07 އޮކްޓޯބަރ 2016
ދިވެހިންގެ އަސާސީ ކާނާގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް އަގު ހެޔޮކޮށް ވިއްކަން ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ އެކު އެ ބާވަތްތަކުގެ އަގުތައް ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. އެކަމަކު އެ ބޮޑުވި މިންވަރަކީ ދިވެހިންގެ މިހާރުގެ ހާލަތަށް ބަލާއިރު ނުފޯރާ ވަރެއް ހެއްޔެވެ؟
ދިވެހިންގެ އަސާސީ ކާނާގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް އަގު ހެޔޮކޮށް ވިއްކަން ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ އެކު އެ ބާވަތްތަކުގެ އަގުތައް ވަނީ ދެ ގުނަ ބޮޑުވެފަ އެވެ. އެކަމަކު އެ ބޮޑުވި މިންވަރަކީ ދިވެހިންގެ މިހާރުގެ ހާލަތަށް ބަލާއިރު ނުފޯރާ ވަރެއް ހެއްޔެވެ؟
ކާޑުގެ ކޮންމެ ވައްތަރަކުން ބަސްތާއެއް ގަންނަ ނަމަ ކުރިން 600ރ. އިން ސަލާމަތް ވާނެ އެވެ. ނަމަވެސް މިހާރު 1،000ރ. އަށް ވުރެ ބޮޑުވާނެ އެވެ. އެވްރެޖް ގޭބިސީއަކަށް މަހެއްގެ މައްޗަށް ތިން ބަސްތާ ކާޑު ހުސްވާނެ ކަމަކަށް ނުފެނެ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެވްރެޖްކޮށް ގޭބިސީއެއްގައި އުޅޭ މީހުންގެ އަދަދަކީ 5.4 އެވެ. މި ރޭޓުން ބަލައިފި ނަމަ ކާޑުގެ އަގު ބޮޑުވުމުން ވެސް ކޮންމެ ގޭބިސީއަކުން މަހެއްގެ މައްޗަށް ކާޑަށް ހޭދަކުރާނީ ހާހެއްހާ ރުފިޔާ އެވެ. ނަމަވެސް ގޭބިސީގެ ކޮންމެ މީހަކަށް އޭރުން ވެސް ކާޑަށް ހޭދަކުރަން އެ ޖެހެނީ މަހެއްގެ މައްޗަށް އެންމެ 200 ވަރަކަށް ރުފިޔާ އެވެ.
މި 200ރ. ހޭދަ ނުކުރެވޭނީ އާބާދީގެ 15 ޕަސެންޓަށް ކަމަށް ބަލަމާ ހިނގާށެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ފަގީރުންގެ ނިސްބަތެވެ. އެހެންވެ ރާއްޖޭގައި ފަގީރުން ކަމަށް ބަލާ މިންގަނޑުގައި އުޅޭނީ ބައި ލައްކައެއްހާ މީހުންނެވެ. ކާޑުގެ އަަގަށް މި އައި ބަދަލަކީ އެ މީހުންނަށް ވަރަށް ބޮޑު ބުރަޔަކަށް ވާނެ އެވެ. އެކަމަކު އެއީ އަސާސީ ބޭނުންތައް ފުއްދުމަށް ފަހު ބޭކާރު ގޮތުގައި ވެސް އެކި ހޭދަތައް ކުރާ މީހުންނަށް ބޮޑު ކަމަކަށް ވެގެން ނުވާނެ އެވެ.
