Roadha Mihaaru
ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައިފި

ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައިފި

13 ޖުލައި 2024

އެސްޓީއޯއިން ފެށި ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެސްޓީއޯއިން ފެށި ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އޭރު ހެދި ފީސިބިލިޓީ އާއި މިހާރުގެ ފީސިބިލިޓީ ހެދިއިރު ކުރަން ހުރި ހަރަދުތަކާ އަޅާ ބަލާއިރު، އެހާ ދެކޮޅުޖެހޭ ކަމަކަށް ނުވާތީ އެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ފުށް ފެކްޓްރީއެއް ހެދުމުގެ މަސައްކަތް އެސްޓީއޯއިން ކުރަން ފެށީ 2021 ވަނަ އަހަރު އެވެ. އެ މަސައްކަތަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ހޯދައި ދިނުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށް އޭރު އެ ކުންފުނިން ބުންޏެވެ.

ރޭގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމްހާދު ވަނީ ނ. އަތޮޅުގެ އެކުޅިވަރު ރަށުގެ ބަދަލުގައި މާލެއިން ބޮޑު ބިމެއް ހޯދާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ޝިމްހާދު ވިދާޅުވީ މާކެޓުގައި އެ ބިން ވިއްކުމަށް ވުރެ ލިބުނު ބިމުގެ އަގު މާ ބޮޑުވާނެ ކަމަށެވެ.

އެކުޅިވަރަކީ ފުވައްމުލަކު އެއާޕޯޓު ތަރައްގީ ކުރުމުން، އޭގެ ބަދަލުގައި ސަރުކާރުން އެސްޓީއޯއަށް 2017 ވަނަ އަހަރުގެ ތެރޭގައި ދިން ރަށެކެވެ. ނަމަވެސް، އޭގެ ފަހުން އެ ރަށް ތަރައްގީކުރަން އެއްވެސް މަސައްކަތެއް ފެށިފައިނުވާއިރު، އެ ރަށް ވިއްކާލުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އެގޮތުން، އެންމެ ފަހުން އެރަށް ވިއްކާލަން އެސްޓީއޯއިން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ޝިމްހާދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އާއްމުންނާއި ކުންފުންޏަށް އެންމެ ރަނގަޅު ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް ކަމަށެވެ. އެގޮތުން މިހާރު އެ ކުންފުނިން ބަންކަރިންގެ މަސައްކަތްތައް އަންނަ މަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.