Roadha Mihaaru

ރައީސްގެ ފޭން ޔޫސުފް މި އިނީ ވަރަށް އުފަލުން

28 އޯގަސްޓް 2023

އުމުރުން ހަ އަހަރުގެ ޔޫސުފް އިޒާން އަހުމަދު ވަހީދު މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެ އިނީ ވަރަށް އުފަލުންނެވެ. އުމުރުން ހަތަރު އަހަރުން ފެށިގެން އޭނާ ދުށް އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްކީ ހީކުރި ވަރަށްވުރެ ވެސް އުފާވެރިކޮށެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އުމުރުން ހަ އަހަރުގެ ޔޫސުފް އިޒާން އަހުމަދު ވަހީދު މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެ އިނީ ވަރަށް އުފަލުންނެވެ. އުމުރުން ހަތަރު އަހަރުން ފެށިގެން އޭނާ ދުށް އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްކީ ހީކުރި ވަރަށްވުރެ ވެސް އުފާވެރިކޮށެވެ.

ކުޑަކުޑަ ޔޫސުފަކީ ރައީސްގެ ބޮޑު ފޭނެކެވެ.

ޔޫސުފް މަންމަ ނަޖުމާ ލައްވައި ފޭސްބުކަށް ވީޑިއޯއެއް އަޕްލޯޑްކުރުމުން ރައީސް ވަނީ މުލިއާގެއަށް ޔޫސުފަށް ދައުވަތު ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ޔޫސުފްގެ ވާހަކަތައް ކިޔައިދޭން ފުރުސަތު ލިބުނެވެ.

"ޔޫސުފް ވަރަށް އިމްޕްރެސްވާ ޕާސަނާލިޓީއެއް ރައީސް ސޯލިހަކީ، އަބަދުވެސް އެންމެ ކުޑައިރުން ފެށިގެން ވެސް ބޭނުންވާނެ ރައީސާ ބައްދަލުކުރަން. ޓީވީން ފެނުނަސް އަބަދުވެސް ބަލާނެ. ތަނެއްގައި ހުއްޓާ ވެސް ރައީސް ޓީވީން ފެންނަހެން ހީވިޔަސް، އަޑު އިވުނަސް ދާނެ ދުވެފައި ކައިރިއަށް. ވަރަށް ކުޑައިރުއްސުރެ، ގާތްގަނޑަކަށް ހަތަރު އަހަރުން ފެށިގެން ވެސް އެހެން އުޅޭނެ ރައީސް ފެނުނަސް އަޑު އިވުނަސް،" ޔޫސުފްގެ މަންމަ ނަޖްމާ އަބްދުﷲ ބުންޏެވެ.

ރައީސްއާ ބައްދަލުކުރަން ޔޫސުފް އެތައް ފަހަރަކު މަސައްކަތްކޮށްފި އެވެ. ރައީސްގެ ވާހަކަ އަބަދު ދައްކަމުން ގޮސް ރައީސްއާ ބައްދަލުވޭތޯ އެންމެ ފުރަތަމަ ޔޫސުފް މަސައްކަތްކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ހިޔާ ސަރަހައްދަށް ރައީސް ވަޑައިގަތް ދުވަހަކު އެވެ.

"...ޔޫސުފް ކިޔާނީ ރައީސް މުހައްމަދު ސޯލިހް، އަޅުގަނޑު ކައިރީ އަހައިފި މިތާ ރައީސް މުހައްމަދު ސޯލިހް އެބަ އުޅުއްވާތޯއޭ، ރައީސްގެ މޮޓޯކޭޑް ފެނިގެން ވަރަށް އިމްޕްރެސް ވެގެން ބުނެފި، ހިނގާށޭ ޔޫސުފް ގޮވައިގެން ރައީސާ ބައްދަލުކުރަން،" ޔޫސުފްގެ މަންމަ ކިޔައިދިނެވެ.

ޔޫސުފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މުލިއާގޭގައި. -- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ޔޫސުފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މުލިއާގޭގައި. -- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ނަމަވެސް އެރޭ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތުމުން އެތަނަށް ވަންނަން އުނދަގޫވާނެ ކަމަށާއި އެހެން ދުވަހަކުން ރައީސާ ބައްދަލުކުރާނީ ކަމަށް ބުނެ ޔޫސުފް ގޮވައިގެން ގެއަށް ދިޔައީ ކަމަށް ނަޖުމާ ބުންޏެވެ.

