Roadha Mihaaru
ރެއިންބޯ ހިޔާ ޕެކޭޖު: އިންޓީރިއާ މަސައްކަތަށް ހައްލެއް

ރެއިންބޯގެ ހިޔާ ޕެކޭޖުތައް: އިންޓީރިއާ މަސައްކަތަށް ހައްލެއް

09 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ކޮންމެ މީހަކު ވެސް ބޭނުންވަނީ ފެންވަރު ރަނގަޅު މޮޅު އުފެއްދުންތައް އެ ބައެއްގެ އެޕާޓުމަންޓުތަކުގައި ބޭނުންކުރުމެވެ. މިކަމަށް ރެއިންބޯ އިން ދީފައިވާ ހައްލު ވަރަށް ސަޅި އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ކޮންމެ މީހަކު ވެސް ބޭނުންވަނީ ފެންވަރު ރަނގަޅު މޮޅު އުފެއްދުންތައް އެ ބައެއްގެ އެޕާޓުމަންޓުތަކުގައި ބޭނުންކުރުމެވެ. މިކަމަށް ރެއިންބޯ އިން ދީފައިވާ ހައްލު ވަރަށް ސަޅި އެވެ.

އެ ކުންފުނިން ވަނީ ހިޔާ ފްލެޓުތަކަށް ހާއްސަ ކޮށްގެން "ހިޔާ ގްރޭންޑް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ތިން ޕެކޭޖެއް ތައާރަފު ކޮށްފައިވާއިރު، އެއީ ބަދިގެ އަށާއި ފަރުނީޗަރުތަކަށާއި މަރާމާތު ކުރުމަށް ހާއްސަ ޕެކޭޖުތަކެވެ.

"ހިޔާ ގްރޭންޑް" ގެ ދަށުން ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް ސާމާނު ގެންގޮސްދިނުމާއި އެ ތަކެތި ރާވައި ދީ، ހަރުކޮށްދިނުމުގެ ހިދުމަތް ވެސް ރެއިންބޯ އިން ދޭނެ އެވެ.

ރެއިންބޯ ހިޔާ ޕެކޭޖުތައް--

ރެއިންބޯ ހިޔާ ޕެކޭޖުތައް--

ރެއިންބޯ "ހިޔާ ކިޗެން" ޕެކޭޖުގެ ދަށުން ކަބަޑު ސެޓާއި ގޭސް އުނދުނާއި ހުޑް، އަވަން އަދި މައިކްރޮވޭވާއި ސިންކާއި އިސްކުރު ލިބޭނެ އެވެ. މި ޕެކޭޖުގައި ހިމެނޭ އިތުރު ހަތަރު ޕެކޭޖެއްގެ ތެރެއިން އިހުތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ އެވެ.

ފަރުނީޗަރަށް ހާއްސަ ކޮށްގެން ތައާރަފު ކޮށްފައިވާ ޕެކޭޖުގައި ވެސް އިތުރު ހަތަރު ޕެކޭޖެއް ވަނީ ހިމަނައިފަ އެވެ. އެގޮތުން، ދެ ކޮޓަރި އަށް ބޭނުންވާ ފަރުނީޗަރާއި ޑައިނިން އަދި ލިވިން ރޫމަށް ބޭނުންވާ ފަރުނީޗަރު މި ޕެކޭޖުގެ ތެރޭގައި ހިމެނެ އެވެ. ސޯފާ ސެޓާއި ކޮފީ ޓޭބަލައި ޓީވީ ރެކު ވެސް މި ޕެކޭޖުގެ ތެރޭގައި ހިމެނޭނެ އެވެ.

ފަރުނީޗަރަށް ހާއްސަ ޕެކޭޖު 2 ގެ ދަށުން ދެ ކޮޓަރިއަށް ލިބޭ ފަރުނީޗަރު--

ފަރުނީޗަރަށް ހާއްސަ ޕެކޭޖު 2 ގެ ދަށުން ދެ ކޮޓަރިއަށް ލިބޭ ފަރުނީޗަރު--

އެޕާޓްމަންޓު މަރާމާތު ކުރުމަށް ތައާރަފު ކުރި ޕެކޭޖުގެ ދަށުން ތަށިމުއްޓާއި ޕާކޭ އާއި ދޮރު ސެޓާއި ކުލަ އަދި ފަންކާ ލިބެން ހުންނާނެ އެވެ.

މި ޕެކޭޖުތައް ރެއިންބޯ އިން ތައްޔާރު ކޮށްފައި ވަނީ ހިޔާގެ އެޕާޓްމަންޓުތަކަށް ބަލައި އެ ތަންތަނަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އެޕިކް ޝެލްޓާ އާއި ބީއެމްއެލް އިސްލާމިކް އާއި އެމްއައިބީ އަދި ދިވެހި އިންޝުއަރެންސާއި އެމްއެފްއެލްސީގެ ސްކީމް މެދުވެރިކޮށް ވެސް ޕެކޭޖު ނަގާލެވޭނެ އެވެ.

ހިޔާ ޕެކޭޖުތަކުގެ އިތުރުން ރެއިންބޯ އިން މިހާރު ވަނީ އެ ކުންފުނިން ވިއްކާ ސާމާނުތައް އިންސްޓޯލްމެންޓަށް ނެގޭ ސްކީމެއް ވެސް ތައާރަފު ކޮށްފަ އެވެ. މި ސްކީމުގެ ދަށުން އެޑްވާންސް ދެއްކުމަށް ފަހު ބާކީ އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ އެވެ.

ރެއިންބޯ އިން މި ޕެޖޭކުތައް ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ރެއިންބޯ ލިވިން މޯލަށް ޒިޔާރަތް ކޮށްގެން ނުވަތަ އެ ކުންފުނީގެ ކަސްޓަމާ ސާވިސް 7640500/3340458 އަށް ގުޅައިގެން މައުލޫމާތު ސާފުކޮށްލެވޭނެ އެވެ.