ކާޑުގެ އަގަށް ނިސްބަތުން އައީ ކުޑަ އިތުރުވުމެކެވެ. އެކަމަކު މިކަން އެހާ ބޮޑުވަނީ ކީއްވެ ހެއްޔެވެ؟ ކާބޯތަކެތީގެ އަގު މިކަމުގެ ސަބަބުން އުފުލެންވީ ކީއްވެ ހެއްޔެވެ؟ ކާޑުގެ ބާވަތްތަކާ ގުޅުމެއް ނެތް އެއްޗެހީގެ އަގު ވެސް އުފުލެންވީ ކީއްވެ ހެއްޔެވެ؟ ނުވަތަ ޖުމްލަ އިންފްލޭޝަން އިތުރުވާން ޖެހޭ ސަބަބެއް އެބަ އޮތް ހެއްޔެވެ؟ ވިޔަފާރިކުރާ މީހުން ހަމަ ކަމަކާ ނުލާ އަގުތައް ބޮޑުކޮށްފައި ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ޖަހަނީ ހެއްޔެވެ؟ އަދި އަމުދުން ގެދޮރުގެ ކުލި ބޮޑުކުރަނީ ކީއްވެގެން ހެއްޔެވެ؟
ކާޑުގެ އަގާ ހެދި އެހެން އަގުތައް އުފުލިގެން ނުދާނެ ކަމަށް ބުނެ، އަގަށް މި އައި ބަދަލު ދިފާއުކުރެވިދާނެ އެވެ. އެކަމަކު ހަގީގަތަކީ އިގްތިސާދެއްގައި ހުރިހާ ކަމެއް ވަނީ ގުޅި ލާމެހިފަ އެވެ. ކާޑުގެ އަގު ބޮޑުވުމުން އެހެން އެއްޗެހީގެ އަގު ބޮޑުކުރަން ޖެހޭ ސަބަބެއް ނެތޭ ބުންޏަސް، ބިމުގެ ކުއްޔާ އެކު ކަޅުސައި ތަށީގެ އަގު ވެސް ބޮޑުވާކަން، އިގްތިސާދީ މާހިރަކަށް ނޫނަސް، އެނގެ އެވެ. ހުޅުވާލެވިފައި އޮންނަ އިގްތިސާދެއްގައި ސަރުކާރުން އަޅާ ފިޔަވަޅަކުން އެއްޗެއްގެ ނުވަތަ ހިދުމަތެއްގެ އަގުން ލޯ ލާރިއެއް ބޮޑުވިޔަސް ވިޔަފާރީގެ ތެރެއިން އެ ބަދަލު ފެންނާނީ ވަރަށް ބޮޑަށެވެ. ވިޔަފާރީގައި އަބަދުވެސް ބަލަން ތިބޭނީ އަގުތަކާ ކުޅެލަން ދައްކާނެ ވާހަކައަކަށެވެ. އެ ވާހަކަ ސަރުކާރުން ނުވަތަ ނުފޫޒު ހުރި ދިމާލުން ފަށައިފި ނަމަ ބަސް ބުނާ ހިނދުން އަގުތައް އަރައިގެން ދާނެ އެވެ. މި ތިޔަރީއާ އިންކާރު ކުރެވެން ނެތީ ދުނިޔޭގެ ހުރިހާ ތަނަކުން ވެސް މި ހަގީގަތް ފެންނަމުން ދާތީ އެވެ.
އެސްޓީއޯގެ ކާޑު ގުދަނުން ކާޑު ނެރުމުގެ މަސައްކަތް ބަޔަކު ކުރަނީ. -- ފައިލް ފޮޓޯ/މިހާރު
އާންމު ހިދުމަތްތަކާއި އާންމު މުދަލުގެ އަގަށް އަންނަ ކޮންމެ އިތުރުވުމެއް ކޮންމެވެސް އެހެން ދިމާލަކުން ވެސް އިތުރުވާނެ އެވެ. އިތުރަށް ހަރަދުކުރަން ޖެހޭ ފައިސާ ފޮތީގެ އެތައް ގުނައެއް ވިޔަފާރިވެރިޔާ އާންމު މީހާގެ އަތުން ނަގާނެ އެވެ. އެކަމަކު އާދަޔާ ހިލާފަށް ހަރަދުތައް ކުޑަވެގެން ނޫން ގޮތަކަށް، ކުރިން އަގު ބޮޑުވި މުދަލެއްގެ އަގު ދަށަކަށް ނުދާނެ އެވެ. ތެލުގެ އަގު ބޮޑުވެގެން، ދަތުރުފަތުރުގެ އަގުތައް އިންތިހާ އަށް އުފުލުމަށް ފަހު ތެލުގެ އަގު ރެކޯޑް މިންވަރަކަށް ވެއްޓުމުން ދަތުރުފަތުރުގެ އަގުން އެ މިންވަރު ހެޔޮވި ހެއްޔެވެ؟ ނުވެ އެވެ. އެއީ ނިޒާމު ހިނގާ ގޮތެވެ. ޝަކުވާ ކުރިޔަސް މިކަން ބަދަލެއް ނުވާނެ އެވެ.