"އެރޭ ދެން ވަރަށް ދެރަވެގެން ގެއަށް ދިޔައީ. އަޅުގަނޑު އެހެންވެ ބުނިން އެހެން ދުވަހަކުން އަންނާނީއޭ ރައީސާ ބައްދަލުކުރަން،"

މާޝަލް އާޓްސް ކްލާހުގައި ބޭއްވި ހަރަކާތެއްގައި ޔޫސުފަށް ލިބުނު ސެޓްފިކެޓެއް ހިފައިގެން.--

މާޝަލް އާޓްސް ކްލާހުގައި ބޭއްވި ހަރަކާތެއްގައި ޔޫސުފަށް ލިބުނު ސެޓްފިކެޓެއް ހިފައިގެން.--

އޭގެ ދުވަސްކޮޅެއް ފަހުން ހުޅުމާލެ 2 ގައި ކްލިނިކެއް ހުޅުއްވައިދެއްވަން ރައީސް ވަޑައިގަންނަވާ ކަމަށް ޔޫސުފަށް މީހެއްގެ ފަރާތުން އެނގުނެވެ. ޔޫސުފްގެ މަންމަ ބުނީ އެއީ ޔޫސުފް ސްވިމިން ކްލާހަށް ދާން އޮތް ދުވަހެއް ކަމަށާއި އެހެންވެ އެ ދުވަހު ބޭނުންވީ ސްވިމިން އަށް ވެސް ނުގޮސް ރައީސްއާ ބައްދަލުކުރަން ދާން ކަމަށެވެ.

އެކަމަކު އެ ދުވަހު ކަންތަންވީ ދެރަކޮށެވެ.

"ސުވިމިން އަށް ދާކަށް އެއްބަހެއް ނުވި. އެހެން ހުއްޓައި ރައީސް ވަޑައިނުގަންނަވައި، ނައިބް ރައީސް ވަޑައިގަތީ އެތަން ހުޅުވައިދެއްވަން. ދެން ދެރަވެގެން ރުޅި އައިސް، ރޮއެ. އެ ދުވަހު ވެސް ރައީސާ ބައްދަލު ނުވީމަ،" ނަޖުމާ ބުންޏެވެ.

ޔޫސުފް ސިފައިންގެ ޔުނިފޯމްގައި.

ޔޫސުފް ސިފައިންގެ ޔުނިފޯމްގައި.

އޭގެ ދުވަސްކޮޅެއް ފަހުން ޔޫސުފް މަންމަ ގާތު އެދުނީ ރައީސަށް ސިޓީއެއް ލިޔެދޭށެވެ.

"ބުނެފި ޔޫސުފް ވަރަށް ބޭނުމޭ ރައީސާ ބައްދަލުކުރަން. ރައީސް މުހައްމަދު ސޯލިހަށް ސިޓީއެއް ލިޔެދޭށޭ. އަޅުގަނޑުދެން އެހާ ވަރަކަށް އެކަމަކާ ނޫޅެން. އެހެން ހުއްޓާ ޔޫސުފް ވަރަށް ބަލިވެގެން ރަނގަޅުވެގެން އެއްދުވަހު ޓީވީ ބަލަން އޮއްވައި އަނެއްކަ މި ފެންނަނީ ރައީސް،" ނަޖުމާ ބުނީ އެ ހިސާބުން އަނެއްކާ ސިޓީގެ މަތިން ހަނދާންވެ އެ ވާހަކަ ދައްކަން ފެށި ކަމަށެވެ.

"ޓީވީ ފެނިގެން ހަނދާންވެގެން ބުނެފި އެއްކަލަ ލެޓާ ލިޔެފިން ހެއްޔޭ. ބުނީމަވެސް ނުލިޔަމެއްނުން ހެއްޔޭ. އެދުވަހު ވަރަށް ކިޔައިގެން ދެން އަޅުގަނޑު ބުނެފިން އޯކޭއޭ ލިޔެދީފާނަމޭ. ޓީވީ ކައިރީ އިނދެ، ލިޔެދިނީމާ އޭގެ މަތީގައި ޔޫސުފް އަމިއްލައަށް އެ ހުރީ ލިޔެފައި. ދެން ބުނީ މީތި ލައިދޭށޭ ޔޫޓިއުބަށް. ދެން އަޅުގަނޑު ބުނެފިން ޔޫޓިއުބަކަށް ނުލެވޭނޭ. ދެން ބުނެފި އެހެންވިއްޔާ މި ސިޓީ ރައީސް ސޯލިހަށް ފޮނުވަދޭށޭ. ދެން އަޅުގަނޑު ބުނެފިން އެންމެ ފަސޭހައިން މަންމައަށް ފޮނުވޭނީ މިގޮތަށޭ، އަންނާށޭ ވީއޯއެއް ކޮށްލަދޭނަމޭ،"

ޔޫސުފް: އެންމެ ކުޑައިރުން ފެށިގެން ދެކެން ބޭނުންވަނީ ރައީސާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެ ދުވަހެއް.--

ޔޫސުފް: އެންމެ ކުޑައިރުން ފެށިގެން ދެކެން ބޭނުންވަނީ ރައީސާ ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެ ދުވަހެއް.--

އެ ސިޓީ ޔޫސުފް ކިޔައި އެ މަންޒަރު ވީޑިއޯކޮށް ފޭސްބުކްގައި ޕޯސްޓްކުރީ އެވެ. އެކަމަކު ރައީސްއާ ހަމަޔަށް އެ ފޯރާ ގޮތެއް ނުވި އެވެ.

"އެ ވީޑިއޯ ލީފަހުން ކޮންމެ ދުވަހަކު އަހާނެ، ރައީސް ނުގުޅާ ހެއްޔޭ، ޔޫސުފް ބޭނުމޭ ރައީސާ ބައްދަލުކުރަން. އަގަނޑުވެސް ވަރަށް މަސައްކަތް ކުރިން، އެކި ގޮތްގޮތަށް އުޅެއުޅެ ވެސް އަޅުގަނޑަކަށް އެ ރައީސާ ހަމައަށް ދާގޮތެއް ނުވި."

އެއީ މީގެ ދެ އަހަރު ކުރި ނަމަވެސް ޔޫސުފްގެ އެ ހުވަފެން ހަގީގަތަކަށް ހަދަން ނަޖްމާ އައީ މަސައްކަތްކުރަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ނިންމި ޖަލްސާ އެ ޕާޓީން ބޭއްވި ހުޅުމާލެ ރުއްގަނޑުގަ އެވެ. އެ ދުވަހު ހަވީރު ޔޫސުފް ގޮވައިގެން ނަޖްމާ ނުކުތީ ސެންޓްރަލް ޕާކަށް ދާށެވެ. ބޮޑުމަގުގެ ހިސާބަކުން ބަންދުކޮށްފައި އޮތުމުން ޔޫސުފް މަންމަ ކައިރީ އަނެއްކާވެސް ސުވާލުކުރަން ފެށީ އެއީ ރައީސް ވަޑައިގެން އުޅުއްވަނީތޯ އެވެ.

"ޔޫސުފަށް އަނެއްކާވެސް މި ފެންނަނީ ރުއްގަނޑު ސަރަހައްދުގައި ބެނާއެއްގައި، ރައީސްގެ ފޮޓޯ ޖަހާފައި ހުއްޓައި. ދެން އެނގިއްޖެ އެއީ ރައީސްކަން. ބުނެފި މަންމީއޭ އެތަނަށް ރައީސް ވަޑައިގަންނަވާނޭ އެބަ ހުއްޓޭ އެތާ ފޮޓޯ ޖަހާފައި. މިއަދު ދާނީ ސެންޓްރަލް ޕާކަކަށް ނޫނޭ، ރައީސާ ބައްދަލުކުރަށޭ ދާނީ،" ނަޖްމާ ބުންޏެވެ.

ޔޫސުފް ޕޮލިސް ޔުނީފޯމުގައި: ބޮޑުވެގެން ވާން ބޭނުންވަނީ ޕޮލިހަކަށް.--

ޔޫސުފް ޕޮލިސް ޔުނީފޯމުގައި: ބޮޑުވެގެން ވާން ބޭނުންވަނީ ޕޮލިހަކަށް.--

އެކަމަކު ނަޖުމާ މަސައްކަތްކުރަނީ ކަރެކްޝަންސްގައި ކަމަށް ވެފައި ސިޔާސީ ކަންކަމުގައި ނޫޅެވޭތީ އެތަނަށް ދާން ފަސްޖެހިފައި ހުރެގެން ވެސް އެތަނަށް ދިޔަ އެވެ.

ރައީސް ވަޑައިގަތް ވަގުތު މީހުން ގިނަކަމުން ޔޫސުފަށް ރައީސާ ބައްދަލު ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ޖަލްސާ ނިމެންދެން ޔޫސުފް، މަޑުކުރީ ވެސް ރައީސާ ބައްދަލުވާނެ ކަމުގެ އުންމީދުގަ އެވެ.

"އެ ދުވަހު މިނިސްޓަރު މާރިޔާ އާއި ރައީސާ ވަރަށް ބައިވަރު މީހުން ވާހަކަ ދެއްކެވި. އެ ހުރިހާއިރު އެތާ ހަމަ ކޮޅަށް. ފައިވާޅުވެގެން ވެސް އުޅުނު އެކަމަކު ހަމަ ކެތްކޮށްލައިގެން، ރައީސާ ބައްދަލުކުރާ ހިތުން. ގެއަށްދާން ވެސް އެއްބަސްނުވި. ރައީސާ ބައްދަލުކޮށްފައޭ ގެއަށް ދާނީވެސް."

