22 ފެބުރުއަރީ 2021
އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ތަރައްގީކުރި "އެފްޑަބްލިޔު ރެޒިޑެންސް - ހުޅުމާލެ" އިމާރާތް ކުރުމުގެ މަސައްކަތް ނިންމައި، އެޕާޓްމަންޓްތަށް ގަތް ފަރާތަކަށް ތަން ހަވާލުކުރަން ފަށައިފި އެވެ.
އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ތަރައްގީކުރި "އެފްޑަބްލިޔު ރެޒިޑެންސް - ހުޅުމާލެ" އިމާރާތް ކުރުމުގެ މަސައްކަތް ނިންމައި، އެޕާޓްމަންޓްތަށް ގަތް ފަރާތަކަށް ތަން ހަވާލުކުރަން ފަށައިފި އެވެ.
އެފް ޑަބްލިޔު ކޮންސްޓްރަކްޝަނަކީ ރިއަލްއެސްޓޭޓް ދާއިރާގައި "ރެހެންދި ފްލެޓްސް" ގެ ބްރޭންޑް ނޭމް ވުޖޫދަށް ގެނައި މޭސްތިރި އެވެ. ރިއަލް އެސްޓޭޓް ދާއިރާގައި އިތުބާރު ބޮޑު އާރުކާޓީއެކެވެ. އެ ކުންފުނީގެ ކޮންމެ ޕްރޮޑަކްޓަކީ "ރެހެންދި ޕްރޮޑަކްޓް" ފަދަ ޕްރޮޖެކްޓެކެވެ.
މި މަހުގެ 20 ވަނަ ދުވަހު، ތަން ހަވާލު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި މިހާރު ބައެއް އެޕާޓްމެންޓްތަކަށް މީހުން ވަންވަން ވެސް ވަނީ ފަށައިފަ އެވެ.
އެފް ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް. ---ފޮޓޯ:ނިޝާން އަލީ/މިހާރި
އެފް ޑަބްލިއު އިން ބުނީ ކޮވިޑްގެ މި ހާލަތުގެ ތެރޭ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ވެސް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި، ޕާޗޭސް އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކަށް އެޕާޓްމަންޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އެޕާޓްމަންޓް ގަތް ގިނަ ބަޔަކު އެޕާޓްމަންޓްތައް އަދި ޖުމްލަކޮށް މުޅި އިމާރާތަކީ ވެސް ހިތްހަމަޖެހޭ، ފެންވަރު ރަގަޅު އަދި ހިތްގައިމު ތަނެއްގެ ގޮތުގައި ފާހަގަކުރާ ކަމަށެވެ.
އެފްޑަބްލިއު ރެޒިޑެންސް
އެ ކުންފުނިން ބުނީ އެފް ޑަބްލިއު ރެޒިޑެންސް ހަދާފައިވަނީ ރެހެންދި ފްލެޓްތަކަށް ވުރެ ވެސް ފެންވަރު ރަނގަޅުކޮށް ކަމަށެވެ.
ސާދަ ބުރީގެ އެ އިމާރާތުގައި ހިމެނޭ 95 އެޕާޓްމަންޓް ވިކި ހުސްވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ ރާއްޖޭގައި ހައުސިން ސްކީމެއްގެ ދަށުން، ދިރިއުޅުމަށް ހަދާފައިވާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ ތެރެއިން ދިރިއުޅުމުގެ އެންމެ ޒަމާނީ ވަސީލަތް ތަކާ އެކު ތަރައްގީކޮށްފައިވާ އެންމެ ފުރިހަމަ އެއް އިމާރާތެވެ. ބޭރުން ވެސް ހިތްގައިމު އަދި ރީތި މި އިމާރާތުގެ އިންޖިނޭރިން އާއި އާކިޓެކްޗުރަލް ކޮންސެޕްޓް އެންޑް ޑިޒައިން ހަދާފައި ވަނީ ގްރޫޕް އެކްސްގެ އިންޖިނޭރުންނާއި އާކިޓެކްޗަރުންނެވެ.
އެފް ޑަބްލިއު ރެޒިޑެންސްގެ ފްލޯއެއްގެ ހޯލްވޭ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުރޭ---ފޮޓޯ:ނިޝާން އަލީ/މިހާރި
އެފް ޑަބްލިޔު ކޮންސްޓްރަކްޝަން ކޮމްޕެނީ އަކީ އެ ކުންފުނީގެ އެއް ޕްރޮޖެކްޓަށް ވުރެ އަނެއް ޕްރޮޖެކްޓް ފެންވަރު ރަނގަޅުކޮށް ނިންމަން މަސައްކަތްކުރާ ކުންފުންޏެކެވެ. އެހެންކަމުން ކުރީގެ ހައުސިން ޕްރޮޖެކްޓަކާ ހިލާފަށް މި އިމާރާތަށް ހާއްސަ ސިފަތަކެއް ގެނައުމަށް އެ ކުންފުނިން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރަނގަޅު ޖިމަކާއި، ސްވިމިން ޕޫލާއި، ކިޑްސް ކްލަބަކާއި އެކު ރެކްރިއޭޝަން އޭރިއާއެއްގެ އިތުރަށް ބޭސްމަންޓްގައި ޕާކިން އޭރިޔާ ތަރައްގީކޮށްފައިވެއެވެ. މީގެ އިތުރަށް އިމާރާތުގެ ލޮބީ އޭރިޔާގައި ކޮޕީ ޝޮޕަކާއި މިނީ މާޓެއް ވެސް ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޢިމާރާތުގައި ތަރައްގީކޮށްފައިވާ ތަންތަނެވެ. އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމު ގޮތެއްގައި އެތަންތަނުގެ ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމްއް ހަމަޖައްސާފައިވެއެވެ.
