިތުރުން ހުޅުމާލޭގައި އަޅާފައި ހުރި ރީތި މިސްކިތްތަކުން އެ ރަށުގެ މަންޒަރު އިތުރަށް ފުރިހަމަކޮށްދެ އެވެ.
އަކުއާ ވީޓާގެ އެޕާޓްމެންޓެއް
މިކަންކަމުގެ އިތުރުން ހުޅުމާލެ އަކީ މޫދަށް ލޯބިކުރާ މީހުންނަށް ވެސް މަރެކެވެ. އެގޮތުން ސްނޯކްލިން އާއި ޑައިވިން އާއި ޕެރެސެއިލިން އާއި ކެނޯއި ދުއްވާލުން ފަދަ މޫދުގެ ތަފާތު ހަރަކާތްތައް ވެސް ފަސޭހަކަމާ އެކު އެރަށުން ކޮށްލެވޭނެ އެވެ. އަދި އެންމެ ޒަމާނީ ކެއުންތަކުގެ ރެސްޓޯރެންޓްތައް ވެސް އެރަށުގައި ވަނީ ހުޅުވައިފަ އެވެ. މިއީ ތަފާތު ކެޔުންތަކަށް ލޯބި ކުރާ މީހުންނަށް ރައްތެހިންނާއި އާއިލާއާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަށް ލިބޭ އިތުރު ފުރުސަތެކެވެ.
މި ހުރިހާ ކަމެއް ތަޖުރިބާކޮށް ހުޅުމާލެ އަށް ވަޒަންވެރިވެ ލަގްޒަރީ ދިރިއުޅުމެއް އުޅުމަށްޓަކައި އަކުވާ ވީޓާއިން ވަނީ ރަނުގެ ފުރުސަތެއް ހުޅުވައިލައިފަ އެވެ. އަކުވާ ވީޓާއިން ދޫކުރާ އެޕާޓްމެންޓްތަކަށް އިންވެސްޓްކޮށްގެން އެންމެ ޒަމާނީ ފްލެޓެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބުނީ އެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އަޔެންކާ ހޯލްޑިން އާއި އެންޕީއެޗުން ގުޅިގެން، ހުޅުމާލޭގައި ތަރައްގީކުރާ ޒަމާނީ އެޕާޓްމަންޓް ކޮމްޕްލެކްސްގައި 104 އެޕާޓްމަންޓް ހުންނާނެ އެވެ. އެއީ ކޮންމެ ފަންގިފިލާއެއްގައި އަށް އެޕާޓްމަންޓް ހިމެނޭ ގޮތަށެވެ. މި އެޕާޓްމެންޓްތަކުގެ ކޮންސްޓްރަކްޝަންގެ ބޮޑުބައި މިހާރު ވަނީ ނިމިފަ އެވެ.
ދެ ކޮޓަރި އާއި މެއިޑް ރޫމެއް ކަހަލަ ކޮޓަރިއެއް ހުންނަ އެޕާޓްމަންޓެއްގެ އަގު ފެށެނީ ތިން މިލިއަން ރުފިޔާ އިންނެވެ. ތިން ކޮޓަރި އާއި މެއިޑް ރޫމެއް ކަހަލަ ކޮޓަރިއެއް ހުންނަ އެޕާޓްމަންޓެއްގެ ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ އެވެ.
އަކުއާ ވީޓާ ރެޒިޑެންސްގައި ހުންނަ ޖިމް
މި ތަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމަށް ބަލައިގެންނެވެ. މި އެޕާޓްމެންޓް ކޮމްޕްލެކްސް 14 ބުރި އަށް ނަގާއިރު ހާއްސަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ހުރިހާ އެޕާޓްމަންޓްތަކެއް އެއާ ކޮންޑިޝަންކޮށްފައި ވުމުގެ އިތުރުން ހުންނާނީ ލަކުޑި ޕްލޯރިން އަޅައިފަ އެވެ. މީގެ އިތުރުން ޕާކު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިތުރުން ސްވިމިން ޕޫލާއި ޖިމަކާއި ކްލަބް ހައުސްގެ އިތުރުން ޕާޓީތަކަށް ހާއްސަ ސަރަހައްދެއް ވެސް އޮންނާނެ އެވެ.
އެޕާޓްމެންޓްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7708866 އަދި 7288661 ނުވަތަ 7388866 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ގަޑިއަކީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން ހަވީރު 5 ޖަހަންދެންނެވެ.
ހިތްގައިމު އަކުއާ ވީޓާގެ އެޕާޓްމަންޓްތައް ނިމެނީ
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ
ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ
ހިދުމަތްތައް ފަސޭހަކޮށްދިން އެޗްޑީސީގެ ފައިބަ ނެޓްވޯކް
ދަ ސާކަލް ސްޕޭސް: ފޮތް ކިޔަން ހިތްފަސޭހަ މާހައުލެއް
އަކުއަވީޓާ: އެންމެ ފަހުގެ މަސަައްކަތްތައް ކުރިއަށް
އަކުއާ ވީޓާ: އަމިއްލަ ގެދޮރުގެ ހިތްހަމަޖެހުމަށް މަގެއް
އެފްޑަބްލިޔު ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަވާލުކުރަނީ
އަކުއާ ވީޓާގެ ފްލެޓްތަކުގެ 80 ޕަސެންޓް ނިމިއްޖެ
ލެވޯ އިން ފައިވް ސްޓާ ކެއުމެއް ތަޖުރިބާ ކޮށްލަމާ!