07 ޖެނުއަރީ 2024
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މޮންޓަނޭގްރޯ އަށް މިދިޔަ މަހު ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ދައުލަތުން ހަރަދުކުރީ ހަ ލައްކައެއްހާ ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މޮންޓަނޭގްރޯ އަށް މިދިޔަ މަހު ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ދައުލަތުން ހަރަދުކުރީ ހަ ލައްކައެއްހާ ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ދެކުނު އިރުމަތީގެ ގައުމެއް ކަމަށްވާ، މޮންޓަނޭގްރޯގެ ޑަންލޮވް-ގްރަޑްގައި ބޭއްވި ތިން ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ނައިބު ރައީސް ވަޑައިގަތީ މިދިޔަ މަހުގެ 23 ގަ އެވެ.
ބިޒްނަސް ކްލާހުގައި ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 27 ގަ އެވެ.
ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ ދަތުރުފުޅަށް ދައުލަތުން، 589،736ރ. ހަރަދުކޮށްފައިވެ އެވެ. އެއީ؛
- ބިޒްނަސް ކްލާހުގެ ފަސް ޓިކެޓަށް 492،746ރ.
- ފަސް ބޭފުޅުންގެ ޕޮކެޓުމަނީއަށް 64،638ރ.
- ފަސް ބޭފުޅުންގެ ފަރިއްކޮޅަށް (މޮންޓިނީގްރޯ) 23،823ރ.
- ފަސް ބޭފުޅުންގެ ފަރިއްކޮޅަށް (އިސްތަންބޫލް) 7،895ރ.
- ވިސާ ހަރަދަށް 633ރ.
މި ކޮންގްރެސްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ. ރާއްޖެއާ މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ނޮވެމްބަރު 24، 2009 ގަ އެވެ.
ނައިބު ރައީސްގެ ފުރަތަމަ ދަތުރުފުޅަށް ތިން މިލިއަން!
އިރާނާއި ޕެރިސް ދަތުރުފުޅަށް 1.8 މިލިއަން
އަހަރުތަކަކަށް ފަހު ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް
އޮލިމްޕިކްސްގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް
ރައީސްގެ ރަސްމީ ދަތުރުތަކުގެ ހަރަދުތައް ހާމަކުރަނީ
ރައީސްގެ ދެކަނބަލުން ހދ. ގެ ތިން ރަށަކަށް
ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ފަންނީ ހުނަރު ދަސްކުރަން އިލްތިމާސް ކުރައްވައިފި
"މިނިވަންކަމަށް، ގައުމިއްޔަތު ނެގެހެއްޓުން މުހިންމު"
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް