Roadha Mihaaru
އަކުއާ ވީޓާ: އަމިއްލަ ގެދޮރުގެ ހިތްހަމަޖެހުމަށް މަގެއް

އަކުއާ ވީޓާ: އަމިއްލަވަންތަ، އަމިއްލަ ގެދޮރުގެ ހިތްހަމަޖެހުމަށް އޮތް މަގު

06 މެއި 2021

ރާއްޖެ އަކީ އެފަދަ ދެވަނައެއް ނެތް ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެކެވެ. އެ ރީތިކަން ބަލައިލާ، ރާއްޖޭގެ އަމާންއޮމާން ޖައްވުން ހިތްހަމަޖެހުން ލިބިގަތުމަށް ކޮންމެ އަހަރަކު މިލިއަނަކަށް ވުރެ ގިނަ ބޭރު މީހުން ރާއްޖެ ޒިޔާރަތްކުރެ އެވެ.

ރާއްޖެ އަކީ އެފަދަ ދެވަނައެއް ނެތް ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެކެވެ. އެ ރީތިކަން ބަލައިލާ، ރާއްޖޭގެ އަމާންއޮމާން ޖައްވުން ހިތްހަމަޖެހުން ލިބިގަތުމަށް ކޮންމެ އަހަރަކު މިލިއަނަކަށް ވުރެ ގިނަ ބޭރު މީހުން ރާއްޖެ ޒިޔާރަތްކުރެ އެވެ.

އެއް ބަޔަކަށް މިއީ ފިނިމޫސުމުގެ އުނދަގޫތަކުން ދުރުވެލުމަށް އޮތް ތަނެކެވެ. އަނެއް ބަޔަކަށް މިއީ ކައިވެނީގެ އުފާ ފާޅުކޮށްލައި، ހަޔާތުގެ ބައިވެރިޔާއާ އެކު ފަށާފައިވާ އުފާވެރި ދަތުރު ރަނގަޅަށް ފެށުމުގެ ކުރިން އަރާމުކޮށްލައި ތައްޔާރުވެލުމަށް އޮތް މަންޒިލެކެވެ. ވަކި ސަބަބަކާ ނުލާ ވެސް، އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ގެނެސް، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދާލުމަށް ރާއްޖެ ޒިޔާރަތްކުރާ މީހުންގެ އަދަދު ވެސް ވަކި މަދެއް ނޫނެވެ.

ކޮންމެ ބޭނުމެއްގައި ރާއްޖެ އަޔަސް، ރާއްޖޭން އެނބުރި ދަނީ ދާ ހިތަކުން ނޫނެވެ. ކޮންމެ ފަތުރުވެރިއަކު ވެސް ޗުއްޓީ ނިންމާލާފައިވާ ގައުމަށް ދަނީ އަލުން އެނބުރި ރާއްޖެ އާދެވޭނެ ކަމުގެ އުއްމީދުގަ އެވެ. ވަޒީފާ އަދާކުރަން އަންނަ މީހުން ވެސް، މަސައްކަތް ނިންމާލުމަށް ފަހު އެނބުރި އެ މީހުންގެ ވަޒަނަށް ދަނީ، އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެލަން އަންނަން އަޒުމް ކަނޑައަޅައިގެންނެވެ.

ޑައިނިން އޭތިއާ އާއި ސިޓިން ރޫމް

ޑައިނިން އޭތިއާ އާއި ސިޓިން ރޫމް

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ވެސް ކުރަނީ ހަމަ ދާދި އެކަހަލަ އުއްމީދުތަކެކެވެ. ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނަމަވެސް، މާލޭގެ ހަލަބޮލި ޖައްވުން ނުކުމެ، ހިމޭންކަމުގެ ދުނިޔެއަކަށް ނޭވާލުމެވެ. މާލެ އިން ލިބޭ ފަސޭހަތަށް މާ ބޮޑު އުނދަގުލަކާ ނުލާ ލިބޭނެ، ނަމަވެސް އެ ހާސްކަމުގެ ތެރޭގައި އުޅެން ނުޖެހުމެވެ. ޒަމާނީ ވަސީލަތްތައް ލިބޭ، އެންމެ ފެންވަރު ރަނގަޅު "އަމިއްލަ ގެއެއްގައި" އާއިލާއެއް ބިނާކުރުމެވެ.

ހުޅުމާލޭގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދުގައި މިހާރު ތަރައްގީކުރަމުން އަންނަ އަކުއާ ވީޓާ ރެސިޑެންސް އަކީ އެ ހުވަފެންތަކުގައި ކުލަޖައްސާލަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. ހުޅުމާލޭގެ ދެވަނަ ފޭސްގެ ހިތްގައިމުކަން ފެންނަ ގޮތަށް، އެ ތަނުގެ ކުރިމައްޗަށް ވާ ގޮތަށް ބިނާކުރަމުން އަންނަ އަކުއަ ވީޓާ ފްލެޓްތަކަކީ ހިތްފަސޭހަ ދިރިއުޅުމަކަށް އެދިއެދި ތިބި އެތައް ބައެއްގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ތަނެކެވެ. އުމުރުގެ ބޮޑު ބައި ބުރަ މަސައްކަތުގައި ހޭދަކުރަމުން އަންނަ ހީވާގި އާއިލާތަކުން، ހަޔާތުގެ ފަހުބައިގައި އަރާމުކޮށްލައި އާއިލާއާ އެކު ގިނަ ވަގުތު ހޭދަކޮށްލައި ހިތްހަމަޖައްސާލުމަށް ބޭނުންކުރާނެ ރިޓަޔަމަންޓް ހޯމްއަކަށް ވެސް މި ވަރެއް ނެތެވެ.

އަކުއާވީޓާގެ އެޕާޓްމެންޓެއްގެ ބަދިގެ

އަކުއާވީޓާގެ އެޕާޓްމެންޓެއްގެ ބަދިގެ

މުޅި ޓަވަރުގެ ކޮންސްޓްރަކްޝަން އިން ފެށިގެން ގޮސް ވަކިވަކި އެޕާޓްމަންޓްތައް ފަރުމާކޮށްފައިވާ ގޮތް ވެސް އަކުއާ ވީޓާގެ ޓީމުން ވަނީ އެންމެ ކައިރިން ބަލައި، ފެންވަރު ދަމަހައްޓާފަ އެވެ. އަކުއާ ވީޓާގެ ދެ ކޮޓަރި އަދި ތިން ކޮޓަރި އެޕާޓްމަންޓްތަކަކީ، މިފަދަ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގައި މިހާތަނަށް ތަރައްގީކޮށްފައިވާ ފްލެޓްތަކާ އަޅާބަލާއިރު އެންމެ ބޮޑެތި ތަންތަނެވެ. އެޕާޓްމަންޓްތަކުގެ ލޭއައުޓް ހަދާފައި ވަނީ ވެސް، އާއްމު ދިރިއުޅުމުގައި އެންމެ ބޮޑަށް ބޭނުންޖެހޭ ކަންކަމަށާއި ދިމާވާ މައްސަލަތަކަށް ވިސްނައިގެން، އެ ކަންކަމުގެ ހައްލު ލިބޭނެ ގޮތަށެވެ. ހަމަ އެއާއެކު، ވައި ވަންނަ ގޮތަށް އަދި ރަނގަޅަށް ދިއްލާފައިވާ ލޮބީތައް ފަދަ، މި ޓަވަރުގައި ހިމެނޭ އާއްމު ތަންތަނުގެ ސަބަބުން ދިރިއުޅުން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ އެވެ.

މުޅި މަޝްރޫއުގެ ގާތްގަނޑަކަށް 80 ޕަސެންޓް މިހާރު ނިމިފައިވާއިރު، އަކުއަ ވީޓާގެ އެޕާޓްމަންޓްތައް ހެދުމުގައި، ހިތްފަސޭހަ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާނެ ހުރިހާ ކަމަކަށް ބަލާފައިވެ އެވެ. އެގޮތުން، ބޭރަށް ހުޅުވޭ ދޮރުތައް ވެސް ހިމެނޭ ގޮތުން، އެޕާޓްމަންޓުތަކުގެ ހުރިހާ ކުޑަދޮރުތަކެއްގައި 10 މިލިމީޓަރު ޑަބަލް ގްލޭޒްޑް ބިއްލޫރި ބޭނުންކޮށްފައިވެ އެވެ. އޭގެ ސަބަބުން، އަވި ދިނުމުގެ ސަބަބުން އެޕާޓްމަންޓުގެ އެތެރެ އަށް ގުދުރަތީ ގޮތުން ވާ ހޫނު 73 ޕަސެންޓާ ހަމައަށް ކުޑަކޮށްދެ އެވެ. ހަމަ އެއާއެކު، މަގުމަތީގެ ޓްރެފިކާއި އެ ނޫން ވެސް ބޭރުން އިވޭ އަޑުތަކުގެ 70 ޕަސެންޓް ދަށްކޮށްދެ އެވެ.

