16 ޑިސެމްބަރ 2024
ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަހުތްތެރި ގައުމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަހުތްތެރި ގައުމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މި ވަގުތު ހުންނެވީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާ އެކު، ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ނައިބު ރައީސް ތަގުރީރު ކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސްގެ ތަގުރީރުގައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަމަންޓުން ބަހައްޓާ ގާތްކަމާއި އަދާކުރާ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާ މެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ގައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބު ކަމަށެވެ.
ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުމަކީ، ދެ ގައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް
ޗައިނާއިން އިސްކަން ދެނީ ހިލޭ އެހީ ދިނުމަށް: ސަފީރު
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"
ޗައިނާގެ ސަފީރު، އިންތިހާބީ ރައީސް މުއިއްޒުގެ އަރިހަށް