Roadha Mihaaru
ރައީސްގެ ދެކަނބަލުން ހދ. ގެ ތިން ރަށަކަށް

ރައީސްގެ ދެކަނބަލުން ހދ. ގެ ތިން ރަށަކަށް ފުރާވަޑައިގެންފި

16 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރައީސާ އެކު ފަސްޓްލޭޑީ މީގެ ކުރިން ވަޑައިގެންފައިވަނީ ބޭރު ގައުމުތަކަށެވެ. މިއީ، މާލެ ސަރަހައްދުން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސާ އެކު އެ ކަމަނާ ބައިވެރިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ތިިން ދުވަހުގެ ދަތުރުފުޅުގައި އެ ދެ ކަނބަލުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށުގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި، މުއައްސަސާތަކުގެ އިސްވެރިންނާއި އެ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަން ވަނީ ހަމަޖައްސައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ދެކުނުގެ ތިން ރަށަކަށް ފުރާ ވަޑައިގަތުމަށް އެއާޕޯޓުގައި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ދެކުނުގެ ތިން ރަށަކަށް ފުރާ ވަޑައިގަތުމަށް އެއާޕޯޓުގައި.-- ފޮޓޯ: ރައީސް އޮފީސް

ދެ ވަނައަށް ވަޑައިގަންނަވަނީ އެ އަތޮޅު ކުމުންދުއަށެވެ. އެ ދެކަނބަލުން ކުމުންދޫގެ ހާއްސަ ތަންތަނަށް ޒިޔާރަތްކުރައްވައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެ އެވެ.

ހަނިމާދޫ އަށް ވަޑައިގެން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވާނެ އެވެ. އޭގެ އިތުރުން އެ ރަށުގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ދާ ގޮތް ބައްލަވާލައްވައި ހަނިމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަސްމީ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ރައީސް އޮފީހުން ވަނީ ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަށް ރައީސަށް މަރުހަބާ ކިޔުމުގެ ކަންކަން ހަމަޖެއްސުމަށް އަންގައިފަ އެވެ.