Roadha Mihaaru
މަސް ބޯޓުގެ އަގު ދޮޅު އަހަރުން ހޯދޭނެ: އަމްރު

މަސް ބޯޓުގެ އަގު ދޮޅު އަހަރުން ހޯދޭނެ: އަމްރު

29 ޖުލައި 2021

މަސް ބޭރުކުރަން ދާ ހަރަދު މިފްކޯއިން ގެނައި އާ ބޯޓާ އެކު ކުޑަވެ، ބޯޓުގެ އަގު ދޮޅު އަހަރެއްހާ ދުވަސް ތެރޭ ހޯދޭނެ ކަމަށް މިފްކޯ ހިންގާ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސް ބޭރުކުރަން ދާ ހަރަދު މިފްކޯއިން ގެނައި އާ ބޯޓާ އެކު ކުޑަވެ، ބޯޓުގެ އަގު ދޮޅު އަހަރެއްހާ ދުވަސް ތެރޭ ހޯދޭނެ ކަމަށް މިފްކޯ ހިންގާ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ވިދާޅުވީ، މިފްކޯއިން މީގެ ކުުރިން މަސް ބޭރު ކުރަމުން އައީ ތައިލެންޑުން ބޯޓު ގެނެސްގެން ކަމަށް ވާތީ އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށެވެ. އެހެންވެ މިހާރު އެކަމަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ބޯޓު ގެންނަން 1.8 މިލިއަން ޑޮލަރު (28 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. "ޖަޒީރާ ރީފާ" ގެ ނަން ދީފައިވާ މި ބޯޓުން 2،500 ޓަނުގެ މަސް އުފުލޭނެ އެވެ.

އަމްރުގެ ޓްވީޓް

އަމްރު ވިދާޅުވީ، އާ ބޯޓަށް 21 މުވައްޒަފުން ބޭނުންވާ ކަމަށާއި މުވައްޒަފުން ރެކްރޫޓުކުރުމުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އެ ބޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 15،000ރ. އާއި 50،000ރ. ދެމެދުގެ މުސާރަ އެވެ.

ތައިލެންޑުގެ ކުންފުންޏަކުން ބޭނުންކުރަމުން އައި މި ބޯޓަކީ 98 މީޓަރުގެ ދިގު ބޯޓެކެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތައް ކަމަށްވާ އީޔޫއާއި އައިއޯޓީސީ މިންގަނޑުތަކަށް ފެތޭ ބޯޓެކެވެ.