ޔޫސުފްގެ އާއިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަނބިކަނބަލުން ފަޒްނާއާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގެން.-- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ޔޫސުފްގެ އާއިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަނބިކަނބަލުން ފަޒްނާއާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގެން.-- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

އެ ދުވަހު ޖަލްސާ ނިންމަވާލެއްވުމަށް ފަހު ރައީސް ވަޑައިގަތުމުގެ ކުރިން އާންމުންނާ ސަލާންކުރި އިރު ޔޫސުފާ ސަލާންކޮށްލެއްވި އެވެ.

"އެ ދުވަހު ގެއަށް އަންނަމުން ބުނަނީ، މަމްމިއަށް އެނގޭހެއްޔޭ 'ޓުޑޭ އިޒްދަ ބެސްޓް ޑޭ އޮފް މައި ލައިފް' އޭ. ރައީސާ ބައްދަލުވީމަ."

އެ ދުވަހު އުފާ ވިޔަސް، ޔޫސުފް ބޭނުންވަނީ ރައީސާ ބައްދަލުކޮށް ވާހަކަ ދައްކާލަން ކަމަށް ވާތީ ހުރީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އެހެންވެ ރައީސާ ބައްދަލުވޭތޯ ކުރި މަސައްކަތުގައި ނިންމީ ކުރިން ހެދި ވީޑިއޯ އަނެއްކާ ވެސް ސޯޝަލް މީޑިއާއަށް ލާށެވެ.

މީގެ ތިން ދުވަސް ކުރިން އެ ޕޯސްޓު ފޭސްބުކަށް ލުމުން ރައީސާ ބައްދަލުކުރަން އެހީވެދެއްވީ ޗައިލްޑްސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގެވެ.

"ހޮނިހިރު ދުވަހުގެ މެންދުރު މުލިއާގެއިން ގުޅީ. ޔޫސުފަށް ރައީސް ދައުވަތު ދެއްވާފައޭ އޮތީ. ހަވީރު ފަހެއް ޖަހާއިރަށް އާދެވިދާނެތޯއޭ."

ޔޫސުފްގެ އާއިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަނބިކަނބަލުން ފަޒްނާއާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގެން.-- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ޔޫސުފްގެ އާއިލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަނބިކަނބަލުން ފަޒްނާއާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގެން.-- ފޮޓޯ: ނަޖޫ އަބްދުﷲ/ ފޭސްބުކް

ޔޫސުފްގެ އެސިޓީ ރައީސްގެ ދެކަނބަލުންނާ ހަމައަށް ފޯރައި ޔޫސުފްގެ ހުށަހެޅުން ރައީސް ގަބޫލުފުޅުކުރެއްވި އެވެ. ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވައި ރައީސްގެ ދެކަނބަލުން ވަނީ ޔޫސުފާ ބައްދަލުކުރެއްވި އެވެ.

"ނިންމާފައި އަންނަނަމުން ރައީސަށް އިންވައިޓް ވެސް ކުރި، ބުނި އަޅުގަނޑުގެ ގެއަށް ވަޑައިގަންނަވައްޗޭ. ރައީސް ވިދާޅުވީ ވަޑައިގަންނަވާނަމޭ. އިއްޔެ ހެނދުނު ހޭލައިގެން ވެސް އެންމެ ފުރަތަމަ ވެސް އައިސް ބުނަނީ މަންމީ ހަންދާން އެބަހުރިހެއްޔޭ އިއްޔެ ދިޔައީމެއްނުންހޭ ރައީސާ ބައްދަލުކުރަން. ރީތިވާން ހުރެގެން ވެސް ކިޔަނީ ޕްރެޒިޑެންޓް ވަރަށް ފްރެންޑްލީއޭ ވަރަށް ރަނގަޅޭ، ވާހަކަ ދެއްކިއޭ ޔޫސުފްއާ،" ނަޖުމާ ކިޔައިދިނެވެ.

"އެ މީޓިންގަ ދެއްކީ މިހާރު ޔޫސުފަށް ކިކް ބޯޑާ ނުލާ 25 މީޓާއަށް ފަތަން އެނގޭ ވާހަކަ އާއި މާޝަލް އާޓްސްއަށް ދާވަހަކަ. ވަރަށް ފަހުން އޭގެން ޕްރޮމޯޝަން ބޭއްވި ވާހަކަ."

ޔޫސުފްގެ ބޮޑު ހުވަފެން ހަގީގަތަށް ހަދައިދިނީތީ ރައީސްގެ ދެކަނބަލުންނަށް ޝުކުރު އަދާކުރައްވަމުން ނަޖުމާ ބުނީ ޔޫސުފް ރައީސާ ވަރަށް ގިނަ ވާހަކަ ދެއްކި ކަމަށެވެ. ބޮޑުވެގެން ޔޫސުފްގެ ބައްޕަ ގޮތަށް ޕޮލިހަކަށް ވާން ބޭނުން ވާހަކަ އާއި އެކި މައުލޫމާތަކަށް ވާހަކަ ދެއްކި ކަމަށް ބުންޏެވެ.