15 ޑިސެމްބަރ 2022
ފޮތް ލިޔުމާއި ރިސާޗު ހަދަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 1.7 މިލިއަން ރުފިޔާގެ ގްރާންޓު ދޫކޮށްފި އެވެ.
ފޮތް ލިޔުމާއި ރިސާޗު ހަދަން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 1.7 މިލިއަން ރުފިޔާގެ ގްރާންޓު ދޫކޮށްފި އެވެ.
އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 8 މީހަކަށް ތަފާތު 8 ދާއިރާއަކުން ފޮތް ލިޔުމާއި ރިސާޗު ހަދަން އެހީ ދޫކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފޮތް ލިޔުމަށް ދޫކުރި ހަތަރެއް އަދި ރިސާޗު ހަދަން ދޫކުރި ހަތަރު ގްރާންޓެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލާ ޑރ. ޝަރީފް، ފޮތް ލިޔުމުގެ ގްރާންޓް ލިބުނު ފަރާތަކަށް ގްރާންޓް ހަވާލުކޮށްދެއްވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްއެންޔޫ އިން ބުނީ، ފޮތް ލިޔަން ހުށަހެޅި ހަތަރު ޕްރޮޕޯސަލް މުރާޖައާ ކުރުމަށް ފަހު، އެ މީހުންނަށް 183،000ރ. "ބުކް ރައިޓިން ގްރާންޓް" ގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
ރިސާޗު ކުރުމަށް ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް ގްރާންޓް ދޫކުރީ ހަތަރު މީހަކަށެވެ. ރިސާޗް ގްރާންޓުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލާ ޑރ. ޝަރީފް، ފޮތް ލިޔުމުގެ ގްރާންޓް ލިބުނު ފަރާތަކަށް ގްރާންޓް ހަވާލުކޮށްދެއްވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ ފޮތް ލިޔުމަށް އެހީ ދިނުމުގެ މަގްސަދަކީ ލިޔުންތެރިކަން ކުރިއަރުވައި އެ ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި ފޮތްތެރިކަން އާލާކުރުން ކަމަށެވެ.
ރިސާޗު ހެދުމަށް އެހީ ދިނުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ޔުނިވާސިޓީ ކޮމިއުނިޓީގައި ދަރިވަރުންނާއި މުވައްޒަފުން ރިސާޗް ކުރުމަށް ހިތްވަރުދީ، ރިސާޗް ކުރުމުގެ ސަގާފަތެއް އަށަގެންނެވުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. ޝެހެނާޒް ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ޔުނިވަސިޓީގެ މިޝަންއާ އެއްގޮތަށް އިލްމު އުފައްދައި ފެތުރުމަކީ ވެސް ގްރާންޓް ދިނުމުގެ އެންމެ މުހިންމު އެއް މަގްސަދު،" ޝެހެނާޒް ވިދާޅުވި އެވެ.
ކުރިއަށް އޮތް ބުރުގައި ރިސާޗް އަދި ފޮތް ލިޔުމުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އެމްއެންޔޫ އިން މިއަދު ހުޅުވައިލި އެވެ.
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
އެމްއެންޔޫ ގްރާންޓުގެ ދަށުން ދެ ފޮތެއް ނެރެފި
ރާއްޖޭގައި ގިނައީ ޑިޕްރެޝަނުގައި ތިބި ދުވަސްވީ މީހުން
ދިރާސާ އިން މައްސަލަތަކަށް ހައްލު ހޯދަންޖެހޭ: ފަައިސަލް
ދިރާސާކުރަން އެމްއެންޔޫން ނުވަ މީހަކަށް ފައިސާގެ އެހީ
އެމްއެންޔޫގެ ދިރާސާ ކޮންފަރެންސް ފަށައިފި
ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް ފަށައިފި
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް
ދޫނި ހިމާޔަތްކުރަން ދިރާސާކުރުމުގެ އެއްބަސްވުމެއް