06 ޖެނުއަރީ 2025
އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ޖީ ބާލާސުބްރަމާނިއަންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ޖީ ބާލާސުބްރަމާނިއަންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
އެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުން ފެށިގެން ސަފީރު، ރައީސް އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގަ އެވެ.
ރައީސް އޮފީހުން ބުނީ މަގާމުގެ ފަތްކޮޅު އެރުވުމަށް ފަހު، އިންޑިއާގެ އާ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ހެޔޮ އެދުންތައް ރައީސް މުއިއްޒަށް ރައްދު ކޮށްދެއްވާފައި ކަމަށެވެ.
ރައީސް މުއިއްޒާއި ސަފީރު ވަނީ ރާއްޖެ-އިންޑިއާގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި އެ ގައުމުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ބާލާސުބްރަމާނިއަން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ބާލާސުބްރަމާނިއަނަކީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ރާއްޖޭގެ ސަފީރުކަމާ ހަވާލުވުމާ ހަމައަށް އޭނާ ހުންނެވީ އިންޑިއާ އިން ނައިޖީރިއާއަށް ކަނޑައެޅި ސަފީރުގެ މަގާމުގަ އެވެ.
ބާލާސުބްރަމާނިއަން ވަނީ މޮސްކޯ އާއި ތައިލެންޑުގެ ބެންކޮކުގައި ހުންނަ އިންޑިއަން މިޝަންގެ ޑެޕިއުޓީ ޗީފްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ. ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކްގައި އިންޑިއާގެ ޑެޕިއުޓީ ޕާމަނަންޓް ރިޕްރެޒެންޓޭޓިވް އަކީ ވެސް ބާލާސުބްރަމާނިއަން އެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރަކަށް ބާލާސުބްރަމާނިއަން އައްޔަން ކުރެއްވީ ސަފީރުކަމުގައި ކުރިން ހުންނެވި މުނޫ މަހާވަރުގެ ދައުރު ނޮވެމްބަރު 2023 ގައި ހަމަވުމުންނެވެ.
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
"ރާއްޖެ-އިންޑިޔާއާ ދެމެދު އޮތީ މާ ގާތް ގުޅުމެއް"
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު އިންޑިއާ އިން ދޮގުކޮށްފި
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި