Roadha Mihaaru
ދާއިމަށް ބޭސްކާންޖެހޭ 8،000 މީހުން ދެކުނުގައި!

ދާއިމަށް ބޭސްކާންޖެހޭ 8،000 މީހުން ދެކުނުގައި، އެންމެ ގިނައީ ކޮލަމާފުށީގެ މީހުން!

11 ސެޕްޓެމްބަރ 2022

އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި އެކަނި ވެސް ދާއިމީކޮށް ބޭސް ބޭނުންކުރަންޖެހޭ މީހުންގެ އަދަދު 8،000 އަށް އަރާ ކަމަށް ރާއްޖެ އަށް އެންމެ ގިނައިން ބޭސް އެތެރެކުރާ ކުންފުނި އެސްޓީއޯ އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު ލ. ގަމުން އާސިމާ ނިޒާރު

އެންމެ ދެކުނުގެ ހަތަރު އަތޮޅުގައި އެކަނި ވެސް ދާއިމީކޮށް ބޭސް ބޭނުންކުރަންޖެހޭ މީހުންގެ އަދަދު 8،000 އަށް އަރާ ކަމަށް ރާއްޖެ އަށް އެންމެ ގިނައިން ބޭސް އެތެރެކުރާ ކުންފުނި އެސްޓީއޯ އިން ރޭ ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެހެން ވިދާޅުވީ، ލ. ގަމުގައި ކުރިއަށް ގެންދާ "ވިއަވަތި" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއެކު އިހައްދޫ ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އޭނާ އެ މައުލޫއުގައި ވާހަކަ ދެއްކެވީ ރަށްރަށަށް ބޭނުންވާ ބޭސް ފޮނުވުމުގައި މިހާތަނަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އެ ރަށްތަކުގައި ދާއިމީ ގޮތެއްގައި ބޭސްކާ މީހުންގެ އަދަދު ނޭނގޭ މައްސަލައިގަ އެވެ.

ތ. އަތޮޅާއި ގއ، ގދ، ފުވައްމުލައް އަދި އައްޑޫގައި ދާއިމީކޮށް ބޭސްކާ މީހުންގެ އަދަދު އެސްޓީއޯ އިން ހޯދީ އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އިން އެއްކުރި މައުލޫމާތުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވިގޮތުގައި އެ ހަތަރު އަތޮޅުގައި ދާއިމީކޮށް ބޭސްކާންޖެހޭ 8،722 މީހުން އެބަތިއްބެވެ.

އަމްރު ވިދާޅުވީ، ދާއިމީކޮށް ބޭސްކާންޖެހޭ މީހުންގެ އަދަދު މިހާތަނަށް ހޯދިފައި ނެތުމުން، އާބާދީ ކުޑަ ރަށްރަށަށް މަދުން އަދި ބޮޑެތި ރަށްތަކަށް ބޭސް ފޮނުވަމުން ދިޔައީ ގިނައިން ކަމަށެވެ. އެކަމަކު، އެ މައްސަލަ އަށް މިހާރު ހައްލެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަމްރު ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި ހަކުރު ބަލީގެ މީހުން އެންމެ ގިނައީ ވެސް އެ ރަށުގައި ކަމަށެވެ. ކޮލަމާފުށީގައި ކޮލެސްޓްރޯލަށް ބޭސް ކާ 106 މީހުން، ލޭ މައްޗަށް ދާތީ ބޭސް ކާ 122 މީހުންނާއެކު، އެ ކުޑަކުޑަ ރަށުގައި ދާއިމަށް ބޭސް ކާންޖެހޭ 367 މީހުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އާބާދީ ބޮޑު ރަށަކަށް ވުރެ ކުދި ރަށްރަށުގައި ބޭސް ބޭނުންކުރާ ވަރު އިތުރުވެ، އަވަހަށް ބޭސް ހުސްވާ ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން، ފުވައްމުލަކާއި އައްޑޫ ނުހިމަނައި، ދާއިމީކޮށް ބޭސް ކެއުމުގައި އެންމެ ގިނައީ ގއ. ކޮލަމާފުށީގަ އެވެ.

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ އިސްވެރިން، ދެކުނުގެ ރަށްތަކުގެ ކައުންސިލަރުންނާ ރޭ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ އިސްވެރިން، ދެކުނުގެ ރަށްތަކުގެ ކައުންސިލަރުންނާ ރޭ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު

އަމްރު ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި ހަކުރު ބަލީގެ މީހުން އެންމެ ގިނައީ ވެސް އެ ރަށުގައި ކަމަށެވެ. ކޮލަމާފުށީގައި ކޮލެސްޓްރޯލަށް ބޭސް ކާ 106 މީހުން، ލޭ މައްޗަށް ދާތީ ބޭސް ކާ 122 މީހުންނާއެކު، އެ ކުޑަކުޑަ ރަށުގައި ދާއިމަށް ބޭސް ކާންޖެހޭ 367 މީހުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ރަށުގައި މި ވަގުތު ދިރިއުޅެނީ 700-800 މީހުންނެވެ.

"މި ރަށުގައި [ކޮލަމާފުށީގައި] ދެބައިކުޅަ އެއްބައި އެ ތިބީ ދާއިމީ ގޮތެއްގައި ބޭސް ކާ މީހުން. އެހެންވީމާ، މީގެ ކުރިން އަޅުގަނޑުމެންނަށް ނޭނގޭ ބޭސް ހުސް ވަނީ ކީއްވެގެން ކަމެއް؟ މިހާރު އިރާދަކުރެއްވިއްޔާ އެ މީހުންގެ ބޭސް ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފޮނުވާނަން. އެގޮތަށް މިހާރު ހަމަޖެހިފައިވަނީ،" އަމްރު ވިދާޅުވި އެވެ.