Roadha Mihaaru
ރައީސްގެ ދެކަނބަލުން މުލީއާގެއިން ނިކުމެވަޑައިގެންފި

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރައްވައި، ނިކުމެވަޑައިގެންފި

10 ނޮވެމްބަރ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ ދޫކުރައްވައި، ނިކުމެ ވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ ދޫކުރައްވައި، ނިކުމެ ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރައްވައި ވަޑައިގެންނެވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ އާއިލީ ގެކޮޅު މ. ސަނީއަށެވެ. ނޮވެންބަރު 17، 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސްގެ ދެކަނބަލުން މުލީއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

ރައީސްގެ ދެކަނބަލުން މުލީއާގެ ދޫކުރެއްވި ނަމަވެސް، އެގެއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިރިއުޅުން ބަދަލުކުރައްވާ ކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުލިއާގެ ބޭނުންކުރީ ޕީޕީއެމްގެ ކެމްޕެއިނަށާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކަށެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގެވި ސިޔާސީ ހަރަކާތްތަކަށް ވެސް އެތަން ބޭނުން ކުރި އެވެ.

މީގެ 104 އަހަރު ކުރިން އައްސުލްޠާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގަ އެވެ.