20 މާޗް 2022
ކުރިޔަށް އޮތް ރޯދަ މަސް ނިމެންދެން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުރިޔަށް އޮތް ރޯދަ މަސް ނިމެންދެން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދައަށް ބޭނުންވާ ޒަރޫރީ ސާމާނު އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށެވެ. ފިޔާ، އަލުވި އަދި ބިހަކީ ކޮންމެ ރޯދަ މަހަކު ވެސް އެންމެ ޑިމާންޑް ބޮޑުވާ ކާބޯތަކެއްޗަށް ވާތީ އޭގެ އަގު ބާޒާރުގައި އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތި ބާޒާރުގައި އަގުބޮޑުވިޔަ ނުދޭން އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށްގެން ޝިޕްމަންޓުތައް ގެނެ އެވެ.
- އަލުވި ކިލޯއެއް: 13ރ. އަށް، ބަސްތާއެއް: 280ރ.
- ފިޔާ ކިލޯއެއް: 14ރ. އަށް، ބަސްތާއެއް: 300ރ.
- ބިހެއް: 1.75ރ. އަށް، ބިސް ކޭހެއް: 300ރ.
މި ތަކެތީގެ އިތުރުން އަންނަ ރޯދަ މަހު ކާޑުގެ ބަވަތްތައް ވެސް ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
- ފުއް ބަސްތާއެއް: 200ރ.
- ހަކުރު ބަސްތާއެއް: 200ރ.
- ހަނޑޫ ބަސްތާއެއް: 200ރ.
އެސްޓީއޯއިން މިހާރު ގިނަ މުދާ އެތެރެ ކުރަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގަ އެވެ. އެހެންވެ، އެ ކުންފުންޏަށް މުދާ އެތެރެ ކުރުމުގައި ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފަ އެވެ.
ކާޑުގެ އަގާ ގުޅޭނީ ރޮއްޓާއި ރިހަޔާއި ސަޔަކާ ނޫން
ސަބްސިޑީގެ ކުރިން ހުއްޓަންވީ ބޭކާރު ޚަރަދު: އެމްޑީޕީ
ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައިފި
ސަރުކާރުން ދޭ ރޯދަ ހަދިޔާ އެސްޓީއޯ ކާޑު ގުދަނުން
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އެސްޓީއޯއިން ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ
އެސްޓީއޯގައި ފިޔާ، އަލުވި ބިސް އިތުރަށް އަގުހެޔޮކޮށްފި
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
ފެކްޓަރީން ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ: އަމްރު