ހަމައެކަނި ވިޔަފާރިވެރިންގެ ވާހަކަ ނުދައްކަމާ ހިނގާށެވެ. ވަޒީފާތަކުގައި އުޅޭ މީހުން ވެސް، އުފުލޭ ކޮންމެ އަގަކާ އެކު ބޮޑު މުސާރަ އާއި އިތުރު އިނާޔަތްތަކަށް އެދޭނެ އެވެ. ވިޔަފާރިވެރިން އެކަން ވެސް ނަގާނީ ވަރަށް ބޮޑު ޕްރެޝަރެއްގެ ގޮތުގަ އެވެ. އެހެންވެ ވިޔަފާރި މުދަލާއި ހިދުމަތުގެ އަގު ވެސް ވާނީ ބޮޑެވެ. މުސާރަވެރިޔާ އޭނާގެ ހަރަދުތައް ބޮޑުވުމުން މުސާރަ ބޮޑުކޮށްދޭން އެދެން ފެށުމުން، ވަޒީފާ ދިން މީހާ އޭނާގެ ވިޔަފާރީގެ ތެރެއިން އެ ބައި އިތުރުކުރާނީ އެވެ. އަނެއްކާވެސް ބުރަ ބޮޑުވާނީ އާންމު މީހާއަށެވެ. މި ބުރަށް ނިމުމެއް ނެތެވެ.
ހަގީގަތަކީ އިގްތިސާދު ހިނގާ އާންމު ހަމަ ބަދަލު ނުކުރެވޭނެ ކަމެވެ. އޮބިއަޅައިގެން ގެންގުޅެވޭނެ ކަންކަމާއި ނުގެންގުޅެވޭނެ ކަންކަން ހުންނާނެ އެވެ. ކާޑުގެ އަގަށް އައި ބަދަލުން އާންމުންނަށް މާ ބޮޑު އަސަރެއް ނުކުރާނޭ ބުނި ކަމުގައި ވިޔަސް އެއީ ސިޔާސަތެއް ދިފާއުކުރަން ދައްކާ ވާހަކައަކަށް ނޫނީ ނުވާނެ އެވެ. ވިޔަފާރި އާއި އިގްތިސާދުގެ އާންމު ހަމަ އެންމެންނަށް ވެސް އެނގެ އެވެ. އާންމު ދިރިއުޅުމާ ގުޅުން ހުރި ކަމެއްގެ އަގާ ކިރިޔާ ވެސް ކުޅެލައިފި ނަމަ ރޫރޫ ނާޅާނެ އެއްވެސް ދިމާލެއް ނޯންނާނެ އެވެ. އެހެންކަމުން ކާޑު އަގު ބޮޑުވުމުން އުފުލޭނީ ބަތާއި ރިހަޔާއި ރޮއްޓާއި ސައިގެ އަގު އެކަންޏެއް ނޫނެވެ.
ސަބްސިޑީގެ ކުރިން ހުއްޓަންވީ ބޭކާރު ޚަރަދު: އެމްޑީޕީ
ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް
ސަރުކާރުން ދޭ ރޯދަ ހަދިޔާ އެސްޓީއޯ ކާޑު ގުދަނުން
ފިޔާ، އަލުވި، ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ
އޮކްޓޯބަރު މަހު އިންފްލޭޝަން 1.7 ޕަސެންޓް މައްޗަށް!
އޮޅުންބޮޅުން: ފުއްދާއެހީ ކަނޑާލުން
ކޮލަމް ށަވިޔަނި: ކުއްލިއަކަށް މި އައީ ކޮން ރޯޅިއެއް؟
ފިނި ކޮޓަރީގައި، ރައްޔިތުންނާ ދުރުގައި!
މިއަށް ކިޔާނީ ނިކަމެތި ރައްޔިތުން ފެލުން!
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