25 ޖުލައި 2019
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިރޭ ބާއްވަވައިފި އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިރޭ ބާއްވަވައިފި އެވެ.
ދަރުބާރުގޭގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ގިނަ އަދަދެއްގެ ބޭފުޅުން ބައްދަލުކުރައްވައި ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (ކ) ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަލާމްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ ވެސް ބައިވެރިވެވަޑައިގަތެވެ. ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި ވަޒީރުންނާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅުންނާއި މަޖިލިސް މެމްބަރުންނާއި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ހިންގަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މާދަމާ ރޭ ގަލޮޅު ދަނޑުގައި އޮންނައިރު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ޕެރޭޑު އޮންނާނެ އެވެ. ފުޅަނދުބުރު އޮންނާނީ އަންނަ އާދިއްތަ ދުވަހެވެ.
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި
ރައީސްގެ ދެކަނބަލުން ހދ. ގެ ތިން ރަށަކަށް
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ބަންދު
ރައީސް، ސިންގަޕޫރުގެ ވެރިންނާ ބައްދަލުކުރައްވައިފި
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
ރައީސްގެ ދެކަނބަލުން މުލީއާގެއިން ނިކުމެވަޑައިގެންފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ކެމްޕޭނަށް ހުރަސްއަޅައި ކުރި ފުރައްސާރަ ކުށްވެރިކޮށްފި