ޖިމާއި ސްވިމިން ޕޫލް އަދި ކޮފީ ޝޮޕާއި މިނީމާޓް ފަދަ ތަންތަނުގެ ހިދުމަތް މިވަގުތު ފެށިފައި ނެތަސް އިމާރާތުގައި މީހުން ދިރިއުޅެން ފަށައި ރަނގަޅަށް ކަންކަން ހަމަޖެހިލުމާ އެކު އެތަންތަނުގެ ހިދުމަތް ވެސް ފެށޭވަރުވާނެ ކަމަށް ކުންފުނިން ބުންޏެވެ.
އެފް ޑަބްލިއު ރެޒިޑެންސްގެ ޕެޓްހައުސް ވިއު. މި ފްލެޓްގެ އެންމެ މަތީ ފްލޯގައި ހަތަރު ޕެންޓްހައުސް ހުރޭ---ފޮޓޯ:ނިޝާން އަލީ/މިހާރި
މީގެ އިތުރަށް އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސީސީ ޓީވީ ސަވައިލަންސްގެ އިތުރަށް ސީދާ ސެކިއުރިޓީ ގާޑުންނާ އެކު 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ. އެ އިމާރާތުގެ ކޮންމެ އެޕާޓްމަންޓަަށް ވަކިން އެކްސަސް ކޮންޓްރޯލް ދީފައި ވާއިރު ލިފްޓް ބޭނުން ވެސް ކުރެވޭނީ ސީދާ އެ ފަރާތަކުން ދިރިއުޅެމުން ގެންދާ ފްލޯ އަކަށެވެ.
ކޮވިޑްގެ އެންމެ ދަތިހާލުގައި ގައުމު އޮތް އިރު ވެސް އަދި ލޮކްޑައުންއާ އެކު މަސައްކަތްތެރިން ތިބި އިރު ވެސް ހުއްޓާނުލައި ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެ އިމާރާތުގައި ފެނުގެ ރިޒާވެއް ގާއިމުކުރަން މަސައްކަތްކުރި އެވެ. އެ ރިޒާވް ޓޭންކަކީ ފެން ކަނޑައިގެން ދިއުން ފަދަ ކަމެއްގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ތަކުލީފުތަކުން ދުރުކޮށްދެވޭތޯ ބެލުމަށް ކުރަން އުޅުނު މަސައްކަތެކެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ލިބެންޖެހޭ ހުއްދަތައް ލިބޭތޯ ހައެއްކަ މަސް ދުވަހު މަޑުކުރުމަށް ފަހުގައި ވެސް ހުއްދަ ލިބުން ލަސްވާތީ އެކަން ނުކޮށް ހުއްޓާލަން މަޖުބޫރުވީ ކަމަށް ކުންފުނިން ބުންޏެވެ.
އެފް ޑަބްލިއު އެޕާޓްމެންޓެއްގެ ބަދިގެ ބައި--ފޮޓޯ:ނިޝާން އަލީ/މިހާރު
މި އިމާރާތަކީ ރައްކާތެރި، އަދި ގޭސް ފުޅި އުފުލަން ނުޖެހޭ ތަނަކަށް ހެދުމަށްޓަކައި، ގޭހުގެ ރިޒާވަކާ އެކު ކޮންމެ އެޕާޓްމަންޓަކަށް ވަކިން ގޭސް ހޮޅި އެޅުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރި ނަމަވެސް މި އިމާރާތުގައި އެކަން ވެސް ނުކުރެވި ދިޔައީ އެކަމަށް ބޭނުންވާ ހުރިހާ މެޓީރިއަލްތަކެއް ގެނައި ފަހުން، ހުއްދަތައް ލަސްވެ، އިމާރާތް ނިންމުން އިތުރަށް ލަސްވާތީ އެވެ. މީގެ އިތުރުން މި އިމާރާތުގައި ބެކަޕް ޖަނަރޭޓަރު ސިސްޓަމް ބަހައްޓާފައިވެ އެވެ. މި އިމާރާތުގެ މަސައްކަތުގައި ތަޖުރިބާ ކުރެވުނު ކަންކަމުގެ އަލީގައި އެ ކުންފުނިން ދެން ތަރައްގީކުރާ އިމާރާތެއްގައި ފެނުގެ ރިޒާވަކާ އެކު ގޭހުގެ ރިޒާވެއް ވެސް ބަހައްޓާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި މި އިމާރާތުގައި ގާއިމުކޮށްފައިވާ ފަސޭހަތަކުގެ އިތުރަށް އެހެން ޑިޒައިންތަކާއި އާ ވަސީލަތްތައް ދެން ތަރައްގީކުރާ އިމާރާތެއްގައި ހުންނާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.
އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތައް ދޫކޮށްލަނީ
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ
"ނޯޓިސް ދިނީ ފައިސާ ނުދައްކާ މީހުންނަށް އެކަނި"
ހުޅުމާލެ 2 ގައި އިމާރާތް ކުރެވޭނީ ހަ ބުރިއަށް
ފްލެޓް މަޝްރޫއު ހިންގީ އެމްޕީއެލްއަށް ގެއްލުންވާ ގޮތަށް
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
ހެލްތު މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި
އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އަޅަނީ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު