Roadha Mihaaru
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް

އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް

25 ސެޕްޓެމްބަރ 2022

އިސްލާމިކް ޑިވެލޮޕްމެންޓު ބެންކް ގްރޫޕް (އައިއެސްޑީބީ) ގެ މެމްބަރެއް ކަމަށްވާ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ މުދާ ގަތުމުގައި އެސްޓީއޯ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އިސްލާމިކް ޑިވެލޮޕްމެންޓު ބެންކް ގްރޫޕް (އައިއެސްޑީބީ) ގެ މެމްބަރެއް ކަމަށްވާ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ މުދާ ގަތުމުގައި އެސްޓީއޯ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޖުމުލަ 189 މިލިއަން ޑޮލަރު ކްރެޑިޓަށް ފައިނޭންސް ކުރުމުގެ އެ އެމްއޯޔޫގެ ދަށުން، މުރާބަހާ ޓްރޭޑް ފެސިލިޓީން އަގު ކުޑަކޮށް އެސްޓީއޯ އަށް ކާޑުގެ ބާވަތްތަކާއި ބޭހާއި ފިއުލް ސަޕްލައި ކްރެޑިޓަށް ނެގޭނެ އެވެ.

އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަމްރު އާއި އައިޓީއެފްސީގެ ސީއީއޯ ސޮންބޮލް އެމްއޯޔޫގައޮ ސޮއި ކުރައްވާތަން ފިނޭންސް މިނިސްޓަރު އަމީރު ބައްލަވަނީ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަމްރު އާއި އައިޓީއެފްސީގެ ސީއީއޯ ސޮންބޮލް އެމްއޯޔޫގައޮ ސޮއި ކުރައްވާތަން ފިނޭންސް މިނިސްޓަރު އަމީރު ބައްލަވަނީ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހޮޓެލް ޖެން ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރެވެ. އައިޓީއެފްސީން ސޮއިކުރެއްވީ ސީއީއޯ އެންގް ހާނި ސަލީމް ސޮންބޮލް އެވެ.

އެ އެއްބަސްވުމުގެ ދަށުން ދޭ އެހީ އަކީ ކޮވިޑުގެ ހާލަތަށް ފަހު، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް އައިޓީއެފްސީން މިހާރު ވެސް ދެމުންދާ އެހީގެ ތެރެއިން ދީފައިވާ އިތުރު އެހީއެކެވެ.

މި ދިޔަ ޖޫން މަހު ވެސް އައިޓީއެފްސީއާ އެކު އެސްޓީއޯ އިން ވަނީ 175 މިލިއަން ޑޮލަރުގެ މުރާބަހާ ޓްރޭޑް ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަމްރު ވާހަކަ ދައްކަވަނީ. އަމްރ ވަނީ އެ ފަދަ އެހީތެރިކަމެއްގެ މުހިންމުކަން ފާހަގަ ކުރައްވާފައި.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަމްރު ވާހަކަ ދައްކަވަނީ. އަމްރ ވަނީ އެ ފަދަ އެހީތެރިކަމެއްގެ މުހިންމުކަން ފާހަގަ ކުރައްވާފައި.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ މަސައްކަތްތައް ތަރައްގީކޮށް، ފުޅާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި ވެސް މިއަދު ސޮއިކުރި އެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނީގެ ދަށުން ހިންގާ މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ ގައުމުތައް އިތުރު ކުރުމުގެ މަސައްކަތް ވެސް އެ އެމްއޯޔޫގެ ދަށުން ކުރާނެ އެވެ. އަދި ކެޕޭސިޓީ ބިލްޑު ކުރުމުގެ މަސައްކަތްތަކެއް ވަނީ ތާވަލުކޮށްފަ އެވެ.

އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ، އައިޓީއެފްސީގެ އެ އެހީތެރިކަން މި ދަނޑިވަޅުގައި މުހިންމު ކަމަށެވެ. އަދި ދުނިޔޭގެ ތަކެތީގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ ފަދަ އެހީއެއް ލިބުމަކީ މަންފާ ކުރަނިވި ކަމެއްގެ ގޮތުގައި ވެސް ފާހަގަ ކުރެއްވި އެވެ. އެސްޓީއޯއާއެކު އައިޓީއެފްސީން ސޮއިކުރީ އެންމެ ބޮޑު ފައިނޭންސިން އެއްބަސްވުން ކަމަށް ވެސް އަމްރު ފާހަގަ ކުރެއްވި އެވެ.

އައިޓީސީއެފްސީގެ ސީއީއޯ އެންގް ހާނި ސަލީމް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އައިޓީސީއެފްސީގެ ސީއީއޯ އެންގް ހާނި ސަލީމް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަމްރު ވިދާޅުވީ، މިފްކޯއާ އެކު ވި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށާއި އެ ކުންފުނީގެ އުފެއްދުންތަކާއި ހިދުމަތްތަށް ފުޅާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

އައިޓީސީއެފްސީގެ ސީއީއޯ އެންގް ހާނި ސަލީމް ސޮންބޮލް ވަނީ އެ ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އިއުލާނު ކޮށްފަ އެވެ. އަދި މެމްބަރު އެހެން ގައުމުތަކެކޭ އެއްފަދައިން އެ ޖަމައަތުގެ އެހީތެރިކަން ރާއްޖެ އަށް ފޯރުކޮށްދެމުން ދާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) ގެ ގަވަރުނަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.