28 އެޕްރީލް 2022
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނަވަނިކޮށް، ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު ސަސްޕެންޑްކުރީ ގަވާއިދާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނަވަނިކޮށް، ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު ސަސްޕެންޑްކުރީ ގަވާއިދާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
އެ ޓްރައިބިއުނަލުން ބުނީ، އިޔާޒް ވަޒީފާ އަށް ނުކުތުން މަނާކޮށް އަދި އިންޒާރު ދީފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އެ އިދާރާ އިން ނިންމާފައިވާ ކަމަށެވެ.
ދީނީ އިލްމުވެރިޔާ އިޔާޒް "މިހާރު" އަށް ވިދާޅުވީ ވަޒީފާ އިން ސަސްޕެންޑްކުރި މައްސަލަ އާއި އިންޒާރުދިން މައްސަލައިގައި، ޓްރައިބިއުނަލުން އޭނާގެ ކޮޅަށް މައްސަލަ ނިންމާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެމްއެންޔޫ ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް އެމްއެންޔޫގެ ވެރިންނަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.
އިޔާޒް ސަސްޕެންޑްކުރީ މާޗް، 2019 ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އެމްއެންޔޫގެ ގަދަރުކުޑަވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. އޭނާ 14 ދުވަހަށް ސަސްޕެންޑްކުރި ނަމަވެސް، ފަހުން އެމްއެންޔޫ އިން އެ ސަސްޕެންޝަން އުވައިލި އެވެ.
އެ މައްސަލަ ޓްރައިބިއުނަލުން މިއަދު ނިންމައިރު، އެމްއެންޔޫގެ ވަޒީފާ އިން މިދިޔަ އަހަރު ޖުލައިގައި އޭނާ ވަކިކުރި މައްސަލަ އަދި ނުނިމެވެ.
އޭނާ ވަޒީފާ އިން ވަކިކުރީ، ޔުނިވާސިޓީން އިންޒާރު ދީފައި އޮއްވައި ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލުފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް އެމްއެންޔޫ އިން ބުނެފައިވެ އެވެ.
އިޔާޒް ވަަޒީފާއިން ވަކިކުރީ، އަންހެންކުދިން ހިތާނުކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ. ނަމަވެސް، އިޔާޒު ވިދާޅުވެފައި ވަނީ، އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ އެއީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ބަޔަކު ބުނާތީ އެކަމުގެ ހަގީގަތް ހާމަކުރުމަށް ކަމަށެވެ.
އިޔާޒް ވަކިކުރީ ގޯސްކޮށް، އަލުން ވަޒީފާދޭން އަންގައިފި
ވަޒީފާއިން ވަކިކުރުމުން އިޔާޒު ޓްރައިބިއުނަލް އަށް
ޖެނިފާއަށް ވަޒީފާ ދިނުން ހައި ކޯޓުން ހުއްޓުވައިފި
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަންޑިވިޝަން ހަދައިފި
އޭސީސީން މުވައްޒަފަކަށް ފިޔަވަޅު އެޅީ ގޯސްކޮށް:ހައިކޯޓް
އަރަބިއްޔާގެ ޕްރިންސިޕަލްކަން ޝުޖާއުއަށް ދޭން އަންގައިފި
ޓްރައިބިއުނަލް މެމްބަރުންގެ މެޓާނިޓީލީވް އިތުރުކޮށްފި
ވަޒީފާއަށް ނުނެރެ ފަސް އަހަރު، ދެ އަހަރުގެ މުސާރަދެނީ
މުސާރައިގެ ކުރިއެރުން ނުދޭ މައްސަލަ ހައި ކޯޓަށް