30 ޖެނުއަރީ 2022
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދުގައި ހަދަމުން އަންނަ އަކުއާ ވީޓާއަކީ 14 ބުރީގެ ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސް އެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިތްގައިމުކަން ވެސް ފެންނަ ގޮތަށް އެތަނުގެ ކުރިމައްޗަށް ވާ ގޮތަށް އިމާރަތް ކޮށްފައިވާ މި ފްލެޓްގެ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތައް ކުރަމުން އަންނަ އިރު ޕްރޮޖެކްޓްގެ 91 ޕަސެންޓް މަސައްކަތް އެއްކޮށް ވަނީ ނިމިފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދުގައި ހަދަމުން އަންނަ އަކުއާ ވީޓާއަކީ 14 ބުރީގެ ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސް އެކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިތްގައިމުކަން ވެސް ފެންނަ ގޮތަށް އެތަނުގެ ކުރިމައްޗަށް ވާ ގޮތަށް އިމާރަތް ކޮށްފައިވާ މި ފްލެޓްގެ އެންމެ ފަހުގެ ފިނިޝިން މަސައްކަތްތައް ކުރަމުން އަންނަ އިރު ޕްރޮޖެކްޓްގެ 91 ޕަސެންޓް މަސައްކަތް އެއްކޮށް ވަނީ ނިމިފަ އެވެ.
މާލޭގެ ހަލަބޮލި ދިރިއުޅުން ދޫކޮށް، ހަމަހިމޭން މާހައުލެއްގައި އެންމެ ޒަމާނީ އަދި ލަގްޒަރީ އެޕާޓްމެންޓެއްގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އަކުއާ ވީޓާއަކީ މާލެ ސަރަހައްދުން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. އެންމެ ފަހުގެ ޑިޒައިނަކަށް ހަދާފައިވާ މި އެޕާޓްމެންޓްތަކުން ލަގްޒަރީ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހުންނަށް ހުރިހާ ހިދުމަތްތަކެއް ފަސޭހަކަމާ އެކު ލިބޭނެ އެވެ.
އަކުއާ ވީޓާ އެޕާޓްމަންޓެއްގެ އެތެރެ--
އެންޕީއެޗް އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ސްރީ ލަންކާގެ އަޔެންކާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނިން ހަދާ އަކުއަ ވީޓާ ރެޒިޑެންސީގައި 98 އެޕާޓްމަންޓް ހުރެ އެވެ.
އަކުއާ ވީޓާގެ އެޕާޓްމެންޓްތަކުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ތަންތަން ހުންނާނެ އެވެ. މި އެޕާޓްމެންތްތަކުގައި ބޭނުންކޮށްފައިވާ ސޮލިޑް ޓިމްބަ ވުޑް ފުލޯރިންގެ އިތުރުން އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ކަމަގްނީ ބްރޭންޑުގެ ވާޑްރޮބާއި ބަދިގެ ކަބަޑު ސެޓެވެ. އަކުއާ ވީޓާގެ އެޕާޓްމަންޓުތަކަކީ ފުރިހަމަ އަށް ވެންޓިލޭޝަން ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަންތަނެވެ.
އަކުއާ ވީޓާ އެޕާޓްމަންޓޫގެ ފާހާނާއެއް: ހުރިހާ މަސައްކަތެއް ވަނީ ނިމެން ކައިރިވެފައި--
މި ހުރިހާ ފަސޭހަތަކާއެކު، އަކުއަ ވީޓާ ހުޅުވައިލަ ދެނީ، ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅެލެވޭނެ މަގެކެވެ. ހިތްފަސޭހަ މާހައުލެއްގައި އާއިލާ ބިނާކުރެވޭނެ މަންޒިލެކެވެ. ބުރަ މަސައްކަތަށް ފަހު، އަރާމުކޮށްލައި ހިތްހަމަޖައްސާލުމަށް އެންމެ އެކަށޭނަ ތަނެކެވެ. އަމިއްލަ ވަންތަ، އަމިއްލަ ގެދޮރުގެ ހިތްހަމަޖެހުމެވެ. މި ވަގުތު ލިބެން ހުރި އެޕާޓުމަންޓު ތަކުގެ އަގެ ފެށޭނީ 4.1 މިލިއަން ރުފިޔާއިންނެވެ.
އަކުއާ ވީޓާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގެ ހޯލްވޭ--
އެންމެ ފަހުގެ މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ވެސް އަކުއާ ވީޓާ އިން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެޕާޓުމަންޓްތަށް ބަލައިލުމަށް އޮފީސް ރަސްމީ ވަގުތު 7388866، 7288661 ނުވަތަ 7708866 އަށް ގުޅައިގެން ނަންނޯޓު ކުރެވޭނެ އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
އަކުއާ ވިޓާ ރެޒިޑެންސްގައި އެންޓަޓެއިންމަންޓް ސެންޓަރެއް
ހިތްފަސޭހަ ދިރިއުޅުމަށް އަކުއާވީޓާގެ ފްލެޓްތައް
ދަ ކެޔޮޅު: ހިތްގައިމު މާހައުލަކުން ތަފާތު ރަހަތަކެއް
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
މެގަޗިޕް އިން މައިކްރޯސޮފްޓް ކޯޕައިލެޓް ރާއްޖެއަށް!
އިލެކްޓްރިފައި މޯލްޑިވްސް އަހަރީ ދުވަސް ކުލަގަދަކޮށް!
ހުޅުމާލޭގެ ދިރުމާއި ތަރައްގީގައި އެޗްޑީސީގެ ހިއްސާ