އެއްގެއިން އަނެއް ގެއަށް ދިރިއުޅުން ބަދަލުވުމަށް ފަހު ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ އިންޓަނެޓާއި ޓީވީގެ ހިދުމަތް ހޯދުމުގައި ދިމާވާ ލަސްތަކެވެ. އާއްމުކޮށް ހިދުމަތްދޭ ފަރާތްތަކުގެ ފުށުން މި އަންނަ މި ފަދަ ޑިލޭތައް ގުޅިފައި ވަނީ ފައިބަ ކޭބަލް އެޅުމަށް މަގު ކޮންނަން ބޭނުންވާ ހުއްދަތައް ނުލިބުމެވެ. އަދި މި ކަމަކީ ހިދުމަތް ހޯދާ ފަރާތުގެ އަތުން ވެސް އާއްމުކޮށް ކޮންމެވެސް ހަރަދެއް ދާ ކަމެކެވެ.
އެއްގެއިން އަނެއް ގެއަށް ދިރިއުޅުން ބަދަލުވުމަށް ފަހު ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ އިންޓަނެޓާއި ޓީވީގެ ހިދުމަތް ހޯދުމުގައި ދިމާވާ ލަސްތަކެވެ. އާއްމުކޮށް ހިދުމަތްދޭ ފަރާތްތަކުގެ ފުށުން މި އަންނަ މި ފަދަ ޑިލޭތައް ގުޅިފައި ވަނީ ފައިބަ ކޭބަލް އެޅުމަށް މަގު ކޮންނަން ބޭނުންވާ ހުއްދަތައް ނުލިބުމެވެ. އަދި މި ކަމަކީ ހިދުމަތް ހޯދާ ފަރާތުގެ އަތުން ވެސް އާއްމުކޮށް ކޮންމެވެސް ހަރަދެއް ދާ ކަމެކެވެ.
ނަމަވެސް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގިނަ ބަޔަކު އާބާދުވެފައި ވާއިރު މަގު ކޮނުމާއި ކޭބަލް ނޭޅި ލަސްވުމުގެ ޝަކުވާއެއް ނެތެވެ. ސަބަބަކީ އެޗްޑީސީން އަޅާފައިވާ އޯޕަން އެކްސެސް ނެޓްވޯކެވެ.
އޯޕަން އެކްސެސް ނެޓްވޯކަކީ އެޗްޑީސީން އަޅާފައިވާ ވަރުގަދަ ފައިބަ ނެޓްވޯކެކެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މި ނެޓްވޯކު ގާއިމުކޮށްފައި ވާއިރު، މި ނެޓްވޯކު މެދުވެރިކޮށް ސާވިސް ޕްރޮވައިޑަރުންނަށް ޓީވީ އާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ އެވެ. މި ނެޓްވޯކުގެ ސަބަބުން ހިދުމަތްތައް އާއްމުންނަށް ލިބޭ މިންވަރު އަވަސްވެ، ފަސޭހަވެ، ހަރަދު ކުޑަވެެންދާނެ އެވެ. އަދި އެކި ސާވިސް ޕްރޮވައިޑަރުން ވަކިވަކިން މަގު ކޮނެ، ކޭބަލް އެޅުމުގެ މަސައްކަތް ކުރާކަށް ނުޖެހޭނެ އެވެ.
ހުޅުމާލެ އަކީ ތަރައްގީވަމުން އަންނަ އަވަށަކަށް ވާއިރު، މި ނެޓްވޯކުގެ ސަބަބުން މުސްތަގުބަލުގައި މި ނެޓްވޯކުން ލިބޭ މަންފާ އިތުރުވެގެންދާނެ އެވެ. އެގޮތުން، ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ވޭސްޓު މެނޭޖުމެންޓާއި ސްމާޓް ޕާކިން އާއި ރިމޯޓް އެމްޕްލޯއިމެންޓު ފަދަ ކަންތައްތައް ފަސޭހަކަމާ އެކު މި ނެޓްވޯކުގެ ތެރެއިން ހަމަޖެއްސޭނެ އެވެ. އަދި ޑިޖިޓަލްކޮށް ސެކިއުރިޓީ ބެލެހެއްޓުމާއި ރިމޯޓް އެމްޕްލޮއިމެންޓު ފަދަ ޒަމާނީ އެކި ކަންތައްތަކަށް ފަސޭހަވެގެން ދާނެ އެވެ.
އޯޕަން އެކްސެސް ނެޓްވޯކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަގުބޫލުކަން ހޯދާފައިވާ ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބެމުން ދާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވެސް މި ނެޓްވޯކު އެޅުމުގެ މަޝްވަރާތަކެއް ދަނީ ކުރިއަށެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޒަމާނީ ޓެކްނޮލޮޖީން ހައްލު ހޯދައި ދިނުމެވެ.
ނޯޓް: މިއީ އެޗްޑީސީގެ ޕްރޮމޯޝަނަލް އާޓީކަލެކެވެ.
ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ
ދަ ސާކަލް ސްޕޭސް: ފޮތް ކިޔަން ހިތްފަސޭހަ މާހައުލެއް
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
ޖާހުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފި
ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަވީއްލުމެއް
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފި
ފާޑުކިޔުންތަކާ އެކު، ނިންމުން ބަދަލުކޮށް ގަސް އިންދަނީ