Roadha Mihaaru
ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ: އަމްރު

އެސްޓީއޯގެ ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ: އަމްރު

26 ޖުލައި 2021

އެސްޓީއޯ އިން ރާއްޖޭގައި ހަދާ ގޮދަން ފުށް ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ރާއްޖޭގައި ހަދާ ގޮދަން ފުށް ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެސްޓީއޯގެ ފެކްޓަރީން ފޮލިކް އެސިޑް އެކުލެވޭ ފުށް އުފައްދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ފޮލިކް އެސިޑަކީ މުހިންމު އެއްޗެއް ކަމަށް ވާއިރު، ރާއްޖޭން އެ ލިބެން ހުރުން މުހިންމު ކަމަށެެވެ.

އޭނާގެ އެ ޓުވީޓަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ އިން އަޅަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭނެ ގާބިލުކަން ހުންނާނެ ފެކްޓަރީއެއް ކަމަށެވެ. އެގޮތުން، ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި އާއްމުންނަށް ބޭނުންވާ ބާވްތަތަކުގެ ފުށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮދަން ފުށް ފެކްޓްރީއާ ގުޅޭގޮތުން އަމްރު ކުރެއްވި ޓްވީޓް--

އަމްރު ވިދާޅުވިގޮތުގައި، މި ފެކްޓަރީގެ ސަބަބުން ރާއްޖޭގައި ފުޑް ސެކިއުރިޓީ ދެމެހެއްޓޭނެ އެވެ. މި ފެކްޓްރީ އެޅުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް އެއީ ކަމަށް އަމްރު ކުރިން ވަނީ ވިދާޅުވެފަ އެވެ.

މި ފެކްޓަރީގައި ފުށް އުފައްދާނީ ބޭރުން ގޮވާން ގެނެސްގެން ކަމަށް ވާއިރު، ކާޑު އެތެރެކުރަން ކުރާ ހަރަދު ކުޑަވެ، ފުށް ރައްކާ ކޮށްފައި ބެހެއްޓޭ މުއްދަތު އިތުރުވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯ އިން ވަނީ މިހާރު މި ފެކްޓަރީގެ މަސައްކަތް ފަށައިފަ އެވެ. އަންނަ އަހަރުގެ މެދު ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.