އަަކުއާވީޓާގައި ހަދާ ޖިިމް. މި ޖިމް ފްލެޓްގައި ދިރިއުޅޭ މީހުންނަށް ބޭނުން ކުރެވޭނެ

އަަކުއާވީޓާގައި ހަދާ ޖިިމް. މި ޖިމް ފްލެޓްގައި ދިރިއުޅޭ މީހުންނަށް ބޭނުން ކުރެވޭނެ

އެޕާޓްމަންޓްތަކުގެ އެތެރެ ފަރުމާކޮށްފައި ވަނީ، އެންމެ މަތީ ފެންވަރުގެ އާލާތްތައް ބޭނުންކޮށްގެންނެވެ. އަކު ވީޓާގެ އެޕާޓްމަންޓަކަށް ވަންނަ މީހަކު ފައި ބީއްސާލާނީ އެންމެ ފެންވަރު ރަނގަޅު ހާޑްވުޑް ފުލޯރިން މަތީގަ އެވެ. މި ވައްތަރުގެ ފްލޯރިން ބޭނުންކުރުމުން، ތަށިމުށިތަކުގެ ދޭތެރެތަކުގައި ހިރަފުހާއި ކުނިކޮޅުކޮޅު ތާށިވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ އެވެ. އޭގެ ސަބަބުން ރޯގާޖެހުން ފަދަ، ހިރަފުހާއި ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވުމަށް އެހީއަކަށް ވެގެން ދިއުމުގެ އިތުރަށް، ގެއިން ޒަމާނީ އަދި މަތީ ފެންވަރު ތަނެއް ކަމުގެ އިހުސާސް ކޮށްދޭނެ އެވެ.

އަކުއަ ވީޓާގެ އެޕާޓްމަންޓެއްގެ ބަދިގެ އަކީ، ތަފާތު ވައްތަރުގެ މޮޅެތި ކާތަކެތި ތައްޔާރުކުރުމަށް އެންމެ އެކަށީގެންވާ ބޮޑުމިނުގެ ތަނެކެވެ. ކޮންމެ އެޕާޓްމަންޓެއްގެ ބަދިގޭގައި ޖަހާފައި ހުންނާނީ، އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ކަމަގްނީ" ބްރޭންޑުގެ ކަބަޑު ސެޓެވެ. ހަމަ އެ ބްރޭންޑުގެ އުނދުނާއި ހުޑެއްގެ އިތުރުން އަވަނެއް ވެސް މި ކަބަޑުސެޓާއެކު ލިބޭނެ އެވެ. ހަމަ އެއާއެކު، އަކުއަ ވިޓާގައި އުޅޭ އެއްވެސް މީހަކަށް ގޭސްފުޅި އަރުވައިބޭލުމުގެ ބުރައެއް ވެސް ނުޖެހޭނެ އެވެ. ގޭސް ފޯރުކޮށްދޭނީ، ފެނާއި ކަރަންޓުގެ ހިދުމަތް ވެސް ދޭ ގޮތަށް، ކޮންމެ އެޕާޓްމަންޓަކަށް ވަކިން ހޮޅިއަޅައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ސެންޓްރަލް ގޭސް ނިޒާމެއް މެދުވެރިކޮށެވެ. އެހެންކަމުން، އެޕާޓްމަންޓަށް ފުރަތަމަ ވަންނަ ދުވަހު، ފުރަތަމަ ފިޔަވަޅާ އެއްކޮށް ވެސް، ހައިހޫނުކަން ފިލުވާލުމަށްޓަކައި ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލެވޭނެ އެވެ. ބުރައަކާ ނުލައި، ރައްކާތެރިކަމާ އެކު އެވެ.

އަކުއާވީޓާގެ އެޕާޓްމެންޓެއްގެ ކުޑަދޮރުތައް--

އަކުއާވީޓާގެ އެޕާޓްމެންޓެއްގެ ކުޑަދޮރުތައް--

އަކުއާ ވީޓާގައި އުޅޭ ފަރާތްތަކުން، ހުޅުމާލެ އިން ކަރަންޓް ކެނޑިދާނެތީ އެކަމާ ހާސްވާކަށް ވެސް ނުޖެހޭނެ އެވެ. މައި ކަރަންޓް ގޮސްފި ނަމަ އަނބުރާ ކަރަންޓް އަންނަންދެން ވަގުތީ ގޮތުން ކަރަންޓް ދޭނެ ބެކަޕް ޖަނަރޭޓަރު މި އިމާރާތުގައި ހުންނާނެ އެވެ.

އަކުއާ ވީޓާގެ ކޮންމެ ފްލެޓަކީ "ސްމާޓް އެޕާޓްމަންޓެކެވެ". ދުނިޔޭގެ މަގްބޫލް "ފިބާރޯ ހޯމް އިންޓެލިޖަންސް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ އެޕާޓްމަންޓެއްގެ ވެސް ގިނަ ކަންކަން އެ ތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްދޭނެ އެވެ. ބޭރުގައި އުޅޭ ވަގުތު ވެސް، އެޕާޓްމަންޓްގެ ކަންކަން ބެލެހެއްޓޭނެވެ. ބޮކިތައް ނިވިދިއްލާ ހަދާލެވޭނެ އެވެ. އޭސީގެ ފިނިހޫނުމިން މަތިކޮށް، ދަށްކޮށްލެވޭނެ އެވެ. ތަނާއި މުދަލުގެ ރައްކާތެރިކަން ޔަގީންކުރެވޭނެ އެވެ. ނުވިތާކަށް، ކުރަން ބޭނުންވާ ކަމެއް ވޮއިސް ކޮމާންޑްގެ އެހީގައި ބުނެދެވޭނެ އެވެ.

ވަކިވަކި އެޕާޓްމަންޓްތަކުން ލިބޭ ހިތްފަސޭހަކަމާއި ފެންވަރު ރަނގަޅު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، އިމާރާތުގައި އެކުލެވޭ ވަސީލަތްތަކުންނެވެ. ފަތާލަން ބޭނުންވާ ފަރާތްތަކަށް ޕޫލެއް އޮންނާނެ އެވެ. ކަސްރަތު ކޮށްލަން ވެސް މި އިމާރާތުން ބޭރަށް ދާކަށް ނުޖެހޭނެ އެވެ؛ އެންމެ ފެންވަރު ރަނގަޅު އާލާތްތައް ހިމެނޭ ޖިމެއް އަކުއާ ވީޓާގައި ހުންނާނެ އެވެ. ޕާޓީއެއް ނުވަތަ ހަފްލާއެއް ބާއްވަން ބޭނުން ނަމަ، އެކަން ކުރަން ހާއްސަ ތަނެއް ވެސް 14 ބުރީގެ މި ޓަވަރުގައި ހުންނާނެ އެވެ. މުނިފޫހިފިލުވާލައި ތަފާތު ކުޅިވަރުތައް ކުޅެލެވޭނެ ކްލަބް ހައުސްއެއްގެ ބޭނުން ވެސް އަކުއަ ވީޓާގައި ދިރިއުޅޭ ފަރާތްތަކަށް ހިފޭނެ އެވެ.

މި ހުރިހާ ފަސޭހަތަކާ އެކު، އަކުއަ ވީޓާ ހުޅުވާލަ ދެނީ، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅެލެވޭނެ މަގެވެ. ހިތްފަސޭހަ މާހައުލެއްގައި އާއިލާ ބިނާކުރެވޭނެ މަންޒިލެކެވެ. ބުރަ މަސައްކަތަށް ފަހު އަރާމުކޮށްލައި ހިތްހަމަޖައްސާލުމަށް އެންމެ އެކަށޭނަ ތަނެކެވެ. އަމިއްލަ ވަންތަ، އަމިއްލަ ގެދޮރުގެ ހިތްހަމަޖެހުމެވެ.

އެޕާޓްމަންޓްތަކުގެ ތެރެއިން 1+3 ގެ އަގު ފެށެނީ 5.4 މިލިއަނުންނެވެ. އަދި 1+2 ގެ އަގު ފެށެނީ 3.4 މިލިއަނުންނެވެ.

ދިރިއުޅުން އާރާސްތުކުރެވޭނެ ފަދަ ގެއެއް އަމިއްލަކުރުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް، އަކުއާ ވީޓާގެ ފޯނު ނަންބަރު 7288661، 7708866 ނުވަތަ 7388866 އަށް އޮފީސް ގަޑީގައި (ހެނދުނު 10 އިން ހަވީރު 3 އަށް) ގުޅުއްވުން އެދެމެވެ.