18 މެއި 2022
އެސްޓީއޯ ގްރޫޕަށް ބޭނުންވާ ވަރުގެ ބޮޑު ފައިދާއެެއް ނުވަނީ މިފްކޯ އަށް ލިބޭ ގެއްލުން ބޮޑުވާތީ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ ގްރޫޕަށް ބޭނުންވާ ވަރުގެ ބޮޑު ފައިދާއެެއް ނުވަނީ މިފްކޯ އަށް ލިބޭ ގެއްލުން ބޮޑުވާތީ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 11 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނަސް އެ ކުންފުނީގެ ސާފު ފައިދާ އެހާ ބޮޑަށް ކުޑަވީ މިފްކޯ އަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށެވެ.
އަމްރު ވިދާޅުވިގޮތުގައި، މިފްކޯ އިން މަސް ވިއްކާ އަގަށް ވުރެ ގަންނަ އަގު މާ ބޮޑެވެ. އެހެންވެ، އެ ކުންފުންޏަށް ފައިދާ ނުވާނެ ކަމަށް އެމްޑީ ވިދާޅުވެ އެވެ.
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ކެނޑުމަށް ފަހު ފައިދާއަކީ 186 މިލިއަން ރުފިޔާ އެވެ. މިއީ އެ ކުންފުނީގެ ޖުމުލަ އާމްދަނީގެ ގާތްގަނޑަކަށް ދެ ޕަސެންޓެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ކުންފުންޏެއްގެ ގޮތުގައި މި އަހަރުގެ މެދެއްހާ ހިސާބުގައި ހިންގަން ފަށާނެ ކަމަށެވެ.
އެހެންވެ، އެ ކަމާ ގުޅޭ މަސައްކަތްތައް ޕްރައިވެޓައިޒޭޝަން ބޯޑުން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މިފްކޯ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ކުރިއަށް އޮތް ތިން މަސް ފަހުން ހިންގަން ފަށާނެ ކަމަށް އެ ބޯޑުން ބުނެފައިވެ އެވެ.
އަމްރު ވިދާޅުވީ، އެސްޓީއޯގެ ކުޑައިގެ ދަށުން މިފްކޯ ބޭރުވުމުން، އެސްޓީއޯގެ މާލީ ހިސާބުތަކުން ރަނގަޅު ބަދަލެއް ފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ތެލުގެ ވިޔަފާރި ކިތަންމެ ފުޅާކޮށް ކުރިޔަސް އެ ވިޔަފާރި އަށް ލަނީ ވަރަށް ކުޑަކުޑަ ޕްރޮފިޓް މާޖިންއެއް ކަމަށެވެ.
އޭގެ ނަތީޖާއަކީ ތެލުގެ ވިޔަފާރީގެ އާމްދަނީ އެހާ ބޮޑަސް ސާފު ފައިދާ ވަރަށް ކުޑަވުމެވެ.
މިދިޔަ އަހަރު ތެލުގެ ވިޔަފާރިން އެސްޓީއޯ އަށް ހަ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ނުވަ ސަބްސިޑަރީ ކުންފުންޏެއް ހިންގަ އެވެ. އޭގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް އާއި މޯލްޑިވް ގޭސް އާއި އެލައިޑް އިންޝުއަރެންސާއި މިފްކޯ ފަދަ ކުންފުނިތައް ހިމެނެ އެވެ.
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
މަސް ބޯޓުގެ އަގު ދޮޅު އަހަރުން ހޯދޭނެ: އަމްރު
އެސްޓީއޯ އާއި މިފްކޯ: ގަދަކަމުން ކުރުވި ކައިވެންޏެއް
މިފްކޯ އަބަދުވެސް ކަނޑުވެފައި!
މިފްކޯގެ ސަބަބުން އެސްޓީއޯ އަށް ބޮޑު ގެއްލުމެއް
މިފްކޯ އަށް މިދިޔަ ފަސް އަހަރު ބޮޑު ގެއްލުމެއް!
އެސްޓީއޯ އިން މިފްކޯއަށް 154 މިލިއަން ހޭދަކުރި
މިފްކޯ ދޫކޮށްލެވޭނީ ފައިދާވާން ފެށުމުން: އަމްރު
މިފްކޯ އަނެއްކާވެސް ވަކި ކުންފުންޏަކަށް ހަދައިފި
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް