01 ޖުލައި 2021
މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
އެމްއެންޔޫގެ ވައިސް ޗާންސިލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، އެމްއެންޔޫގެ ލެކްޗަރާ ކަމުގެ ވަޒީފާއިން ދީނީ އިލްމުވެރިޔާ އިޔާޒް ވަކިކުރީ އެކިފަހަރު މަތިން ވާހަކަ ދެކެވި، ފަހުގެ އިންޒާރު ދިނުމަށް ފަހު ކަމަށެވެ.
އެގޮތުން މި އަހަރުގެ މާޗް މަހު އިޔާޒް ސަސްޕެންޑުކޮށް، ފަހުގެ އިންޒާރު ދިނުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އިޔާޒާ ވާހަކަ ދައްކާފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އިޔާޒް މަގާމުން ވަކިކުރީ، ފަހުގެ އިންޒާރަށް ފަހު ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އޭނާއާ ގުޅޭ އާންމުންގެ ފަރާތުން 190 އެއްހާ ޝަކުވާގެ ސިޓީ އެމްއެންޔޫ އަށް ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިޔާޒް ވަކިކޮށްފައި މި ވަނީ، އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ.
މިކަމާ ބެހޭ ގޮތުން އިޔާޒް ފޯނު ނުނަންގަވާތީ، އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
ވަޒީފާއިން ވަކިކުރުމުން އިޔާޒު ޓްރައިބިއުނަލް އަށް
އިޔާޒު ވަކިކުރީ ދީނާދެކޮޅު ބައެއްގެ ނުފޫޒުން: އަދާލަތު
އިޔާޒް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށް ނިންމައިފި
އިޔާޒަށް އެޅި ފިޔަވަޅު އިންސާފުވެރިއެއް ނޫން: އިމްރާން
ޑރ. އިޔާޒްގެ ސަސްޕެންޝަން އުވާލައިފި
އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން: ޑރ. އިޔާޒް
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ކަރަންޓް ބިލް ބޮޑުވާތީ އެމްއެންޔޫއިން ދިރާސާއެއް ހަދަނީ
ގާނޫނުއަސާސީއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
ފުރަތަމަ އެމްބީބީއެސް ބެޗުން ހުރިހާ ދަރިވަރުން ފާސް