Roadha Mihaaru
އަހަރުތަކަކަށް ފަހު ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް

ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ނައިބު ރައީސަކު އީރާނަށް ވަޑައިގެންފި

29 ޖުލައި 2024

މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނައިބު ރައީސަކު، ފުރަތަމަ ފަހަރަށް އީރާނަށް މިއަދު ވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ނައިބު ރައީސަކު، ފުރަތަމަ ފަހަރަށް އީރާނަށް މިއަދު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، އީރާންގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އީރާނަށް ވަޑައިގެންފައިވާ ކަމަށެވެ.

އީރާންގެ އެއާޕޯޓުން ނައިބު ރައީސަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ނައިބު ރައީސް ޑރ. އަލައިއްދީން ބޮރޫޖަރްދީ އެވެ.

މަޖިލީހުގައި މާދަމާ ބާއްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުންނެވެ.

އީރާންގެ އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ އިސްވެރިއަކު ބައިވެރިވެވަޑައިގަންނަވާއިރު، އެ ގައުމާއެކު ގާއިމްކުރި ސިޔާސީ ގުޅުން މެއި 17، 2016 ގައި ރާއްޖެއިން އިސްވެ ކަނޑާލި އެވެ.

ފޮރިން މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޖޫން 2، 1975 ގައި ގާއިމްކުރި ގުޅުން ކަނޑާލީ އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ އަށް އީރާނުން ހުރަސް އަޅަމުން ދާތީ އެވެ.

ނަމަވެސް، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖެ އާއި އީރާނުން ވަނީ މާޗު 10، 2023 ގައި ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ.