މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތެވެލި ކޮންފަރެންސާ އެކު ރާއްޖޭގެ ފުރަތަމަ، ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމް ބާއްވަން ނިންމައިފި އެވެ.
07 މެއި 2025
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތެވެލި ކޮންފަރެންސާ އެކު ރާއްޖޭގެ ފުރަތަމަ، ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމް ބާއްވަން ނިންމައިފި އެވެ.
އެމްއެެންޔޫ އިން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ތެވެލި ކޮންފަރެންސް މި އަހަރު އޮންނާނީ އަންނަ އޯގަސްޓް މަހުގެ 18 އިން 20 އަށެވެ.
ސްޓޫޑަންޓް ރިސާޗު ސިމްޕޯޒިއަމަކީ އެ ޔުނިވާސިޓީގައި ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ހާއްސަކޮށްގެން، ދަރިވަރުންގެ މެދުގައި ދިރާސާކޮށް، ސައިންޓިފިކް ޕޭޕަރު ލިޔުމާއި ސައިންޓިފިކް ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލުކަން އިތުރުކުރަން ބާއްވާ ސިމްޕޯޒިއަމެކެވެ.
އެމްއެންޔޫ އިން ބުނީ އެ ސިމްޕޯޒިއަމް އޮންނާނީ ތެވެލި ކޮންފަރެންސްގެ ފުރަތަމަ ދުވަހު ކަމަށެވެ. އެ ކޮންފަރެންސްގައި އަންޑާގްރެޖުއޭޓް ރިސާޗް އެކްސެލެންސް" އެވޯޑާއި "ބެސްޓް ފެކަލްޓީ އެވޯޑް" ދޭނެ އެވެ.
އެމްއެންޔޫ އިން ބުނި ގޮތުގައި ސްޓޫޑެންޓް ރިސާޗު ސިމްޕޯޒިއަމްގެ އެބްސްޓްރެކްޓް ބުކް އަދި ތެވެލި 2025 ގެ އެބްސްޓްރެކްޓް ބުކް ތެވެލީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ. އަދި މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗުގެ ތެވެލި ސްޕެޝަލް އިޝޫގައި އެވޯޑުތަކަށް ހޮވޭ ކަރުދާސްތައް ޕަބްލިޝް ކުރާނެ އެވެ.
އެމްއެންޔޫ އިން މިހާރު ވަނީ "ތެވެލި ބައިނަލްއަގްވާމީ ކޮންފަރެންސް" އަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެ ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ "އިވޯލްވިން ޕެރެޑައިމްސް: މާޖިން ރިސާޗު، އެވިޑެންސް އެންޑް ޕްރެކްޓިސް" އެވެ.
އެމްއެންޔޫ އިން ބުނީ މިއީ އިލްމީ ހޯދުންތަކުގެ އަލިކަން ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށް ފެތުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ. އެހެންވެ، ދިރާސާ ކުރާ ފަރާތްތަކާއި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމާއި އެފަދަ ސަގާފަތެއް ދަރިވަރުންގެ މެދުގައި އަށަގެންނެވުމުގެ އިތުރުން ބޭރުގެ ދިރާސާވެރިންނާ ގުޅުވާލަދީ ދިރާސާ ކުރުމުގެ އާ ގޮތްތަކާއި އާ ހިޔާލުތަކަށް ލިބޭ ޕްލެޓްފޯމަކަށް މި ކޮންފަރެންސް ވެގެންދެ އެވެ.
އަހަރަކަށް ފަހު އަހަރެއް މި ކޮންފަރެންސްގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވުމަކީ އެ ކޮންފަރެންސްގެ ކާމިޔާބީއެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެެ.
އެމްއެންޔޫ އިން މިދިޔަ އަހަރު ބޭއްވި ތެވެލި ކޮންފަރެންސްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރު އެ ކޮންފަރެންސްގައި ވަނީ ރިކޯޑު އަދަދަކަށް ޕޭޕަރު ހުށަހަޅައިފަ އެެވެ. ޖުމްލަ 206 ފަރާތަކުން ޕޭޕަރު ހުށަހެޅި އެ ކޮންފަރެންސްގައި 40 އަށް ވުރެ ގިނަ ޕޭޕަރު ހުށަހެޅީ ބޭރުގެ އެކި ޔުނިވާސިޓީތަކުގައި އުޅޭ ފަރާތްތަކެވެ.
މިއަހަރުގެ ކޮނަފަރެންސްގައި ވެސް "އައުޓް ސްޓޭންޑިން ޕޭޕާ އޮފް ދަ ކޮންފަރެންސް" އާއި "އާލީ ކެރިއާ ރިސާޗް" ގެ ބައިން އެވޯޑު ދޭނެ އެވެ.
މި ކޮންފަރެންސް ގައި އިނގިރޭސި އަދި އަރަބި ބަހުގެ ޕޭޕަރު ހުށައެޅޭނެ އެވެ. ކޮންފަރެންސްގެ ކީ ނޯޓް ސްޕީކާސްގެ ގޮތުގައި ބައިވެރިވާ އިލްމީ ތަޖުރިބާކާރު ބޭފުޅުންގެ "ޕޯސްޓް ކޮންފަރެންސް ސެޝަންސް" އޮންނާނީ އޮގަސްޓް 21 ގަ އެވެ.
މެޑިކަލް ސްކޫލްގައި ކިޔަވަން ބޭރުގެ 500 ރިކުއެސްޓު
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ
ފޮތްލިޔުމާއި ރިސާޗު ހަދަން އެމްއެންޔޫއިން 1.7މިލިއަން
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
ވިލިމާލޭގެ ޑައިވިން ޕޮއިންޓް މަރާމާތުކުރާތީ ކަންބޮޑުވަނީ
"އިލްމީ ދިރާސާތައް އާއްމުންގެ ޝައުގާ ގުޅުވާލަން ޖެހޭ"
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ފަށައިފި
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް މި މަހު ބާއްވަނީ