01 އޯގަސްޓް 2021
ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއިން ދިފާއުވުމަށް، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް އެ މަނިކުފާނުގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.
ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއިން ދިފާއުވުމަށް، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް އެ މަނިކުފާނުގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.
ފުއްގިރި ދޫކުރުމަށް 1.1 މިލިއަން ޑޮލަރުގެ ރިޝްވަތުގެ ގޮތުގައި ސަން ކޮންސްޓްރަކްޝަން އިން ނަންގަވައި، އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއްގައި މަންފާވާނެ ގޮތަށް ބެހެއްޓި ކަމަށް ދައުލަތުން ޔާމީނަށް ތުހުމަތު ކުރެ އެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވާއިރު ކުރިން ޔާމީން ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ. މިއަދު އެ މައްސަލައިގައި އޮތީ ހެކި ހާމަކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
ޔާމީންގެ ފަރާތުން ހެކި ހުށަހެޅުއްވީ ވަކީލު އާދަމް ޝަމީމެވެ. ޝަފަވީ ފަސް ހެކިވެރިން ހިމެނޭހެން 30 ހެއްކެއް ޔާމީންގެ ފަރާތުން ހުށަހެެޅުއްވި އެވެ.
ހެކި ހުށަހަޅުއްވަމުން ޝަމީމް ވިދާޅުވީ، ބޭންކް ރޭޓުގައި ޑޮލަރު ގަތުމަށް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އަށް 17.2 މިލިއަން ރުފިޔާ ދެއްވި ކަމަށެވެ. އަދި އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވި އެވެ. ޔާމީންގެ ފަރާތުން ހުށަހެޅުއްވި ޝަފަވީ ހެކިންގެ ތެރެއިން ހަތަރު މީހުންނަކީ އެކަން ސާބިތުކުރަން ހުށަހެޅުއްވި މީހުންނެވެ.
އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއްކަން ސާބިތުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ސިޔާމް ހުށަހަޅާފައިވެ އެވެ.
ޑޮލަރު ގަތުމަށް ސިޔާމްއާ ފައިސާ ހަވާލުކުރެއްވި ކަމަށް ބުނާ މީހަކާއި އެ މުއާމަލާތް ހިނގި އިރު ހެކިވެރިންގެ ގޮތުގައި ތިބި ކަމަށް ބުނާ މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ގއ. ކޮލަމާފުށި ޝުއާއުﷲ ސައީދު ހެކިންގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ.
ޔާމީންގެ ފަރާތުން ހުށަހެޅުއްވި ފަސް ވަނަ ޝަފަވީ ހެއްކަކީ ޔާމީން އެ މީހަކު މެދުވެރިކޮށް ރިޝްވަތު ހޯއްދެވި ކަމަށް ދައުލަތުން ބުނާ މއ.ކުރިކީލަހިޔާ ކްރިކް ރިޒާ އެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުލަތުން ބުނާ ފަދަ އެއްވެސް މުއާމަލާތެއް ޔާމީނާ އެކު ނުހިނގާކަން ސާބިތު ކުރަން ކަމަށް ވަކީލު ޝަމީމް ވިދާޅުވި އެވެ.
ޔާމީންގެ ހެކިންގެ ތެރޭގައި ސަން ސިޔާމް ހިމެނޭ އިރު، އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީީ ގޮތުން ވަރަށް ގާތް ބޭފުޅުންނެވެ. ސިޔާމްގެ އެމްޑީއޭ ޕާޓީއާއި ޕީޕީއެމް ކުރިން މަސައްކަތް ކުރީ ކޯލިޝަނެއްގެ ގޮތުގަ އެވެ. ނަމަވެސް، 2018 ގެ ރިޔާސީ އިންތިހާބާ ކައިރިކޮށް، ސިޔާމް ވަނީ ސިޔާސީ ގޮތުން ޔާމީނާ ދުރަށް ވަޑައިގެންފަ އެވެ.
މި މައްސަލައިގައި ދައުލަތުން 86 ހެކި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ސަން ސިޔާމާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެ އެވެ.
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލައަށް ސަން އިންވެސްޓްމަންޓުން އިންކާރު
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ޔާމީންގެ ގެކޮޅުގައި 15 މިލިއަން ގުނީ އަތުން: ނަރީޝް
އާރަށް މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
"ފައިސާ ލިބުނީ ޑޮލަރު ގަތުމުން،އެއީ ރިޝްވަތެއް ނޫން"
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ދޫވެހި ހޯއްދެވި ގޮތް ސާބިތު ކުރަން ހެކި ހުށަހަޅައިފި
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް