Roadha Mihaaru
ރައީސްގެ ފުރަތަމަ އީދު ސަލާމްކުރެއްވުން މުލީއާގޭގައި

ރައީސްގެ ފުރަތަމަ އީދު ސަލާމް ކުރެއްވުން މުލީއާގޭގައި

02 ޖޫން 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ފިތުރު އީދު ދުވަހުގެ އީދު ސަލާމް ކުރެއްވުން، އެމަނިކުފާނު ދިރިއުޅުއްވާ ސަރުކާރުގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ފިތުރު އީދު ދުވަހުގެ އީދު ސަލާމް ކުރެއްވުން، އެމަނިކުފާނު ދިރިއުޅުއްވާ ސަރުކާރުގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ އީދު ސަލާމް ކުރެއްވުން އޮންނާނީ އީދު ދުވަހުގެ ހެނދުނު 9:30-10:30 އަށް ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.

ރައީސްގެ އީދު ސަލާމް ކުރެއްވުމުގައި ވީހާ ވެސް ގިނަ އާއްމުންނާއި ބޭރުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތައް ބައިވެރިވުމަށް ރައީސް އޮފީހުން އެދެ އެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްރަނި ބަގީޗާ އާއި ދަރުބާރުގޭގައި އީދު ސަލާމް ކުރެއްވުން ބާއްވާފައި ވެ އެވެ.